Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުން

ބިންވެރިޔާ ސްކީމުން ގޯތި ލިބުނު މީހުންނަށް މިމަހުގެ މެދުތެރޭގައި ގޯތިކަނޑަން ފަށާނެ: އާރިފް

ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، 800 ޝަކުވާ ހުށަހަޅާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 އޯގަސްޓު 2023 | ހޮނިހިރު 02:25
ހުޅުމާލެ

ހުޅުމާލެ

ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަޙައްދުން ގޯތިލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރުމާއެކު އެފަރާތްތަކަށް މިމަހުގެ 15،16،17 ހިސާބުގައި ގޯތި ކަނޑަން ފެށޭނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވެއްޖެއެވެ.

"ބިންވެރިޔާ" މަޝްރޫޢުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު އާއްމުކޮށްފައިވަނީ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، 800 ޝަކުވާ ހުށަހަޅާފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާރިފް ވިދާޅުވީ މިހާރު ކުރިޔަށްދަނީ ދާއިމީ ލިސްޓް ތައްޔާރުކޮށް ދާއިމީ ލިސްޓު ނެރުމުގެ މަސައްކަތްކަމަށެވެ. ދާއިމީ ލިސްޓް ނެރުމާއެކު ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކަށް ގޯތި ލިބޭނެ ތަންތަން ކަނޑައެޅިގެންދާނެކަމަށް އާރިފް ވިދާޅުވިއެވެ. އެގޮތުން ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަރުން ގޯތި ދޭނެކަމަށް އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ ގޯތިކެނޑުމުގައި ގުރުއަތު ނަގާނީ ލިބޭ ގޯތީގެ ސައިޒުންކަމަށެވެ.

އާރިފް ވިދާޅުވީ ގޯތި ދިނުމަށްޓަކައި ގުޅީފަޅާއި ގިރާފަޅު ހިއްކަމުންދާކަމަށެވެ. އެގޮތުން އެދެތަނުގައި 50 އިންސައްތަ ބިން ހިއްކާފައިވާކަމަށާއި ބިން ހިއްކާ ނިމޭވަރަކުން ގޯތި ކަނޑަމުންދާނެކަމަށް އާރިފް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް އާރިފް ވިދާޅުވިއެވެ.

މި ސްކީމްގެ ދަށުން ގޯއްޗަށް އެދި 15164 ފޯމް ހުށަހަޅާފައިވެއެވެ. އެއީ 23،088 މީހުންނެވެ. ޕްލޭނިން މިނިސްޓްރީން ބުނީ ފޯމުލީ މީހުންގެ ތެރެއިން 19858 މީހުން ގޯއްޗަށް ޝަރުތު ހަމަވާކަމަށެވެ. އޭގެތެރެއިން މިފަހަރު ދޫކުރާ 5000 ގޯތި ލިބެނީ ޖުމްލަ 10314 މީހުންނަށެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދާދިނުމަށް ފަށާފައިވާ "ބިންވެރިޔާ ސްކީމް"ގެ ދަށުން މިބުރުގައި 6،200 ގޯތި ދޫކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ. މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެންމެ ފުރަތަމަ ނިންމީ މާލެ ސަރަހައްދުން 5،000 ގޯތި ދޫކުރުމަށެވެ. އެއީ ހުޅުމާލެއިން 1،000 ގޯތި، ގުޅީފަޅުން 2،000 ގޯތި އަދި ގިރާވަރުފަޅުން 2،000 ގޯއްޗެވެ. އެހެންނަމަވެސް ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާލެ ސަރަހައްދުން މި ބުރުގައި 6,200 ގޯތި ދޫކުރަން ނިންމަވާފައިވާކަން އިއުލާނުކުރައްވާފައެވެ.

ރައީސް ވިދާޅުވީ ހުޅުމާލެއިން ދޭން ނިންމެވި 1،000 ގޯތީގެ ބަދަލުގައި ހުޅުމާލެއިން 2،200 ގޯތި ދެއްވަން ނިންމަވާފައިވާކަމަށެވެ. މިއާއެކު މުޅި ޖުމްލަ 6،200 ގޯތި ދޫކުރެވިގެންދާނެކަން ރައީސް އިއުލާނުކުރެއްވިއެވެ. ސަރުކާރުން ވަނީ ގޯއްޗަށް ޝަރުތުހަމަވާ އެންމެންނަށް ގޯތި ދޭން ނިންމާފައެވެ. މިގޮތުން 6،200 ގޯތި ދިނުމަށްފަހު ބާކީވާ މީހުންނަށްވެސް މާލެ ސަރަހައްދުން ގޯތި ހަމަޖައްސައިދެއްވަން ވަނީ ނިންމާފައެވެެ.

ބިންވެރިޔާ ސްކީމްމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް

29 އޮކްޓޯބަރު 2025
ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް
20 އޮކްޓޯބަރު 2025

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި
17 އޮކްޓޯބަރު 2025

75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

17 އޮކްޓޯބަރު 2025
75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް
02 އޯގަސްޓު 2025

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް
09 ޖުލައި 2025

ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި

09 ޖުލައި 2025
ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު