Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ޑރ. މުޙައްމަދު މުއިއްޒު

އުކުޅަހު ކައުންސިލުން ޓޫރިޒަމް ވިޔަފާރިއަށް ހެދި ލޭންޑް ޔޫސް ޕްލޭން ބޭކާރު، ރައީސް ވިދާޅުވީ އެ ޕްލޭން ބަދަލުކޮށް ބިންތަކުން ދޭނީ ގޯތި ކަމަށް

އއ. އުކުޅަހު ކައުންސިލުން ހުށަހަޅާފައިވާ ލޯކަލް ޓޫރިޒަމް ބިންތައް ރައްޔިތުން ދިރިއުޅުމަށް ގޯތި ދޭން ބަދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2025 | ބުރާސްފަތި 16:45
ރައީސް މުއިއްޒު އުކުޅަހު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަފުޅުދައްކަވަނީ

ރައީސް މުއިއްޒު އުކުޅަހު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަފުޅުދައްކަވަނީ

އއ. އުކުޅަހު ކައުންސިލުން އެކުލަވާލި ލޯކަލް ޓޫރިޒަމް ލޭންޑް ޔޫސް ޕްލޭން ދަބަލުކޮށް އެ ޕްލޭނުގައި ހުރި ބިންތައް ރަށުގެ ރައްޔިތުންނަށް ގޯތި ދެވޭގޮތަށް ބަދަލުކުރައްވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އުކުޅަހު ކައުންސިލުން ވަނީ އެ ރަށުގައި ލޯކަލް ޓޫރުޒަމް ކުރިއަރުވަން ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލައި އެ ޕްލޭން މިނިސްޓްރީއަށް ހުށަހަޅާފަ އެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ އުކުޅަހު ކައުންސިލުން މިނިސްޓްރީއަށް ފޮނުވާފައިވާ ލޭންޑް ޔޫސް ޕްލޭން ގައި ވާގޮތުން ގިނަ ގޯތި ދޭގޮތަށް ޕްލޭން ހަދާފައި ނުވާ ކަމަށާއި މިހާރު އޮތް ގޮތުން ޕްލޭނުގައި ވަނީ ހަމަ އެކަނި 174 ގޯތި ދިނުމަށް ކަމަށެވެ. އަދި މިއީ ރަށުގެ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ވަރު ބޯހިޔާވަކިކަމެއް ލިބިގެންދާނޭ ޕްލޭނެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަދި އުކުޅުހު ކައުންސިލުން ހުށަހަޅާފައިވާ ލޭންޑް ޔޫސް ޕްލޭނުގައި ގިނަ ބިންތައް ކަނޑައަޅާފައި ހުރީ ލޯކަލް ޓޫރުޒަމަށް ފުރުސަތު ހުޅުވާލުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެހެން ނަމަވެސް މިވަގުތު ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ވަނީ ދިރިއުޅުމަށް ގޯތި ނުވަތަ ގެވަޅު ދިނުން ކަމަށާއި އެ ޕްލޭނުގައި ގޯތި ދިނުމަށް މާ އެކަށޭނެ ބިންތަކެއް ނެތް ކަންރައީސް ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އުކުޅަހު ރައްޔިތުންނަށް ލޯކަލް ޓޫރުޒަމަށް ވުރެ މިވަގުތު މުހިންމީ ދިރިއުޅޭނޭ ގޯތިގެދޮރު ކަމަށެވެ. އެހެންކަމުން އުކުޅަހު ކައުންސިލުން ހުށަހަޅާފައި އޮތް ލޭންޑް ޔޫސް ޕްލޭން އިސްލާހު ކުރައްވާނޭ ކަމަށް ވިދާޅުވި އެވެ.

ކައުންސިލުން ލޯކަލް ޓޫރިޒަމަށް ހުށަހަޅާފައިވާ ބިންތައް ސަރުކާރުން ލޭންޑް ޔޫސް ޕްލޭސް ފާސްކުރާއިރު ގިނައިން ގޯތި ދޭގޮތަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެގޮތަށް ބަދަލުކޮށް 250 ގޯތި ދެވޭ ވަރަށް ލޭންޑް ޔޫސް ޕްލޭން އިސްލާހުކުރައްވާނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

އުކުޅަހު ރައްޔިތުންނަށް ލޯކަލް ޓޫރިޒަމަށް ވުރެ މިވަގުތު މުހިންމީ ދިރިއުޅޭނޭ ގޯތިގެދޮރު. އެހެންކަމުން އުކުޅަހު ކައުންސިލުން ހުށަހަޅާފައި އޮތް ލޭންޑް ޔޫސް ޕްލޭން އިސްލާހު ކޮށް ކައުސިލުން ލޯކަލް ޓޫރިޒަމަށް ހުށަހަޅާފައިވާ ބިންތައް ސަރުކާރުން ލޭންޑް ޔޫސް ޕްލޭސް ފާސްކުރާއިރު 250 ގޯތި ދެވޭ ވަރަށް ލޭންޑް ޔޫސް ޕްލޭން އިސްލާހުކުރާނަން
ރައީސް ޑރ. މުޙައްމަދު މުއިއްޒު

މީގެ އިތުރުން ރައީސް ވިދާޅުވީ އެ ޕްލޭން އިސްލާކޮށް ދޭ 2025 ގޯތި ދޫކުރުުގެ ހުއްދަ ފެށޭ ހަފްތާތެރޭގައި ދެވިގެން ދާނޭ ކަމަށެވެ.

އއ. އުކުޅަސްރައީސް މުއިއްޒުރަށު ފަތުރުވެރިކަންލޭންޑް ޔޫސް ޕްލޭންބޯހިޔާވަހިކަންއުކުޅަހު ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު