Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށު ފަތުރުވެރިކަން

ރަށްރަށުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުން، ސަފާރީ އެއް ބާއްވައިގެން ރާ ވިއްކާ, ރާ ދީ ހަދާ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް ވަނީ އަމިއްލަ ނަފްސަށް ތެދުވެރިވުމަށް ގޮވާލައްވާފައި

ރާއްޖެ އެމްވީ | 22 އޯގަސްޓު 2025 | ހުކުރު 04:58
އުކުޅަހުގައި ހިންގާ ގެސްޓް ހައުސް އެއް

އުކުޅަހުގައި ހިންގާ ގެސްޓް ހައުސް އެއް

ރަށްރަށުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުން، ބޭރުގައި ސަފާރީ އެއް ބާއްވައިގެން ރާ ވިއްކާ، ރާ ދީ ހަދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، މިދިޔަ ބުދަ ދުވަހުގެ ރޭ އއ. އުކުޅަހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

"ރަށުގެ އިޚްތިޞާޞް މިންކޮށްފައި، 700 މީޓަރު އެޅޭ ހިސާބުން ބޭރުގައި، އެއް ފޫޓު ބޭރުގައި ސަފާރީއެއް ބާއްވައިގެން، އެއަށް ސިއްރުސިއްރުން ގެސްޓުން ގެންގޮސް ގެން، ރާ ވިއްކައި، ރާ ދީ ހަދައިގެން، އަނެއްކާ އަނބުރާ ރަށަށް ގެނެސް، މިކަހަލަ ކަންތައްވެސް އެބަކުރޭ."

ރައީސް ވިދާޅުވީ އެކަން ކުރަނީ ހަމަ އެކަނި އަރިއަތޮޅު އުތުރުބުރީގައި ނޫން ކަމަށާއި އެހެން ބައެއް އަތޮޅުތަކުގެ ބައެއް ރަށްރަށުގައިވެސް ލޯކަލް ޓޫރިޒަމްގައި މަސައްކަތްކުރާ ފަރާތްތަކުން މިކަން ކުރަނީ މިހެން ކަމަށެވެ.

ރައީސް ވަނީ މިއީ ކޮން ފަރާތަކަށް އޮޅުވާލަން ކުރާ ކަމެއްތޯ ސުވާލު ކުރައްވާފައެވެ. ރައީސް އިތުރަށް ވިދާޅުވީ، ދުނިޔެ ދޫކޮށް ދާން ޖެހޭނީ ކޮން ވަގުތެއް ކަމެއް ނޭނގޭ ކަމަށާއި، މާދަމާ މިކަން އިސްލާހް ކުރާނެ ވަގުތެއް ނޯންނާެ ކަމަށެވެ.

"މި ކާކަށްތޯ އޮޅުވާލަން މި މަސައްކަތް ކުރަނީ. ގައިމުވެސް ހެއްދެވި ފަރާތަށް ހުރިހާ ކަމެއް ވަރަށް ސާފު. އެނގިވޮޑިގެންވޭ. އަޅުގަނޑުމެން ކޮން މުއްސަނދިކަމެއްތޯ މި ހޯދަނީ، އެކަލާނގެ ނުރުއްސަވާ މަގަކުން؟ ކޮން ބަރަކާތެއްތޯ އޭގައި އޮންނާނީ؟ ކޮން ޝޯޓްކަޓެއްތޯ ނަގަން މަސައްކަތް މި ކުރަނީ؟ މިވަގުތުކަމެއްނޭނގެ، އަޅުގަނޑުމެން މި ދުނިޔެ ދޫކުރާނީ. މާދަމާ މިކަންކަން އިޞްލާޙުކުރާނެ ވަގުތު އޮންނާނެތޯ؟"

ރައީސް ވިދާޅުވީ، އަޅުގަނޑުމެންނަށް މި ލިބޭ ފުރުޞަތުތަކުގެ ބޭނުން ހިފަން ޖެހޭނީ، އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށް އިޚްލާޞްތެރި ކަންމަތީގައި ތިބެގެން ކަމުގައެވެ.

ރައީސް ވަނީ މިއީ ކުޑަހިނދުކޮޅަކު އުޅޭނެ ދުނިޔެއެއް ކަމަށާއި، ދާންއޮތް މަންޒިލް އަޅުގަނޑުމެން ރައްކާތެރިނުކުރަންޏާ، ކަށަވަރު ނުކުރަންޏާ، އަޅުގަނޑުމެންނަށް ވުރެ މޮޔަ ބަޔަކު އެބަތިބިތޯ އައްސަވާފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މުއްސަނދިކަން ހޯދާއިރު، ނޫނީ ކަމަކަށް މަސައްކަތް ކުރަމުންދާއިރު، އެ ކުރެވޭ މަސައްކަތް އެ ކުރެވެނީ، ރަނގަޅު މަގުގައިތޯ ބަލަންޖެހޭނެ ކަމަށެވެ.

ރައީސް ވަނީ އަމިއްލަ ނަފްސަށް ތެދުވެރިވުމަށް ގޮވާލައްވާފައެވެ. އަދި އިސްލާމް ދީނުގެ ހަމަތަކުގެ މަތިން ފަތުރުވެރި ކަމުގެ އިންޑަސްޓްރީ ގައި ކުރިއަށް ދިއުމަށް ގޮވާލައްވާފައެވެ.

އެހެންވީމާ ...މި އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން އަޅުގަނޑު އެދެން، ވަރަށް އިޚްލާޞްތެރިކަމާއެކީގައި، އަމިއްލަ ނަފުސަށް ތެދުވެރިވެވަޑައިގަތުމަށް. މިއީ، އެހެން މީހަކަށް ކޮށްދޭ ކަމެއް ނޫން. އަމިއްލަ ނަފުސަށް ކޮށްދޭ ކަމެއް. އެހެންވީމާ، ރީތި ހަމަތަކުގެ މަތިން، އިސްލާމްދީނުގައި ވާގޮތަށް، މި އިންޑަސްޓްރީގައި، މި ވިޔަފާރީގައި ބާރުމިނުގައި ކުރިއަށްދާންވީ."

ރައީސް މުހައްމަދު މުއިއްޒުއއ. އުކުޅަސްގެސްޓްހައުސްރަށު ފަތުރުވެރިކަންއއ. އަތޮޅު

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި
01 ޑިސެމްބަރު 2025

އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

01 ޑިސެމްބަރު 2025
އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު
30 ނޮވެމްބަރު 2025

ހުޅުމާލެ ގެސްޓުހައުސްއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ

30 ނޮވެމްބަރު 2025
ހުޅުމާލެ ގެސްޓުހައުސްއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ
25 ނޮވެމްބަރު 2025

އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި

25 ނޮވެމްބަރު 2025
އަތޮޅު ކައުންސިލް އުވާލަން މަޖިލީހުން ފާސް ކޮށްފި
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު