Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނައީމާގެ މަރު

ނައީމާގެ މަރު: ފަވާޒަށް ކުރާ ދައުވާގައި ޖަވާބުދާރީވުން ދެން އޮންނަ އަޑުއެހުމެއްގައި

ގާޒީ ވަނީ އޭނާއަށް ލިބިގެންވާ ޙައްޤުތައް ކިޔާދީފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2024 | ބުރާސްފަތި 05:57
ނައިމާ މޫސާ މާރާލާފައި އޮއްވާ ފެނުނީ އޭނާގެ ގެއިން

ނައިމާ މޫސާ މާރާލާފައި އޮއްވާ ފެނުނީ އޭނާގެ ގެއިން

ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ވިނަރެސް، ނ. މަނަދޫ، ހަސަން ފަވާޒުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އޭނާގެ މައްޗަށް 3 ދައުވާއެއް ކޮށްފައިވެއެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އިތުރުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ގާޒީ ވަނީ އޭނާއަށް ލިބިގެންވާ ޙައްޤުތައް ކިޔާދީފައެވެ.

މި އަޑުއެހުމުގައި އޭނާގެ ވަކީލު ވިދާޅުވީ، ދައުލަތުން ފޮނުވާފައިވާ ބައެއް ލިއެކިއުންތަކުގެ ތެރޭގައި ދިފާއަށް ހަމަނުވާ ބައެއް ލިއުންތައް އެބަހުރި ކަމަށެވެ. އެ ލިއުންތައް ފާހަގަ ކޮށްދިނުމުން ދައުލަތުން ވަނީ ވީ އެންމެ އަވަހަށް މަދުވާ ލިއުންތައް ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.

މި މައްސަލައިގައި ދައުލަތުން ހެކި ރައްކާތެރި ކޮށްދިނުމުގެ ހުށަހެޅުމެއްވެސް ހުށަހަޅާފައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ. ގާޒީ ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި ދައުވާއަށް ޖަވާބުދާރީވުމާއި، ހެކި ރައްކާތެރި ކުރުމުގެ ބައި ކުރިއަށް ގެންދަވާނެކަމަށެވެ.

މި މައްސަލައިގައި ދެން ހައްޔަރު ކޮށްފައިވަނީ އަހުޒަމް އަބްދުލްޝަކޫރުއާއި، މަނަދޫ، އަބްދުލްވާހިދު ރިފާސްއެވެ. އެ މީހުންގެ މައްޗަށްވެސް ކުރަނީ އެއް ދައުވާތަކެކެވެ. އެމީހުންނަށް ކުރާ ދައުވާތަކުގައިވެސް ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު