Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

އެމްޑީޕީ ސަރުކާރުން ފުލެޓް އެލޮކޭޓްކޮށްފައިވާ ފަރާތްތަކަށް ފުލެޓް ނުދީ އެލޮކޭޓް ނުކުރާ ފަރާތްތަކަށް ފުލެޓް ދެމުންދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2025 | ހުކުރު 06:58
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

75 ޕޮއިންޓަށްވުރެ މަދަުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ އެއްބަސްވުންދީފައި ހުރި ބައެއް ފަރާތްތަކުގެ ފުލެޓް އަތުލުމަށް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ކޮމިޓީން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ މި ސަރުކާރުން ގޮތް ހުސްވެގެން ތަފާތު އެތައް ތަނެއްގައި އެތައް ވާހަކަތަކެއް ދެއްކުމަށްފަހު ފުލެޓްތައް ދޫކުަރަމުން ދާއިރުގައި އެމްޑީޕީ ސަރުކާރުން ފުލެޓް ހަވާލުކޮށްފައި ހުރި ބައެއް ފަރާތްތަކާއި، ފުލެތް އެލޮކޭޓް ކޮށްފައިވާ ބައެއް ފަރާތްތަކަށް އެލޮކޭޓް ކޮށްފައި ހުރި ފުލެޓް ނޫން އެހެން ފުލެޓް ދިނުމާއި އެލޮކޭޓް ކޮށްފައިވާ ފަރާތްތަކަށް ފުލެޓް ނުދީ އެލޮކޭޓް ނުކުރާ ފަރާތްތަކަށް ފުލެޓް ދެމުންދާ ކަމަށެވެ.

Advertisement - newsAdvertisement

މައުރޫފް ވިދާޅުވީ 75 މާކްސް އިން ދަށުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތުލުން ހިންގަނީ އެއްބަސްވުން ދީފައި ހުރި ފަރާތްތަކުގެ ބައެއް ފުލެޓްތައް އަތުލެވޭ ގޮތަކަށް ނުވަތަ އެފަރާތްތައް ހައްގުން މަހުރޫމްކުރެވޭ ގޮތަށް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކުރިން ކެނޑިޑޭޓް މުއިއްޒު ވިދާޅުވެފައިވަނީ އެއްވެސް ރައްޔިތެއްގެ ގޯއްޗެއް ފުލެޓެއް އަތުނުލާނެކަން. އެވާހަކަ ތަކުރާރުކޮށް އަޅުގަނޑުމެން ދަންނަވަން. އެތައް މިތަނުގައި އަޅުގަނޑުމެން މި ވާހަކަ ދައްކަންޖެހޭ ސަބަބަކީ ދިވެހި ރައްޔިތުން މި ސަރުކާރަށް ވޯޓުދީ ރައީސް މުއިއްޒު ހޮވީ މި ވާހަކަތަކުގައި ޖެހިގެން. އެހެންވީމާ އަޅުގަނޑުމެން މި ވާހަކަ ދައްކަން މިޖެހެނީ. އެވަރުގެ ބޮޑު އޮޅުވާލުމެއް ދޮގުތަކެއް ރައްޔިތުންނަށް ހަދާ ވެރިކަމަށް އައިސް އެކަން ނުކުރީމާ އަޅުގަނޑުމެން އެބަޖެހޭ މި ވެރިކަމުގެ ސައްހަކަން ގެއްލިފައިވާ ވާހަކަ ދައްކަން.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ގެދޮރުވެރިޔާ ސްކީމާއި ގުޅޭގޮތުން ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވަނީ 75 ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 3 ކޮޓަރި ލިބިފައިވާ ފަރާތްތަކުގެ ފުލެޓް އެލޮކޭޝަން ނަގާކަމުގައިވާނަމަ 75 ޕޮއިންޓް ލިބި ފުލެޓް ނަންބަރު ދީފައިވާ ހުރިހާ ފަރާތްތަކެއްގެ އަތުން ނަންބަރުތައް އަތުލައިގެން ނޫނީ އިންސާފުވެރި ނުވާނެތީ، 75 ޕޮއިންޓް ލިބިފައިތިބި ފަރާތްތަކަށް ހަދާފައިވާ އެލޮކޭޝަންސް ތައް ކެންސަލް ކޮށްފައިވާ ކަމަށެވެ.

އަދި 75 ލިބިފައިވާ ފަރާތްތަކަށް 3 ކޮޓަރި ލިބުން ނޫނީ 2 ކޮޓަރި ލިބޭ އޮޕްޝަނެއް ލިބޭނެ ކަމަށާއި، ކޮންމެވެސް އެއް އޮޕަޝަނެއް ހިޔާރުކުރެވޭނެ ކަމަށެވެ. އަދި 3 ކޮޓަރި ލިބޭ ފަރާތްތައް ގުރުއަތު ނަގާފައި ބާކީވާ ފަރާތްތަކަށް 2 ކޮޓަރި އެޕާޓްމަންޓް އެލޮކޭޝަން ހެދޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މައުރޫފް ޒާކިރުއެމްޑީޕީފްލެޓުތައްބޯހިޔާވަހިކަންގުރުއަތުލުންބިންވެރިޔާ ސްކީމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

މަޓޭ ހައްޔަރުކުރި މައްސަލަ އައިޕީޔޫ އަށް ހުށަހަޅައިފި

12 ޑިސެމްބަރު 2025
މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

މަސްވެރިންގެ ޝުއޫރު: "މަސްވެރިން ކުރަމުން ދިޔަ އިހުތިޖާޖަށް ފުލުހުން އަރާ ދިނީ ޓެރަރިސްޓް ހަމަލާ އެއް!"

12 ޑިސެމްބަރު 2025
މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

މަސްވެރިން ގެ އިހުތިޖާޖުން މީހުން ހައްޔަރު ކުރީ ބިރު ދައްކާ، ސަރުކާރު ގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔާ މީހުން ގެ އަޑު ކަނޑުވާލުމަށް: އެމްޑީޕީ

12 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު