ކ. މާލެ
|
14 އޯގަސްޓް 2023 | ހޯމަ 14:30
ރައީސް ސާލިހު، މާފަރު ފުޓްބޯޅަދަނޑުގައި
ރައީސް ސާލިހު، މާފަރު ފުޓްބޯޅަދަނޑުގައި
ރައީސް އޮފީސް
މާފަރު ފުޓުބޯޅަދަނޑު ހުޅުއްވައިދެއްވުން
މާފަރު ފުޓުބޯޅަ ދަނޑު ރައީސް ހުޅުއްވައިދެއްވައިފި
 
ދަނޑުގެ ޓަރފް އެޅުމުގެ މަސައްކަތް ކޮށްފައި ވަނީ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑުން
 
މާފަރު ފުޓުބޯޅަ ދަނޑަކީ، ޓަރފް އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ ފުޓުބޯޅަ ދަނޑެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، މިލަދުންމަޑުލު ދެކުނުބުރީ މާފަރު ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް މާފަރު ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވީ އެރަށަށް ވަޑައިގަންނަވާ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ރައީސް ހުޅުއްވައިދެއްވި މާފަރު ފުޓުބޯޅަ ދަނޑަކީ، ޓަރފް އަޅައި ޒަމާނީފެންވަރަށް ތަރައްގީ ކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.

މާފަރު ފުޓުބޯޅަދަނޑުގެ ސަބްބޭސްގެ މަސައްކަތް ކޮށްފައި ވަނީ، ނެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި ދަނޑުގެ ޓަރފް އެޅުމުގެ މަސައްކަތް ކޮށްފައި ވަނީ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑް އިންނެވެ.

ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ވަނީ ހިންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް