Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ލީޑްސް އަތުން އާސެނަލް އަށް ފަސް ލަނޑުގެ މޮޅެއް

އެ މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ، އެ މެޗުގައި އާސެނަލްގެ ކުޅުންތެރިންގެ ފަރާތުން ވަރަށް ގިނަ ރަނގަޅު ކަންކަން ފެނިފައިވާ ކަމަށެވެ. ޚާއްސަކޮށް ލީގުގެ ކުރީ ކޮޅު އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ފެނުނީ ވަރަށް ޕޮސިޓިވް ކަންތައްތަކެއް ކަމަށް އާޓެޓާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އޯގަސްޓު 2025 | އާދީއްތަ 03:51
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއަރ ލީގުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެ، އާސެނަލް އިން އެ ޓީމުގެ ފޯމު ދަމަހައްޓައިފި އެވެ.

އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން ދެ ލަނޑު ޖެހިއިރު، ފަހު ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި އާސެނަލް އަށް ލީޑު ނަގައިދިނީ ޔޫރިއެން ޓިމްބާ އެވެ. އޭނާ އެ ލަނޑު ޖެހީ ޑެކްލަން ރައިސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި، ބުކަޔޯ ސަކާ ވަނީ އާސެނަލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޖަހަން ސަކާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޓިމްބާ އެވެ.

ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި އާސެނަލް އިން ވަނީ ތިން ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އާސެނަލް އަށް ވިކްޓަ ޔޯކެރޭޝް ޖަހައިދިނީ ރިކާޑޯ ކަލަފިއޯރީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

އޭގެ އަށް މިނެޓު ފަހުން ޓިމްބާ ވަނީ އާސެނަލްގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އެ ލަނޑު ޖަހަން ޓިމްބާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ކަލަފިއޯރީ އެވެ. މެޗުގައި އާސެނަލްގެ ފަހު ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެން ޔޯކެރޭޝް ޖެހި ލަނޑެކެވެ.

އެ މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ، އެ މެޗުގައި އާސެނަލްގެ ކުޅުންތެރިންގެ ފަރާތުން ވަރަށް ގިނަ ރަނގަޅު ކަންކަން ފެނިފައިވާ ކަމަށެވެ. ޚާއްސަކޮށް ލީގުގެ ކުރީ ކޮޅު އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ފެނުނީ ވަރަށް ޕޮސިޓިވް ކަންތައްތަކެއް ކަމަށް އާޓެޓާ ބުންޏެވެ.

އޭނާ ބުނީ މެޗުން ލިބުނު ތިން ޕޮއިންޓާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި، އެއަށް ވުރެ ބޮޑަށް ކުޅުންތެރިންގެ ފަރާތުން ފެނުނު ރޫޙާއި، ޓީމެއްގެ ގޮތުގައި ކުރި މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އާޓެޓާ ބުނީ އުންމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް ޓީމުގެ ކުޅުން އެ ގޮތުގައި ފެނުން ކަމަށެވެ.

ލީގުގައި ދެން އާސެނަލް އަށް އޮންނާނީ ރަށުން ބޭރުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު