Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

އެންރީކޭގެ ތައުރީފު އެމްބާޕޭއަށް: "އެއީ މޮޅު ކުޅުންތެރިޔެއް!"

19 އޯގަސްޓު 2023 | ހޮނިހިރު 03:56

އެންރީކޭ ބުނީ، ޓީމާއެކު ފުރަތަމަ ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކަށްފަހު އެމްބާޕޭ ހުރީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 އޯގަސްޓު 2023 | ހޮނިހިރު 03:56
ޕީއެސްޖީގެ ފަރިތަކުރުމުގައި އެންރީކޭއާއި އެމްބާޕޭ

ޕީއެސްޖީގެ ފަރިތަކުރުމުގައި އެންރީކޭއާއި އެމްބާޕޭ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭއަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ވަރަށް ބޮޑަށް ތައުރީފުކޮށްފިއެވެ.

އެއްބަސްވުމުގެ ކަންތަކުގައި ޕީއެސްޖީއާ ޖެހުނު މައްސަލައެއްގައި، ސީޒަން ފެށި މެޗުގައި އެމްބާޕޭއަށް ފުރުސަތު ދީފައެއް ނުވެއެވެ. ނަމަވެސް ޕީއެސްޖީއާއެކު އެމްބާޕޭ ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު، އެކަމަށް ވަނީ ފިނިކަމެއް ލިބިފައެވެ. ސީޒަންގެ ފުރަތަމަ މެޗުގައި ޕީއެސްޖީ ބަލިވީއިރު، ދެވަނަ މެޗަށް ނެގި ސްކޮޑުގައި އެމްބާޕޭ ވަނީ ހިމަނާފައެވެ. އޭނާ އައީ ފުރަތަމަ މެޗަށްފަހު ޕީއެސްޖީގެ ފުރަތަމަ ޓީމާއެކު ފަރިތަކުރުންތަކުގައި ވެސް ބައިވެރިވަމުންނެވެ.

ދެވަނަ މެޗުގައި ޓޫލޮސްއާ ދެކޮޅަށް ނިކުތުމުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުން ޕީއެސްޖީގެ ކޯޗު އެންރީކޭ ބުނީ، ޓީމާއެކު ފުރަތަމަ ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކަށްފަހު އެމްބާޕޭ ހުރީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށެވެ. އެމްބާޕޭއާމެދު ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށާއި، އޭނާއާއެކު ހާސިލްކުރެވޭނެ ބައިވަރު ކަންކަން ހުރިކަމަށްވެސް އެންރީކޭ ވަނީ ބުނެފައެވެ. އެހެންކަމުން އެމްބާޕޭފަދަ، ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ކުޅުންތެރިޔަކު އޭނާގެ ޓީމުގައި ހުރުމަކީ ލިބޭ އުފަލެއް ކަމަށްވެސް އެންރީކޭ ބުންޏެވެ. އެހެންކަމުން އެމްބާޕޭއާއެކު ޕީއެސްޖީއަށް ކުރިއަށްދެވޭނެ ކަމަށް އެންރީކޭ ވަނީ ބުނެފައެވެ.

ކެޕްޓަނާ ގުޅޭގޮތުން ސުވާލު ކުރުމުން އެންރީކޭ ބުނީ، އެއީ އޭނާ ކަނޑައަޅަން ޖެހޭ މަގާމެއް ނޫންކަމަށެވެ. ޓީމުގެ ކެޕްޓަން ކަނޑައަޅަން ޖެހޭނީ ކުޅުންތެރިންކަން ފާހަގަކޮށް އެންރީކޭ ބުނީ، ކުޅުންތެރިންނަށް އެންމެ ރަނގަޅު ލީޑަރެއް އެނގޭނީވެސް ކުޅުންތެރިންނަށް ކަމަށެވެ. އެކަމުގެ ތެރެއިން ޕީއެސްޖީގެ ކުޅުންތެރިން މިދިޔަ ހަފުތާގެ ތެރޭގައި ބައްދަލުވުމެއް ބޭއްވިކަމަށާއި، އެއަށްފަހު ހަތަރު ކެޕްޓަނުން ކަނޑައަޅާފައި ވާކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެއީ ކޮން ކުޅުންތެރިންނެއް ކަމެއް އެންރީކޭ ހާމަކޮށްފައެއް ނުވެއެވެ. އިތުރަށް އެންރީކޭ ބުނީ، ކެޕްޓަނަކީ ކުޅުންތެރިންގެ މީހަކަށް ވާންޖެހޭނެ ކަމަށާއި، ކޯޗު ކެޕްޓަން ކަނޑައެޅުމުން އެއީ ކޯޗުގެ މީހަކަށް ވާނެކަމަށެވެ.

ޕީއެސްޖީން ޓޫލޮސްއާ ދެކޮޅަށް ނިކުންނާނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް