Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މަޤްލާ ތެލީގައި ކައްކާ ޙާއްސަ ކެއުން

ވަކި ތެއްޔެއްގައި ކައްކާ، ސަރވްކޮށްގެން ނޫނީ ފުރިހަމަ ނުވާ ކޭމެއް!

ޔަމަނު މީހުންނަށް އެންމެ ޚާއްޞަ ސަލްތާގެ އެންމެ މުހިންމު ހިއްސާ އަކީ މަޤްލާ ތެލި، އެހެން ކަހަލަ އެއްޗެއްގަ ސަލްތާ ސަރވްއެއް ނުކުރެވޭނެ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 14 އޯގަސްޓު 2023 | ހޯމަ 05:22
އަމިއްލަ އަތުން ހަދާފައި ހުންނަ މި ހިލަ ތެއްޔަކީ ތިމާވެއްޓާ ރައްޓެހި ތެއްޔެއް

އަމިއްލަ އަތުން ހަދާފައި ހުންނަ މި ހިލަ ތެއްޔަކީ ތިމާވެއްޓާ ރައްޓެހި ތެއްޔެއް

ކޮންމެ ޤައުމަކީވެސް މުއްސަނދި ތާރީޚަކާއި ޘަޤާފަތެއް ލިބިފައި އޮތް ޤައުމެކެވެ. ދުނިޔަވީ ކޯޅުންތަކާއި ހަނގުރާމަތަކުގައި މުޅި ޤައުމު ސުންނާފަތިވެގެން ދިޔަ ކަމުގައި ވީ ނަމަވެސް، އަގުހުރި ތަރިކައަކަށްވެއެވެ. އެތައް އަހަރަކަށް ދިގުލައި ދިޔަ ހަނގުރާމައިގެ ސަބަބުން ހަފުސްވެފައި އޮތް ޔަމަނުގައިވެސް އިސްތިސްނާއެއް ނެތެވެ.

ޔަމަނުގެ ޘަޤާފީ ތަރިކައިގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ ޔަމަނުގެ ޚާއްޞަ ކޭންތަކެވެ. ވަކިން ޚާއްޞަކޮށް ވަރުގަދަ އަލިފާންގަނޑުތަކުގައި ތައްޔާރު ކުރާ ކޭންތަކަށް ޔަމަނު ވަނީ މަޝްހޫރުވެފައެވެ. މިފަދަ ކޭންތައް ތައްޔާރު ކުރަނީ ހިލައިން ހަދާފައި ހުންނަ ޚާއްޞަ ތެއްޔެއްގައެވެ. ޔަމަނުގެ ބައެއް ބަދިގެ ތަކުން މިއަދުވެސް އެފަދަ ތެލިތެލީގައި ކައްކާލާފައި ހުންނަ މީރު ކޭންތައް ލިބެއެވެ.

އަމިއްލަ އަތުން ހަދާފައި ހުންނަ މި ހިލަ ތެއްޔަކީ ތިމާވެއްޓާ ރައްޓެހި ތެއްޔެކެވެ. މަޤްލާ ނުވަތަ ހަރަޟާގެ ނަމުން ނަން ދީފައިވާ މި ތެލި ހަދަން ހިލަ ކަނޑަނީވެސް ޔަމަނުންނެވެ. ބިމު އަޑިންނެވެ. ޔަމަނުގެ ހުޅަނގު އުތުރުގެ ޕްރޮވިންސެއް ކަމަށް ވާ ސާދާގެ ރާޒިހުގެ ފަރުބަދަތަކުން ކަނޑާ މި ހިލައަކީ ގިނަ ޢަދަދަކަށް މިނަރަލް އެކުލެވިގެން ވާ ހިލައެކެވެ.

ޢަލީ އަލް ރަޒީހީއަކީ މަޤްލާ ތެލި ހަދާ މީހެކެވެ. އޭނާ މި ހުނަރު ދަސް ކުރީ އޭނާގެ ބައްޕަގެ ގާތުންނެވެ. އެއްބަނޑު އެއްބަފާ މީހުންގެ ފަރާތުންވެސް ބައެއް ހުނަރުތައް ދަސްކުރިއެވެ.

ޔަމަނަށް ޚާއްޞަ، އެ ޤައުމުގެ ކޭމެއް ތައްޔާރު ކުރާނަމަ މަޤްލާ ތެއްޔެއް ކޮންމެހެންވެސް ބޭނުންވާނެއެވެ. މަޤްލާ ތެއްޔަކާ ނުލާ، ޔަމަނުގެ ކޭންތަކުގެ އަސްލު ރަހަ ނުނިކުންނަ ކަމަށްވެއެވެ.

ޔަމަނުގެ ވެރިކަން ކުރާ ސަނާގެ ރެސްޓޯރަންޓެއްގެ ކައްކައާއި، އެ ރެސްޓޯރަންޓްގެ ވެރި ފަރަތުންވެސް މިކަމަށް އެއްބަސްވެއެވެ.

ޔަމަނަށް ޚާއްޞާ ކޭންތައް ކަސްޓަމަރުންނާ ހިސާބަށް ގެންދަނީވެސް މަޤްލާ ތެލިތަކުގައެވެ. ކައި ނިމޭއިރުވެސް ތެލީގައި ހޫނުކަން ހުރުމުގެ ސަބަބުން، ރަހަތައް އިތުރަށް ހެޔޮވަރުކޮށްލައެވެ. އެނޫން ގޮތަކަށް ސަރވް ކުރާ ކޭންތަކުގެ ރަހަ ތަފާތުކަމަށް ކަސްޓަމަރުންވެސް ބުނެއެވެ.

ޔަމަނުގެ ކޮންމެ ގޭބިސީއަކަށް ބަލާލިއަސް މަޤްލާ ތެއްޔެއް ފެންނާނެއެވެ. ކޮންމެ ތެއްޔަކީވެސް ޢާއިލީ އެތައް ހަނދާނަކާ ގުޅިފައި އޮންނަ ތެއްޔެކެވެ. ކޮންމެ ތެއްޔަކީވެސް މީހެއްގެ އަމިއްލަ އަތުން ތައްޔާރުކޮށްފައި ވާ ތެއްޔެކެވެ. އެއްވެސް ވަރަކަށް މެޝިނަރީ ބޭނުން ކުރުމެއް ނެތިއެވެ. މިއީ ބިންމައްޗަށް ވައްޓާނުލާނަމަ، ޢުމުރު ދުވަހަށްވެސް ގެންގުޅެވިދާނެ ތެއްޔެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވަރަށް ލޯބިން، "ވަކިން ލޯބިން"ގެ ބޮޑުބައި ނިންމާލައިފި

ވަރަށް ލޯބިން، "ވަކިން ލޯބިން"ގެ ބޮޑުބައި ނިންމާލައިފި

21 ސެޕްޓެމްބަރު 2017
މާއެނބޫގެ "ނޭދެން ވަކިވާކަށް" ގެ ޓިކެޓް މިމަހުގެ 15 ގައި ވިއްކަން ފަށަނީ

މާއެނބޫގެ "ނޭދެން ވަކިވާކަށް" ގެ ޓިކެޓް މިމަހުގެ 15 ގައި ވިއްކަން ފަށަނީ

12 ސެޕްޓެމްބަރު 2017
މަޝްހޫރު ލަވަކިޔުންތެރިޔާ ސުނިދީގެ ބަނޑަށް ފަސް މަސް

މަޝްހޫރު ލަވަކިޔުންތެރިޔާ ސުނިދީގެ ބަނޑަށް ފަސް މަސް

15 އޯގަސްޓު 2017
ޕެހެލާޖް ނިހަލާނީ  ވަކިކޮށް ޕްރަސޫން ޖޯޝީ ސެންސަރު ބޯޑަށް އައްޔަންކޮށްފި

ޕެހެލާޖް ނިހަލާނީ  ވަކިކޮށް ޕްރަސޫން ޖޯޝީ ސެންސަރު ބޯޑަށް އައްޔަންކޮށްފި

13 އޯގަސްޓު 2017
ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ

ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ

21 ޖުލައި 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު