Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއަރ ލީގު

ނިއުކާސަލް ބަލިކޮށް، އާސެނަލް ޗެމްޕިއަންސް ލީގަށް

ލީގު ތާވަލްގެ ދެ ވަނައިގައި އާސެނަލް އޮތީ 37 މެޗުން 71 ޕޮއިންޓާ އެކު އެވެ. ލީގުގައި އާސެނަލް އަށް ބާކީ އެއް މެޗު އޮތްއިރު، ލީގުގެ ދެ ވަނަ ކަށަވަރު ކުުރުމަށް އެ ޓީމަށް ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 މެއި 2025 | ހޯމަ 07:48
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ޑެކްލަން ރައިސް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ޑެކްލަން ރައިސް އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން އަންނަ ސީޒަންގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.

އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އާސެނަލް އިން ލަނޑު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ކުރީ ކޮޅު ނިއުކާސަލް އިން ވަނީ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްފަ އެވެ. އެ ޓީމުގެ ބްރޫނޯ ހިމަރޭސް ފޮނުވާލި ބޯޅަ އާސެނަލްގެ ގޯލު ކީޕަރު ޑޭވިޑް ރަޔާ ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން އާސެނަލްގެ ލިއާންޑްރޯ ޓްރޮސާޑް ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ. އާސެނަލް އަށް ލިބުނު ކޯނަރެއްގައި ބުކަޔޯ ސަކާ ހުރަސްކޮށްދިން ބޯޅައެއް، އެ ޓީމުގެ ކުޅުންތެރިޔަކު ބޮލުން ފޮނުވާލި ނަމަވެސް، ނިއުކާސަލްގެ ގޯލު ކީޕަރު ވަނީ އެ ބޯޅަ އަތުން ޖައްސައި ބޭރުކޮށްލައިފަ އެވެ.

މެޗުގައި ނިއުކާސަލްގެ ހާވީ ބާންސް ފޮނުވާލި ބޯޅަ ވެސް އާސެނަލްގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ވެސް މެޗުގައި ނިއުކާސަލް އިން ލަނޑު ޖެހުމަށް މަސައްކަތް ކުރި އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދިހަ ވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދިނީ ޑެކްލަން ރައިސް އެވެ. އެއީ މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި، އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެން ރައިސް ޖެހި ލަނޑެކެވެ.

މިއީ މި ސީޒަންގައި މި ދެ ޓީމު ބައްދަލު ކުރި ހަތަރު ވަނަ ފަހަރެެވެ. ކުރިން ނިއުކާސަލްގެ ދަނޑުގައި ކުޅުނު ލީގު މެޗުގައި އެ ޓީމުން ވަނީ އާސެނަލް ބަލިކޮށްފަ އެވެ. މީގެ އިތުރުން ކަރަބޯ ކަޕްގެ ސެމީ ފައިނަލްގެ ދެ ލެގުގައި ވެސް ނިއުކާސަލް އިން ވަނީ އާސެނަލް ބަލިކޮށްފަ އެވެ.

ނިއުކާސަލް އަތުން ހޯދި މޮޅާއެކު އާސެނަލް އިން ވަނީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކޮށްފަ އެވެ. ލީގު ތާވަލްގެ ދެ ވަނައިގައި އާސެނަލް އޮތީ 37 މެޗުން 71 ޕޮއިންޓާ އެކު އެވެ. ލީގުގައި އާސެނަލް އަށް ބާކީ އެއް މެޗު އޮތްއިރު، ލީގުގެ ދެ ވަނަ ކަށަވަރު ކުުރުމަށް އެ ޓީމަށް ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ.

މިދިޔަ ދެ ސީޒަން ވެސް އާސެނަލް އިން ނިންމާލީ ލީގު ތާވަލްގެ ދެ ވަނަ މަގާމުގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު