Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަނަދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއު

ރައީސް، މަނަދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި

ނ އަތޮޅު ހޮސްޕިޓަލުގެ 6 އޯޕީޑީ ރޫމާއި ލެބޯޓްރީ، އަދި ނ އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލު ހުޅުއްވައިދެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 13 އޯގަސްޓު 2023 | އާދީއްތަ 12:27
ރައީސް، ނ އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލު ބައްލަވާލައްވަނީ

ރައީސް، ނ އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލު ބައްލަވާލައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

އެގޮތުން އާދިއްތަ ދުވަހުގެ ހެނދުނު އެމަނިކުފާނު ވަނީ، މަނަދޫ ފެނުގެ ޚިދުމަތް އިފްތިތާހުކޮށްދެއްވައި، ނ އަތޮޅު ހޮސްޕިޓަލުގެ 6 އޯޕީޑީ ރޫމާއި ލެބޯޓްރީ، އަދި ނ އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލު ހުޅުއްވައިދެއްވާފައެވެ. މީގެ އިތުރުން އިންޑޯރ ޖިމް އަދި ފުޓުބޯޅަ ދަނޑާއި ފެނަކަ އޮފީސްވެސް އެމަނިކުފާނު ވަނީ ހުޅުއްވައިދެއްވާފައެވެ.

މަނަދޫ ފެނުގެ ނިޒާމަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، ވިޝްވަރާޖް އެންވަޔަރަންމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ނިންމާފައިވާ ނިޒާމެކެވެ.

މިމަޝްރޫއުގެ މަސައްކަތް ނިންމައި މިހާރު ވަނީ 269 ފަރާތަކަށް ފެނުގެ ޚިދުމަތް ގުޅައިދީފައެވެ.

މަނަދޫ މަލްޓިޕަރޕަސް ހޯލަކީ އެންމެ ޒަމާނީފެންވަރަށް ބިނާކޮށްފައިވާ ޖާގަ ތަނަވަސް ހޯލެކެވެ. މި އިމާރާތުގެ މަޝްރޫއު ކުރިޔަށްގެންގޮސްފައި ވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މީގެ އިތުރުން، މަނަދޫ ފުޓުބޯޅަ ދަނޑަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ދަނޑެކެވެ.

ރައީސް ވަނީ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވުމުގެ ކުރިން އިންޑޯރ ޖިމްވެސް ހުޅުއްވައިދެއްވާފައެވެ. ރައީސް ހުޅުއްވައިދެއްވި، ފެނަކަ އައު އޮފީސް އިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ، ޖާގަ ތަނަވަސް، ޒަމާނީ އޮފީސް އިމާރާތެކެވެ. މި އިމާރާތް ބިނާކޮށްފައިވަނީ މަނަދޫ ބަނދަރު ސަރަހައްދުގައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް، ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ނ. މަނަދޫ

އިތުރަށް ކިޔާލަން

24 ޖޫން 2024

ނައީމާގެ މަރު: ފަވާޒަށް ކުރާ ދައުވާގެ އަޑުއެހުން މިއަދު ކުރިއަށް ނުގެންދެވުނު

24 ޖޫން 2024
ނައީމާގެ މަރު: ފަވާޒަށް ކުރާ ދައުވާގެ އަޑުއެހުން މިއަދު ކުރިއަށް ނުގެންދެވުނު
13 އޯގަސްޓު 2023

ރައީސް ނ. މަނަދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި

13 އޯގަސްޓު 2023
ރައީސް ނ. މަނަދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި
13 އޯގަސްޓު 2023

އެތެރެ އިންނާއި ބޭރުން އަދި ޕާޓީގެ ތެރެއިން އައި ދަތިތަކާއެކުވެސް މެނިފެސްޓޯގައި ހުރި ގިނަ ކަންކަން ހާސިލުކުރެވިއްޖެ: ނިޔާޒު

13 އޯގަސްޓު 2023
އެތެރެ އިންނާއި ބޭރުން އަދި ޕާޓީގެ ތެރެއިން އައި ދަތިތަކާއެކުވެސް މެނިފެސްޓޯގައި ހުރި ގިނަ ކަންކަން ހާސިލުކުރެވިއްޖެ: ނިޔާޒު
13 އޯގަސްޓު 2023

މިސަރުކާރުން ކަންކަން ނުކޮށްދޭކަމަށް ބުނަނީ ކޮންމެސް ކަމަކާ ނުރުހުންވެގެން: ހާރޫނު

13 އޯގަސްޓު 2023
މިސަރުކާރުން ކަންކަން ނުކޮށްދޭކަމަށް ބުނަނީ ކޮންމެސް ކަމަކާ ނުރުހުންވެގެން: ހާރޫނު
13 އޯގަސްޓު 2023

ވާދަވެރިންނަށް ދެއްކޭނެ ވާހަކައެއް އަދި ތަޖުރިބާއެއް ވެސް ނެތް: ސިޔާމް

13 އޯގަސްޓު 2023
ވާދަވެރިންނަށް ދެއްކޭނެ ވާހަކައެއް އަދި ތަޖުރިބާއެއް ވެސް ނެތް: ސިޔާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު