Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރމަން ސުޕަރ ކަޕް

ބަޔާންގައި ކޭންގެ ފެށުން ހަރާބު

ސުޕަރ ކަޕްގައި ބަލިވީ 3-0 ން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 13 އޯގަސްޓު 2023 | އާދީއްތަ 04:04
ކޭން ކުޅެން ނުކުތީ ދެވަނަ ހާފްގައި

ކޭން ކުޅެން ނުކުތީ ދެވަނަ ހާފްގައި

ބަޔާން މިއުނިކްގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭންގެ ފެށުން ހަރާބުވެއްޖެއެވެ.

އިންގްލެންޑްގެ ޓޮޓެންހަމް ދޫކޮށް ބަޔާންއަށް ބަދަލުވިތާ 24 ގަޑިއިރުވެސް ނުވަނީސް އައު ކްލަބަށް ކޭން ކުޅުނު ފުރަތަމަ މެޗަކީ އައު ސީޒަންގެ ޖަރމަން ސުޕަރ ކަޕް މެޗެވެ. މެޗުން 3-0 ން އާރުބީ ލައިޕްޒިގް އަތުން ބަލިވެ ކޭންގެ ފެށުން ވަނީ ހަރާބުވެފައެވެ. މެޗުގައި ކޭން ކުޅެން ނުކުތީ ދެވަނަ ހާފްގައެވެ. ކޭން ކުޅެން ނުކުތް އިރު ވެސް އާރުބީ ލައިޕްޒިގުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ތިންވަނަ ލަނޑެއް ޖެހީ ޕެނަލްޓީއަކުންނެވެ. މެޗުގައި ބަޔާން ކޮޅަށް ތިން ލަނޑުވެސް ޖެހީ ސްޕެއިން ފޯވާޑް ޑެނީ އޮލްމޯއެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ކުޅެން ނުކުމެ ކޭންއަށް ބޯޅައިގައި ޖައްސާލެވުނީ ތިން ފަހަރުއެވެ. ކޭންއަށް އޭނާގެ ނުފޫޒެއް ނުފޯރުވުނެވެ. މެޗުގައި ޓީމްގެ ފަރާތުން ފެނުނު ގުޅުމާއި ކުޅުމާ މެދު ހިތްހަމަނުޖެހުނަސް ކޯޗު ޓުޗެލް ބުނީ ކޭންއާ މެދު އިތުބާރު އެބައޮތް ކަމަށެވެ. ޓީމަށް ހޭނި ޓީމްގެ ކުޅުންތެރިން ދަސްވުމުން ބަޔާންގައި ވެސް ކޭން ތަފާތު ދައްކާނެކަމަށް ޓުޗެލް ގަބޫލުކުރެއެވެ.30 އަހަރުގެ ކޭން އަކީ ކެރިއަރުގައި މިހާތަނަށް 354 ލަނޑު ޖަހާފައިވާ ކުޅުންތެރިއެކެވެ. އޭނާއަކީ ޓޮޓެންހަމްގެ ރެކޯޑް ސްކޯރަރއެވެ.

ޖަރުމަން ސުޕަ ކަޕްބަޔާން މިއުނިކްހެރީ ކޭން

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު