Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުއްގިރި ހިޔާނަތް

ފުއްގިރީގެ އަގު ކުޑަކުރެއްވީ ޔާމީނު އަންގަވައިގެންކަމަށް އަދީބާއި ޒިޔަތު ވިދާޅުވި: ހެކިވެރިޔާ

ހެކިވެރިޔާއަކީ ކުރިން އެމްއެމްޕީއާރްސީގައި މަސައްކަތް ކުރެއްވި ފަރާތެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 އޯގަސްޓު 2023 | ހޯމަ 06:11
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށް, ރިޝްވަތު ނެގި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ފަރާތްތަކެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި އޮތީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.

Advertisement - newsAdvertisement

މެލޭޝިއާގައި ހުންނަ ހައިކޮމިޝަން މެދުވެރިކޮށް މި އަޑުއެހުމުގައި ވަނީ ދައުލަތުގެ ހެކިވެރިއެއްކަމަށްވާ މުހައްމަދު ޝިފާއު ހާޒިރުކޮށްފައެވެ.

އޭނާއަކީ ކުރިން އެމްއެމްޕީއާރްސީގައި މަސައްކަތް ކުރެއްވި ފަރާތެކެވެ.

އޭނާ ވިދާޅުވީ، ރ ފުއްގިރިއާ ގުޅޭގޮތުން ކްރިކް ރިޒާއާއެކު އެމްއެމްޕީއާރްސީން ބައްދަލުވުންތަކެއް ކުރިއަށް ދިޔަ ކަމަށެވެ. އެ ބައްދަލުވުންތަކުގައި އިތުރު ފަރާތްތައްވެސް ބައިވެރިވިކަމަށް އޭނާ ވިދާޅުވިއެވެ.

ފުއްގިރި ހުށައެޅިފައިވާ އަގަކަށްވުރެ ކުޑަ އަގަކަށް ދޫކުރައްވަނީ ކީއްވެތޯ އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތު ގާތު ސުވާލު ކުރުމުން، އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަންގަވައިގެންކަމަށް އެބޭފުޅުން ވިދާޅުވިކަމަށް ހެކިވެރިޔާ ހެކިބަސް ދެއްވަމުން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްއެމްޕީއާރްސީގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި އޭނާ ބައިވެރިވެފައި ނުވާ ކަމަށާއި، ނަމަވެސް ބައްދަލުވުމާ ގުޅޭގޮތުން ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރެއްވި ކަމަށެވެ.

އެ ބައްދަލުވުމުގެ ތެރެއިން ނައިބްރައީސް އަހުމަދު އަދީބުގެ ބޮޑީގާޑު އައިސް ދަބަހެއް ދިންކަމަށްވެސް ހެކިވެރިޔާ ވިދާޅުވިއެވެ.

އެއީ އެމްއެންޑީއެފްގައި އެސްޕީޖީގައި އޭރު ނައިބްރައީސް އަހުމަދު އަދީބުގެ ސެކިއުރިޓީ ބެލެހެއްޓުުމުގައި ޙަރަކާތްތެރިވި އަހުމަދު އާމިރެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި އާމިރުގެ ހެކިބަސް ނަގާފައިވާއިރު، އޭނާ ވަނީ ކްރިކް ރިޒާއާއި، އަލީ މައުރޫފާއި އިތުރު ބޭފުޅުން އެމްއެމްޕީއާރްސީގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވި މަންޒަރު ފެނިފައިވާކަމަށް ބުނެފައެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރިޝްވަތު ނެންގެވި ކަމަށް ޔާމީނުގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. ޔާމީނުގެ އިތުރުން އިތުރު ދެ ކުންފުންޏެއްގެ ބައިވެސް މި މައްސަލައިގައި ކުރިއަށްދެއެވެ.

މި މައްސަލައިގައި ދެން ބާކީ ނުނެގި ވަނީ ދައުލަތުގެ އެއް ހެއްކެއްގެ ހެކިބަހެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

06 އެޕްރީލު 2017
ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
05 އެޕްރީލު 2017

ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!

05 އެޕްރީލު 2017
ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!
03 އެޕްރީލު 2017

ރައީސް ޔާމީނުގެ އަރިހުގައި އެއްވެސް އިހްލާސްތެރިއަކު ނެތް: ގާސިމް

03 އެޕްރީލު 2017
ރައީސް ޔާމީނުގެ އަރިހުގައި އެއްވެސް އިހްލާސްތެރިއަކު ނެތް: ގާސިމް
03 އެޕްރީލު 2017

ހަނީފް ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށް ބުނެ: ހަސީން

03 އެޕްރީލު 2017
ހަނީފް ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށް ބުނެ: ހަސީން
19 ފެބުރުއަރީ 2017

ސައުދީ އެމްބަސީން ވެސް ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި

19 ފެބުރުއަރީ 2017
ސައުދީ އެމްބަސީން ވެސް  ހާފިޒް ނަބީހުގެ އަގުވަޒަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު