Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

އޮޑެގާޑްގެ އެއްބަސްވުން އައުކުރުމުގެ މަޝްވަރާތައް އާސެނަލުން ފަށައިފި

މިއަހަރު އާސެނަލުން އެންމެ ބޮޑު އިސްކަމެއް ދޭނީ އޮޑެގާޑްގެ އެއްބަސްވުން އައު ކުރުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 އޯގަސްޓު 2023 | ބުރާސްފަތި 03:16
އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް

އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް

އާސެނަލަށް ކުޅެމުން އަންނަ ނޯވޭގެ މިޑްފީލްޑަރު މާޓިން އޮޑެގާޑުގެ އެއްބަސްވުން އައުކުރުމުގެ މަޝްވަރާތައް އެ ކުލަބުން ފަށައިފި އެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑު ދޫކޮށް އޮޑެގާޑު އެންމެ ފުރަތަމަ އާސެނަލަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން 2021 ވަނަ އަހަރު އެވެ. ނަމަވެސް އެ އަހަރުގެ ފަހު ކޮޅު އާސެނަލުން ވަނީ އޮޑެގާޑާއެކު ދާއިމީ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. ހަތަރު އަހަރު ދުވަހަށް އެކުލަވާލި އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރު އެވެ. ނަމަވެސް އާސެނަލުން ބޭނުންވާނަމަ އިތުރު އެއް އަހަރަށް އޭނާ ކުލަބުގައި ބެހެއްޓުމުގެ ފުރުސަތު އެ އެއްބަސްވުމުގެ ދަށުން އޮވެ އެވެ. އާސެނަލަށް ބަދަލުވި ފަހުން އެ ކުލަބުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އޮޑެގާޑްގެ އެއްބަސްވުން ދިގު މުއްދަތަކަށް އައު ކުރުމަށް ކުލަބުން ބޭނުންވެ އެވެ.

އައު ސީޒަން ފަށައިގެން ކުރިއަށްދާއިރު، މިއަހަރު އާސެނަލުން އެންމެ ބޮޑު އިސްކަމެއް ދޭނީ އޮޑެގާޑްގެ އެއްބަސްވުން އައު ކުރުމަށް ކަމަށް މީޑިއާތަކުން ބުނެ އެވެ. އެގޮތުން މި ހިނގާ އޯގަސްޓު މަހުގެ ކުރީ ކޮޅު އާސެނަލުން ވަނީ އެކަމުގެ މަޝްވަރާތައް ރަސްމީކޮށް ފަށާފައި ކަމަށާއި، މިހާރު އެ ކުލަބުން ބޭނުންވަނީ އެކަން ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދަން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އައު އެއްބަސްވުމެއް ހުށަހެޅުމުގެ ކުރިން އާސެނަލުން ބޭނުންވަނީ އޮޑޭގާޑާ ބައްދަލުކޮށް، ކުލަބުގެ އިސްވެރިންނާއެކު މަޝްވަރާތައް ކުރިއަށް ގެންދަން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން އެންމެ ލަސްވެގެން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެކަަމަށް ގޮތެެއް ނިންމަން އާސެނަލުން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އާސެނަލްގެ ކެޕްޓަން ބޭންޑު އޮޑެގާޑަށް ދިނުމަށް ކޯޗު މިކޭލް އާޓެޓާ ނިންމީ 2022 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އާސެނަލްގެ ކެޕްޓަން ބޭންޑު ޕިއޭ އެމެރިކް އޮބާމަޔަން އަތުން އަތުލުމަށްފަހު، ވަގުތީ ގޮތުން ހަވާލު ކުރީ އަލެކްސަންޑަ ލަކަޒޭޓާ އެވެ. އޮޑެގާޑަށް ކެޕްޓަން ބޭންޑު ދިނީ ލަކަޒޭޓް ކުލަބު ދޫކޮށްލުމުންނެވެ. އޮޑެގާޑް ވަނީ މިހާތަނަށް އާސެނަލަށް ކުޅެދިން 107 މެޗުގައި 24 ލަނޑު ޖަހައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްބަސްވުމާ ބެހޭ ގޮތުން ކޯސްޓާއާ އެކު ޗެލްސީން މަޝްވަރާތައް ފަށައިފި

އެއްބަސްވުމާ ބެހޭ ގޮތުން ކޯސްޓާއާ އެކު ޗެލްސީން މަޝްވަރާތައް ފަށައިފި

08 ޖުލައި 2017
އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި

އެޓްލެޓިކޯގެ އެއްބަސްވުން ފެނާންޑޯ ޓޮރޭޒް އާކޮށްފި

06 ޖުލައި 2017
ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

ޔުނައިޓެޑްގެ އުންމީދުތައް ފެނަށް، ގްރިޒްމަން އެއްބަސްވުން އާކޮށްފި

13 ޖޫން 2017
ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

ޗެމްޕިއަންސް ލީގު ޔުވަންޓަސް އަށް ނުލިބުނަސް ކޯޗު އެލެގްރީ އެއްބަސްވުން އާކޮށްފި

08 ޖޫން 2017
އާސެނަލުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި

އާސެނަލުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި

08 މެއި 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު