Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕާސްޕޯޓު ހިފެހެއްޓުން

ބިންވެރިޔާ ސްކީމް ގޯތީގެ ވައްކަމާއި ގުޅިގެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރޭގައި އެޗްޑީސީގެ އެމްޑީ ފަޒުލް، އަދި އޭނާގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 ޑިސެމްބަރު 2024 | ހުކުރު 08:23
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު

ބިންވެރިޔާ ސްކީމް ގޯތީގެ ވައްކަމާއި ގުޅިގެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހުކުރު ދުވަހު ފުލުހުން ބުނީ ތަހުގީގު ކުރަމުންދާ ބިންވެރިޔާ ސްކީމާއި ގުޅުންހުރި މައްސަލައާއި ގުޅިގެން 20 މީހެއް ފުރުން މަނާ ކުރުމުގެ އަމުރު ނެރިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެމީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އަދި އޭނާގެ ބޭބެ މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް (އެމްޑަބްލިޔުއެސްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނެއެވެ. ޕާސްޕޯޓް ހިފެހެއްޓި މީހުންގެ ތެރޭގައި، ކުރީގެ ހައުސިންގ މިނިސްޓްރީގެ ސިޔާސީ މަގާމު ގައި ތިބި 2 މުވައްޒަފަކާއި، މިހާރުގެ ހައުސިންގ މިނިސްޓްރީގެ 2 މުވައްޒަފުން ހިމެނެއެވެ. އޭގެ އިތުރުން އެޗްޑީސީގެ ބޯޑު މެމްބަރުންނާއި އެޗްޑީސީ ގެ މުވައްޒަފުން ހިމެނެއެވެ. މީގެ ތެރޭގައި ފަޒުލް ގެ ބޭބެ އަށް ގަވައިދާ ޚިލާފަށް ދިން ގޯތީގެ ވަށާފާރު ރޭނުމުގެ ހުއްދަ އަށް އެދުމުން އެ ގޯތީގެ ވެރިފަރާތް ސާފު ކުރަން އެޗްޑީސީ އިން ހައުސިންގ މިނިސްޓްރީ އަށް ފޮނުވި ސިޓީގައި ސޮއިކޮށްފައިވާ ޑެޕިއުޓީ ޑިރެކްޓަރ އަހްމަދު އައިމަން ވެސް ހިމެނެއެވެ.

މިމައްސަލަ ޖީނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާއިރު، ގިނަ ތުހުމަތުތަކެއް އެޗްޑީސީގެ އެމްޑީ ފަޒުލްއަށް ވަނީ ކުރެވިފައެވެ. ނަމަވެސް ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ފަޒުލްގެ މައްޗަށް މިހާތަނަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށެވެ.

ޕާސްޕޯޓް ހިފެހެއްޓި 20 މީހުންނަކީ:

1. އިބްރާހިމް ފަޒުލް ރަޝީދު، މ. ޒޭވަރު

2. އިބްރާހިމް ޔޫސުފްފުޅު، އަތިރީގެ، ނ. ވެލިދޫ

3. މުހައްމަދު ވިޝާމް، ވ. ވަސްމީރުފިޔަ

4. އުލާ މުހައްމަދު ރަޝީދު އިބްރާހިމް، ގ. ގަސްކަރަ

5. އާރިފް އަބްދުއްސަމަދު، ދަފުތަރު 9241

6. މުހައްމަދު ނާޖިލް، ހ. ފަށަން

7. މުހައްމަދު ވަހީދު، މަބުއްސްތާނުގެ ހއ. ފިއްލަދޫ

8. ޔޫސުފް ވަހީދު، ބޮޑުގެ، ހއ. ވަށަފަރު

9. އަޒުހަރު އަބްދުﷲ ސައީދު، ސީނާޒު، ގދ. މަޑަވެލި

10. މުހައްމަދު ފަޒީލް ރަޝީދު، މ. ޒޭވަރު

11. އަބްދުލް މަޖީދު މާހިރު، ޖަމީލާމަންޒިލް، ހއ. ދިއްދޫ

12. މަރިޔަމް ސާއީ، ހަޒާރުމާގެ، ސ. ފޭދޫ

13. މަރިޔަމް ނިޔާޒާ، ހުޅުމާލެ ގޯތި ނަންބަރު 10794 (އަނާރު، ކ. މާލެ)

14. އަހުމަދު ވިޝާން ނަސީމް، މއ. އިހާދޫ

15. އަބްދުﷲ ފާއިދު، ހ. މާފާގާ

16. އަބްދުﷲ ޝުހޫދު، މ. ސްލިޕްވޭއާގެ

17. އަހުމަދު އައިމަން، މ. އަޒުމާ

18. އަހުމަދު ޔާމީން، ކަސީރާގެ، ސ. މަރަދޫ

19. ޟިރުގާމް ވަހީދު، މއ. ވިރާހު

20. މުހައްމަދު އާރިފު، ނެދުންގެ، ހއ. އިހަވަންދޫ

މި މައްސަލަ ފެންމަތިވެފައިވަނީ 18 ޑިސެންބަރު 2024 ވީ ބުދަ ދުވަހު ސޯޝަލް މީޑިއާގައެވެ. ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާއި ގުޅިގެން ބުދަ ދުވަހުގެރޭ އެޗްޑީސީގެ އެމްޑީ ފަޒުލް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ. މި ބައްދަލުވުމުގައި ވެސް ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ނުދެވި، ފަޒުލް ހެއްދެވީ ދޮގުކަން ވަނީ ހާމަވެގެން ގޮސްފައެވެ. އަދި ދެމީހަކަށް އެއް ބިމެއް ލިބުނު ގޮތް ސާފުކޮށް ނުދެވި ފަޒުލް ވިދާޅުވީ ބޭބެ އަށް ގަވައިދާ ޚިލާފަށް ގޯތި ލިބުނީ އިއްތިފާގަކުން ކަމަށެވެ. އަދި އެގޯތީގެ ވަށާފާރު ނުރާނާ ކަމަށް ފަޒުލް ވިދާޅުވި ނަމަވެސް އެގޯތީގެ ވަށާފާރު ވަނީ ރާނާފައެވެ.

އޭގެފަހުން ބުރާސްފަތި ދުވަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެމްޑީ ފަޒުލް ހިމެނޭ ގޮތަށް އެޗްޑީސީގެ ޗެއަރމަން އަހުމަދު ނާސިފު ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފައެވެ. އަދި އޭނާގެ ބޭބެ ފަޒީލް ވެސް ވަނީ މަސައްކަތުން އެކަހެރިކޮށް، ސަސްޕެންޑްކޮށްފައެވެ.

މީގެ އިތުރުން މިމައްސަލައާ ގުޅިގެން ހައުސިން މިނިސްޓްރީގެ ސިޔާސީ 10 މުވައްޒަފެއް ސަސްޕެންޑްކޮށްފައިވާ ކަމަށް ބައެއް މީީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މިކަމާއި ގުޅިގެން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ފުލުހުން މިމައްސަލަ ތަހުގީގު ކުރަމުންދާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއެޗްޑީސީވައްކަން ކުރުންބިންވެރިޔާ ސްކީމްބިންވެރިޔާ ސްކީމް ގޯތީގެ ވައްކަން ބިން ފޭރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު