Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިން

ކުރީގެ ވެރިކަމުގައި ރައީސްގެ ދަތުރުފުޅެއްގެ ތެރެއިން އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވި ނަމަ، އެ ރަށުގެ ގިނަ ބަޔަކު ސިހުރު ހެދިކަމަށް ބުނެ ހައްޔަރު ކުރީސް - މާރިޔާ

މާރިޔާ ވަނީ ކުރި ސަރުކާރުގައި އިމާމުންނަށް ބިރުދެއްކި ކަމަށް ވިދާޅުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 އޯގަސްޓު 2023 | ބުރާސްފަތި 06:42
ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ

ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ ދަތުރުފުޅެއްގެ ތެރެއިން އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވި ނަމަ، އެ ދަތުރު ކުރި ރަށެއްގެ ގިނަ ބަޔަކު ސިހުރު ހެދިކަމަށް ބުނެ ހައްޔަރު ކުރީސްކަމަށް ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ އެފަދައިން ވިދާޅުވީ ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މާރިޔާ ވަނީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި 2018ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މީޑިއާތަކުން ފާހަގަކޮށްލެވުނު ބައެއް ސުރުހީތައް ވިދާޅުވެ، އޭރު ރާއްޖޭގެ މަސްރަހު އޮތްގޮތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މާރިޔާ ވިދާޅުވީ އޭރު ބައެއް ރަށްރަށުން ސިހުރު ހެދިކަމުގެ ތުހުމަތުގައި މީހުން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ވެސް ޖެހިކަމަށެވެ. އެގޮތަށް ހައްޔަރު ކުރި ބައެއް މީހުންނަކީ ކައުންސިލްތަކުގައި އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންކަން މާރިޔާ ވަނީ އޭރުގެ ޚަބަރުތަކުގެ އަލީގައި ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އަދި ބުރާސްފަތި ދުވަހު ރައީސް ޞާލިހު އަތޮޅު ތެރޭގައި އުޅުއްވަނިކޮށް ޖެހިވަޑައިގެންނެވި އާލާސްކަންފުޅާ ގުޅިގެން އެ ދަތުރުފުޅު ކެންސަލްކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. މިއީ ކުރީގެ ވެރިކަމުގައި ހިނގި ކަމެއް ނަމަ އެމަނިކުފާނު ދަތުރުފުޅުގެ ތެރެއިން ގިނަ ބަޔަކު ސިހުރު ހެދިކަމަށް ބުނެ ހައްޔަރުކުރީސް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުރީގެ ސަރުކާރުން އޭރު އިމާމުންނަށް ބިރު ދެއްކި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހުކުރު ނަމާދަށް ފަހު ދުއާ ކުރާތީ އޭރު ކަންކަން ކުރި ގޮތް މިހާރު ހަނދާނަށް ގެންނަން ޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭރު ބޭރުގެ ޖަމިއްޔާތަކުން ވެސް ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވާކަން ފާހަގަކޮށްފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. ސަރުކާރު ދިފާއުކުރުމަށް އިނގިރޭސިވިލާތުން ޕާލިމެންޓް މެންބަރުން ގެނެސް ރޭވުންތައް ރޭވިކަމަށާއި މިއަދު އެކަންކަން ހަނދާން ބަހައްޓަން ޖެހޭ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މިފަދަ ކަންކަމަށް ބަލާލުމުން އޭރު އޮތް ބިރުވެރިކަން އެނގިގެން ދާ ކަމަށާއި، އެ ދުވަހަށް އަނބުރާ ދާނީތޯ މާރިޔާގެ ވާހަކަފުޅުގައި ސުވާލު އުފެއްދެވިއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު