Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔޫތް ރެޒިލިއެންސް ޕްރޮގްރާމް

ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް އާއި އޯޝަން ވޮރިއަރސް އިންސްޓިޓިއުޓް ގުޅިގެން ހިންގި ޔޫތް ރެޒިލިއެންސް ޕްރޮގްރާމް ނިންމާލައިފި

11 ދަރިވަރުން ވަނީ ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާ ނިންމާފަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 އޯގަސްޓު 2023 | ހުކުރު 08:13
ޔޫތް ރެޒިލިއަންސް ޕްރޮގްރާމު ނިންމުމުގެ ހަލްފާގެ ތެރެއިން

ޔޫތް ރެޒިލިއަންސް ޕްރޮގްރާމު ނިންމުމުގެ ހަލްފާގެ ތެރެއިން

މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް އާއި، އޯޝަން ވޮރިއަރސް އިންސްޓިޓިއުޓް ގުޅިގެން ކުރިއަށް ގެންދިޔަ ޔޫތް ރެޒިލިއެންސް ޕްރޮގްރާމް ނިންމާލައިފިއެވެ.

ދ.ކުޑަހުވަދޫ އެފް.ސީ.އެސް.ސީގެ އަމާންވެށީގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ނިމުން ފަހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި 11 ދަރިވަރުން ވަނީ ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާ ނިންމާފައެވެ.

Advertisement - newsAdvertisement

މި ޕްރޮގްރާމުގެ މަޤްސަދަކީ އުމުރުން 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިން ވަޒީފާއަކަށް އެދި ހުށަހަޅާއިރު އަދި ވަޒީފާއެއްގައި ދެމިތިބުމަށް ބޭނުންވާނެ ފަދަ ހުނަރުތައް ދަސްކޮށްދިނުމެވެ. މި ހުނަރުތަކުގެ އިތުރުން ޕްރޮގްރާމުގެ ތެރެއިން ދަރިވަރުވި ކުދިންނަށް ވޯޓަރ ސްޕޯޓްސް ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާނެ ލައިސެންސް ހޯދުމަށް ވަނީ މަގުފަހިކޮށްދީފައެވެ.

ޔޫތް ރެޒިލިއެންސް ޕްރޮގްރާމު ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްރޮގްރާމުން ތަފާތު ވަނަތައް ޙާސިލްކުރި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ވަނީ ދީފައެވެ. އިނާމާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އެވެ.

ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރގެ ވާހަކަފުޅުގައި މި ޕްރޮގްރާމް ފަރުމާކޮށް ޕްރޮގްރާމް ފެށުމުގެ މަޝްވަރާތައް ފަށާފައި ވަނީ ކޮވިޑް 19 ގެ ހާލަތުގައި 2020 ވަނަ އަހަރުގައި ކަން ފާހަގަ ކުރެއްވި އެވެ.

އަދި ޕްރޮގްރާމަށް ބޭނުންވާ ފަންޑު ހޯދުމަށް ކޮވިޑް 19 ދުވަސްވަރާއި ދިމާވުމުން ދަތިތަކެއް ދިމާވިނަމަވެސް މިފަދަ ޕް ރޮގްރާމެއްގެ މުހިންމުކަން އެނގިލައްވާތީ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ކުރި މަސައްކަތުގެ ނަތީޖާވެސް ވަރަށް ރަގަޅު ކަން ފާހަގަ ކުރެއްވިއެވެ. އަދި ޕްރޮގްރާމްގެ ކޮންސެޕްޓް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހާއި ކެބިނެޓަށް ހުށަހެޅުމާއި އެކު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަންޑު ވަރަށް އަވަހަށް ހަމަޖެހިގެންދިޔަ ކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

ޕްރޮގްރާމްގެ ބައިވެރިންނާއި މުޚާތަބު ކުރައްވާ މިނިސްޓަރ ވިދާޅުވީ ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާ ނިންމުމަށް ކުދިން ކުރި މަސައްކަތް ވަރަށް ބޮޑަށް ފާހަގަ ކުރައްވާ ކަމަށެވެ. އެގޮތުން ހެނދުނު ހޭލައިގެން މޫދު ކްލާސްތަކުގައި ބައިވެރިވުމަކީ ފަސޭހަކަމެއް ނޫން ނަމަވެސް ހިތްވަރާއިއެކު ކުރި މަސައްކަތުން ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާ ނިންމާފައިވާތީ ބައިވެރިންނަށް ވަނީ މަރުޙަބާ ދަންނަވާފައެވެ.

ޕްރޮގްރާމުގެ 2 ވަނަ މަރުހަލާގައި ބައިވެރިން މަސައްކަތުގެ މާހައުލުގެ އަމަލީ ތަޖުރިބާ ހޯދުމަށް ރިސޯޓުތަކުގައި މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

10 ޖުލައި 2017

ބާރީ ޖުވެނައިލް ކޯޓަށް، ޝަކީލް ފެމެލީ ކޯޓަށް ބަދަލުކޮށްފި

10 ޖުލައި 2017
ބާރީ ޖުވެނައިލް ކޯޓަށް، ޝަކީލް ފެމެލީ ކޯޓަށް ބަދަލުކޮށްފި
30 ޖޫން 2017

ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްފި

30 ޖޫން 2017
ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްފި
18 ޖޫން 2017

ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

18 ޖޫން 2017
ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
08 ޖޫން 2017

ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!

08 ޖޫން 2017
ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!
03 ޖޫން 2017

ފެމެލީ ކޯޓުން ހަތަރު ލެޕްޓޮޕް ވަގަށްނަގާފައިވާ ކަމަށް ފުލުހުން ބުނެފި

03 ޖޫން 2017
ފެމެލީ ކޯޓުން ހަތަރު ލެޕްޓޮޕް ވަގަށްނަގާފައިވާ ކަމަށް ފުލުހުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު