Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުފާވެރި އަމާން ރާއްޖެ ޖަލްސާ

ކުރިއަށް އޮތް ފަސް އަހަރަށް ތަރައްގީގެ ސިޔާސަތެއް ހިފައިގެން އައިސް ތިބި ބަޔަކީ ހަމައެކަނި އަޅުގަނޑުމެން: ރައީސް

މި ސަރުކާރުން ބޭނުންވަނީ އުފާވެރި އަމާން ރާއްޖެއެއް ހޯދައިދޭން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 16 އޯގަސްޓު 2023 | ބުދަ 18:29
ރައީސް އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

ރައީސް އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަނީ

ކުރިއަށް އޮތް ފަސް އަހަރަށް ތަރައްގީގެ ސިޔާސަތުތަކެއް އެކުލަވާލައިގެން ރައްޔިތުން ކައިރިއަށް އައިސްތިބި ހަމައެކަނި ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އއ. އުކުޅަހުގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން ދެވަނަ ދައުރަކަށް އެމަނިކުފާނު ހޮވަން ޖެހޭ ސަބަބު ހާމަކުރައްވަމުންނެވެ. އެގޮތުން, މިއަދު ރާއްޖޭގެ ހުރިހާ ރަށަކުން ވެސް މިއިން ޒަމާނެއްގައި ނުފެންނަ ވަރުގެ ތަރައްގީ ފެނިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ އުފާވެރި އަމާން ރާއްޖެއެއް ހޯދައިދޭން ކަމަށާއި ޖަޒީރާވަންތަކަން ގެއްލިދާނެތީ އަސާސީ ޚިދުމަތްތައް ފޯރުކޮށްނުދީ ނުހުންނަވާނެ ކަމަށެވެ. ހުރިހާ ގޮތަކުން ވެސް މުޖުތަމައު އަމާންވުން ބޭނުންފުޅުވާ ކަމަށާއި އެކަން ހާސިލް ކުރުމަށް ޤާނޫނަށް ބަދަލުތައް ގެނެސް ނިޒާމުގެ ތެރެއިންވެސް ބަދަލުތަކެއް ގެންނަން ޖެހޭކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ފަސް އަހަރުގެ އަމާޒަކީ އެ ބަދަލުތައް ގެނައުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުށުން ދުރުކުރުމަށް ކުރާ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ އުފެއްދުންތެރި ފުދުންތެރި ޖީލެއް, ޝާމިލް އޯގާތެރި އާއިލާއެއް, އަދި އަމާން މުޖުތަމައެއް ބިނާ ކުރުން ކަމަށެވެ. މިކަމަށް ބާރުލިބޭ އިގްތިސާދީ ބޮޑު ބަދަލާއި ހެޔޮ ވެރިކަމުގެ ނިޒާމުވެސް ކުރިއަށް އޮތްތަނުގައި ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ދެވަނަ ދައުރެއް އެމަނިކުފާނަށް ދޭންވީ ސަބަބު ހާމަކޮށްދެއްވައި ރައީސް ވިދާޅުވީ އިގްތިސާދީ ބޮޑު ބަދަލެއްގެ ބިންގާ މިހާރު އަޅަމުން އަންނައިރު އެ މަސައްކަތް ނިންމާލެވޭނީ އަދި ކުޑަދުވަސްކޮޅެއް ލިބިގެން ކަމަށެވެ. އަދި އަނިޔާވެރިކަމަށް ދާން އެއްވެސް ދިވެއްސަކު ބޭނުން ނުވާނެ ކަމަށާއި ކުރީގެ ވެރިކަމާއި މި ވެރިކަމުގެ ތަފާތު ރައްޔިތުން ދެކެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ދައުރުގައި އުކުޅަހަށް ކޮށްދެއްވާނެ ކަންކަން ވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން, ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަން ފްލެޓް އަޅުއްވައިދެއްވާނެ ކަމަށާއި މިހާރު ހަދަމުންދާ މަގުތަކުގެ އިތުރަށް ބާކީ ހުރި މަގުތައް ވެސް ހަދައިދެއްވާނެ ކަމަށާއި ކައުންސިލް އައު އޮފީހަކާއެކު އޮފީސް ކޮމްޕްލެކްސްއެއް އަޅުއްވައި އިތުރު ބޮޑު މިސްކިތެއް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އުކުޅަހުގެ ރައްޔިތުން އެދޭ ގޮތަށް ރަށާ ކައިރީގައި ސީޕްލޭން ޕްލެޓްފޯމެއް އަޅައިދީ ގަލައްގިލި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު