Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސޮއި ފޯޖު ކުރުން

ސޮއި ފޯޖުކުރި މީހަކު އެއްލައްކަ ނުވަދިހަ އަށްހާސް ރުފިޔާއިން ޖޫރިމަނާކޮށްފި

11 އޯގަސްޓު 2023 | ހުކުރު 07:01

ޖޫރިމަނާ ކުރުމުގެ އިތުރުން އެއްމަހާއި ހަ ދުވަހުގެ މުއްދަތަކަށް އޭނާ ވަނީ ގޭ ބަންދުކުރުމަށް ހުކުމްކޮށްފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 އޯގަސްޓު 2023 | ހުކުރު 07:01
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ސޮއި ފޯޖުކުރި މީހަކު އެއްލައްކަ ނުވަދިހަ އަށްހާސް ރުފިޔާއިން ޖޫރިމަނާކޮށް، ގޭ ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ޅ. ހިންނަވަރު ފުލޫނިޔާގެ އަދީބު އުމަރުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ ދައުލަތުން ވަނީ އުފުލާފައެވެ. އޭނާގެ މައްޗަށް މި ދައުވާ ކޮށްފައިވަނީ ވިސްޓާ އިންވެސްޓްމަންޓް ފްރައިވެޓް ލިމިޓެޑުގެ އެކައުންޓުން، އެ ކުންފުނީގެ ހިއްސާދާރުންގެ ސޮއި ފޯޖުކޮށްގެން ޗެކުތަކެއް މެދުވެރިކޮށް އެއްލައްކަ ދިހަހާސް ތިންސަތޭކަ ރުފިޔާ ނެގުމާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ހުކުމް ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާއިރު އެ ކޯޓުގެ ހުކުމުގައިވަނީ ވިސްޓާ ކުންފުނިން ސިލޯނު ބޭންކުގައި ހުޅުވާފައިވާ އެކައުންޓްގެ ޗެކުތަކެއްގައި ލިޔެ ސޮއި ފޯޖުކޮށްގެން އަދީބު އުމަރު ފައިސާ ނެގުމަށް މަސައްކަތްކޮށް، ފައިސާ ނަގާފައިވާކަން ސާބިތުވެފައިވާތީ މަކަރާއި ހީލަތް ހެދުމުގެ ކުށުން ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. ޤާނޫނުގައިވާ ގޮތުން މިފަދަ ކުށެއްގެ އަދަބަކީ ދެ އަހަރާއި 9 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.   

ކޯޓުގައި އަދީބުގެ ފަރާތުން ބުނެފައިވަނީ އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދިނުމަށް އެދޭ ކަމަށާއި ވަޒީފާގައި އުޅޭ ލިޔުން ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ލިޔުމުން ޖޫރިމަނާގެ ފައިސާ ދެއްކުމުގެ ޤާބިލުކަން ހުރިކަން އެނގޭކަމަށެވެ. އަދި މި މައްސަލައަކީ ގިނަ ދުވަސްވެފައިވާ މައްސަލައެއްކަމުން އެ ކަމަށް ރިޔާއަތްކޮށް އަދަބު ކަނޑައަޅައިދިނުމަށް ވެސް ވަނީ އެދިފައެވެ.

ކްރިމިނަލް ކޯޓުން ވަނީ ޤާނޫނުގެ 1202 ވަނަ މާއްދާއާ ހަވާލީ އެ ޤާނޫނުގެ 1005 ވަނަ މާއްދާގެ ހ ގެ ދަށުން އަދީބުގެ އަދަބު ލުއިކޮށްދީފައެވެ. އެގޮތުން އަދީބު، އެއްމަހާއި ހަ ދުވަހުގެ މުއްދަތަކަށް ގޭ ބަންދަށް ބަދަލުކުރުމާއެކު އެއްލައްކަ ނުވަދިހަ އަށްހާސް ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އެ ފައިސާ 9 އޮގަސްޓުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވެސް އޭނާގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ކްރިމިނަލް ކޯޓް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި
19 ޑިސެމްބަރު 2025

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި
16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް