Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަގު ގޯތި

ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި އެޗްޑީސީ އިން ވަގު ޑޮކިއުމެންޓް ހެދިކަން ކަށަވަރު!

21 ޑިސެމްބަރު 2024 | ހޮނިހިރު 14:48

ލިޔުން ހަދާފައިވަނީ ކުރީގެ ހައުސިންގ މިނިސްޓްރީގެ ލެޓަރހެޑް ގައި

ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2024 | ހޮނިހިރު 14:48
ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި ތައްޔާރުކޮށްފައިވާ ވަގު ޑޮކިއުމެންޓެއް

ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި ތައްޔާރުކޮށްފައިވާ ވަގު ޑޮކިއުމެންޓެއް

ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ގެ ވަގު ޑޮކިއުމެންޓް ހަދައިދިންކަން ކަށަވަރުވެއްޖެއެވެ.

ހުޅުމާލެއިން "ބިންވެރިޔާ" ސްކީމް ގެ ދަށުން ޝަރުތު ހަމަނުވާ ބަޔަކަށް ގޯތިތަކެއް ވަގަށް ދިން މައްސަލަ ފަޅާ އެރުމާއެކު، އެޗްޑީސީ ގެ ތެރެއިން ހިނގަމުންދާ ވައްކަމާ، ޚިޔާނާތާއި މަކަރު ހީލާތް ހެދުމުގެ އެތައް ކަމެއް ދަނީ ފެންމަތިވަމުންނެވެ.

"ބިންވެރިޔާ" ސްކީމް ގެ ދަށުން ހުޅުމާލެ އިން ގޯއްޗެއް ގަތް މީހަކަށް އެޗްޑީސީ އިން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ދިން "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ" ރާއްޖެއެމްވީ އާ ހިއްސާ ކޮށްފައިވާއިރު، އެ ލިޔުން ހަދާފައިވަނީ ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަމުގައެވެ.

ރާއްޖެއެމްވީ އަށް ފެނުނު ގޯއްޗާ ބެހޭ ލިޔުން އެޗްޑީސީ އިން ދިން ފަރާތުން އޭނާގެ ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ބުނީ، އޭނާ އަށް ލިޔުން ދިނީ 65،000ރ އެ ތަނުގެ މުވައްޒަފަކަށް ހަވާލު ކުރުމުންނެވެ.

ލިޔުން ލިބުނު ފަރާތުން ކިޔައިދިން ގޮތުގައި އޭނާ އަށް ލިޔުން ހަވާލު ކުރަމުން ވެސް އެ ލިޔުމަކީ ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި ހަދާފައިވާ ލިޔުމެއް ކަމަށް ބުނި ކަމަށާއި، އެއީ ގާނޫނީ ގޮތުން އުސޫލެއްގެ ތެރެއަށް ފެއްތޭނީ އެ ގޮތައް އެކަން ކޮށްގެން ކަމަށް ވެސް އެޗްޑީސީ ގެ އޮފިޝަލް ބުނެފައިވާ ކަމަށެވެ.

ލިޔުމުގައި ކުރީގެ ހައުސިންގ މިނިސްޓްރީގެ ތައްގަނޑު ނޫކުލައިގެ ދެލިން ޖަހާފައިވެއެވެ. ސޮއިކޮށްފައިވަނީ ހައުސިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމްގެ ނަންމަތީގައެވެ. އާއްމުކޮށް ރަޖިސްޓްރީތައް ހުންނަ ގޮތަށް، ރަޖިސްޓްރީ ނަންބަރާ، ގޯތީގެ ނަންބަރާ، ގޯތި ބޮޑުމިނަށް ދަންދެން ވަނީ ލިޔެފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މަކަރު ހީލަތުން ބަޔަކަށް ގޯތިތަކެއް ދިން މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. މިހާތަނަށް ތަހުގީގު ގޮސްފައިވާ ގޮޮތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބޭއްވިއިރު، އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ގޯތި ލިބިފައިވާ ފަރާތްތަކުން ހޯދި ލިޔެކިޔުންތަކަކީ ކުރީ ސަރުކާރުން ދޫކޮށްފައިވާ ލިޔެކިޔުންތަކެއް ކަމަށެވެ. އެހެން ނަމަވެސް އޭނާ އެހެން ވިދާޅުވުމަށްފަހު ފަހުން ވިދާޅުވީ އެ ލިޔެކިޔުންތަކުގެ ސައްހަކަން އަދި އެހާ ހިސާބަށް ކަށަވަރު ނުކުރެވޭ ކަމަށެވެ.

ގޯތި ގެދޮރުބިން ފޭރުންބިންވެރިޔާ ސްކީމްސަރުކާރުގެ ޚިޔާނާތް

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް

29 އޮކްޓޯބަރު 2025
ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް
20 އޮކްޓޯބަރު 2025

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި
17 އޮކްޓޯބަރު 2025

75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

17 އޮކްޓޯބަރު 2025
75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް
14 ސެޕްޓެމްބަރު 2025

ބިލާމެދު ނޫސްވެރިން ޖެހިލުންވާން ނުޖެހެންޏާ ނޫސްވެރިންދެކެ ސަރުކާރު ޖެހިލުންވަނީ ކީއްވެ؟!

14 ސެޕްޓެމްބަރު 2025
ބިލާމެދު ނޫސްވެރިން ޖެހިލުންވާން ނުޖެހެންޏާ ނޫސްވެރިންދެކެ ސަރުކާރު ޖެހިލުންވަނީ ކީއްވެ؟!
07 އޯގަސްޓު 2025

އުމުރާ އަށް ދާ މީހުންނަށް ދެގުނަ ބޮޑުކޮށް ހައްޖު ކޯޕަރޭޝަން ގެ ޑީއެމްޑީ ގެ ކުންފުނިން ވިސާ ނަގާ ކަމަށް ބުނެ މައްސަލަ އޭސީސީ އަށް

07 އޯގަސްޓު 2025
އުމުރާ އަށް ދާ މީހުންނަށް ދެގުނަ ބޮޑުކޮށް ހައްޖު ކޯޕަރޭޝަން ގެ ޑީއެމްޑީ ގެ ކުންފުނިން ވިސާ ނަގާ ކަމަށް ބުނެ މައްސަލަ އޭސީސީ އަށް
07 އޯގަސްޓު 2025

ދިރާސާ - މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ޚިޔާނާތް - ސަރުކާރުގެ ކުންފުންޏެއް ބޭނުން ކޮށްގެން މަނީ ލޯންޑަރ ކުރެވިދާނެ ގޮތުގެ ކްލެސިކް މިސާލެއް!

07 އޯގަސްޓު 2025
ދިރާސާ - މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ޚިޔާނާތް - ސަރުކާރުގެ ކުންފުންޏެއް ބޭނުން ކޮށްގެން މަނީ ލޯންޑަރ ކުރެވިދާނެ ގޮތުގެ ކްލެސިކް މިސާލެއް!
05 އޯގަސްޓު 2025

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

05 އޯގަސްޓު 2025
ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި
03 އޯގަސްޓު 2025

މެމްބަރު ޝުޖާއުގެ ޚިޔާނަތުގެ ރިޕޯޓު ލީކުވިތާ 24 ގަޑިއިރު ނުވަނީސް، "އެމްއެމްއޭ ހިންގުން ހަރުދަނާ ކުރަން" އެފްއައިޔޫގެ ވެރިޔާ ބަދަލު ކޮށްފި

03 އޯގަސްޓު 2025
މެމްބަރު ޝުޖާއުގެ ޚިޔާނަތުގެ ރިޕޯޓު ލީކުވިތާ 24 ގަޑިއިރު ނުވަނީސް، "އެމްއެމްއޭ ހިންގުން ހަރުދަނާ ކުރަން" އެފްއައިޔޫގެ ވެރިޔާ ބަދަލު ކޮށްފި
02 އޯގަސްޓު 2025

މުއިއްޒު ދިދަޔާ ވާހަކަ ދެއްކެވި ރަސްމިއްޔާތުން މެމްބަރު ޝުޖާއު ކުންފުންޏަށް 15 މިލިއަން ރުފިޔާ!

02 އޯގަސްޓު 2025
މުއިއްޒު ދިދަޔާ ވާހަކަ ދެއްކެވި ރަސްމިއްޔާތުން މެމްބަރު ޝުޖާއު ކުންފުންޏަށް 15 މިލިއަން ރުފިޔާ!
02 އޯގަސްޓު 2025

މުއިއްޒުގެ މޭޔަރު ކަމުގައި އެއް އަހަރު ތެރޭ 10.5 މިލިއަން ރުފިޔާ ސިޓީ ކައުންސިލުން ކުއިކް ޝުއަރ ކިޔާ ކުންފުންޏަކަށް!

02 އޯގަސްޓު 2025
މުއިއްޒުގެ މޭޔަރު ކަމުގައި އެއް އަހަރު ތެރޭ 10.5 މިލިއަން ރުފިޔާ ސިޓީ ކައުންސިލުން ކުއިކް ޝުއަރ ކިޔާ ކުންފުންޏަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް