Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހި

އައި.އޭ.އެކްސް ސަބްމެރިން އާއި ރާއްޖެ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން - ރައީސް ޞާލިހު

މި ބަދަލާއި އެކު ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް އަގުހެޔޮކޮށް, ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެވޭނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 11 އޯގަސްޓު 2023 | ހުކުރު 13:45
އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅާލުމުގެ ރަސްމިއްޔާތުގެ ތެރެއިން

އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅާލުމުގެ ރަސްމިއްޔާތުގެ ތެރެއިން

އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅާލުމަކީ ޑިޖިޓަލް ދިވެހި ޖީލެއްގެ ފެށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅާލުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ބައިނަލްއަޤުވާމީ ސަބްމެރިން ކޭބަލް އަކަށް ރާއްޖެ ސީދާ ގުޅާލުމަކީ ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ކުރެވޭ ކަމަކަށް ވާއިރު މިއީ ދިވެހި ރައްޔިތުންނާއި ޒުވާނުންނާއި އެކު މުޅިން އާ ދުނިޔެ އަކަށް ދަތުރެއް ފެށުން ކަމަށް ރައީސް ސިފަކުރެއްވިއެވެ. ސަބަބަކީ ޒަމާނީ ސިއްހީ ޚިދުމަތާއި، ސްކޫލްތަކާއި ޔުނިވަރސިޓީ އަދި ލައިބްރަރީ ފަދަ ކަންކަމަށް އެކަމުގެ ސަބަބުން ބޮޑު ބަދަލެއް އައުން ކަމަށް ރައީސް ވިދާޅުވިއެވެ. ދުނިޔެ ދެކޭ ބަދަލުގެ އަސްލަކީ ޑިޖިޓަލް އިގްތިޞާދު ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މި ބަދަލަކީ ރާއްޖޭގައި ބައިނަލްއަޤުވާމީ ޓެކްނޮލޮޖީ ހަބެއް އުފެއްދުމުގެ ބިންގާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޑިޖިޓަލް ދުނިޔޭގައި ދުނިޔޭގެ އެއްބިތުން އަނެއްބިތަށް ވިޔަފާރި ހިނގަމުން ދަނީ އެއްވެސް ހުއްޓުމެއް ނެތި ކަމަށާއި، އެ ކަމުގެ ސަބަބުން ދުރު ކަރަތައް ކައިރިކޮށްދޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެެ. ފާއިތުވި 80 ވަރަކަށް އަހަރު ތެރޭގައި ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރައިގެން ދިޔަ ދާއިރާއަކީ ޑިޖިޓަލް ޓެކްނޮލޮޖީ އާއި މުވާސަލާތުގެ ދާއިރާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އާޓީފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައިއޭއިން އިންސާނުން ފަހާ ދުވަމުންދާ އިރު އަދިވެސް ދިވެހިން ދުވަން ޖެހިފައި ވަނީ މޮބައިލް ރޭންޖާއި އިންޓަރނެޓް ސްޕީޑުގެ ފަހަތުން ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އުފެއްދުންތެރި އީޖާބީ ވިސްނުން ހުރި ދިވެހިންނަށް ހައްގު މިންވަރު ނޫން ކަމަށާއި އެ ހައްގު މިންވަރު ލިބޭނީ ބައިނަލްއަޤުވާމީ ސަބްމެރިންގެ ދުނިޔެ އަށް ރާއްޖެ ވަދެގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މީ ޚިދުމަތް ދޭ ފަރާތްތަކަށް ވެސް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި މަސައްކަތަކީ ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް އަގުހެޔޮކޮށް, ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. 

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މީގެ ކުރިން ވިދާޅުވީ ދުނިޔެ ބަދަލުވެ، އިންޓަރނެޓްގެ ޛަރީޢާއިން ކުރެވޭ މުޢާމަލާތާއި ހިންގުމުގެ ދާއިރާއަށް އަންނަ އަވަސްކަމަކީ ކުރިއަށް އޮތް ތަނަށް މުހިންމު ބަދަލެއް ކަމަށެވެ،. އަދި ރާއްޖޭގެ އިންޓަރނެޓްގެ އަގަށް ގެނެވުނު ބަދަލާއި، އޭގެ ސްޕީޑަށް އަދިވެސް އިތުރު ތަރައްޤީ އައުން މުހިންމުކަން އޭރުވެސް ރައީސް ފާހަގަކުރެއްްވިއެވެ. ސަރުކާރު ޝާމިލްވާ އާ ސަބްމެރިން ކޭބަލުން މިކަމަށް އިތުރު ފަހިކަން ގެނުވާނެ ކަމަށް ރައީސް އޭރުވެސް ފާހަގަކުރެއްވިއެވެ.

ސަބްމެރިން ކޭބަލް އައިއޭއެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ގުޅާލުންރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
އުރީދޫން އިތާފުއްޓަށް ތާރީހީ ސަބްމެރިން ކޭބަލެއް ގުޅާލައިފި

އުރީދޫން އިތާފުއްޓަށް ތާރީހީ ސަބްމެރިން ކޭބަލެއް ގުޅާލައިފި

02 އޯގަސްޓު 2025
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ސަބްމެރިން ކޭބަލް ޓެސްޓުކުރުމުގެ މަސައްކަތް ޑިސެމްބަރުގައި

ސަބްމެރިން ކޭބަލް ޓެސްޓުކުރުމުގެ މަސައްކަތް ޑިސެމްބަރުގައި

05 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު