Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިއީ ރައްޔިތުން ބަލައިގަންނަ ސަރުކާރެއް

ގަދަ ހޫނާއި ބޯ ވިއްސާރާގައި ވެސް މަރުހަބާ ދެންނެވުމަށް ނުކުތުމަކީ ރައްޔިތުން މި ސަރުކާރު ބަލައިގެންފައިވާ ކަމުގެ ހެއްކެއް: މައުރޫފް

ޓޫރިޒަމްއާ ނުލައި ރާއްޖޭގެ މުސްތަގުބަލެއް ނޯންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 11 އޯގަސްޓު 2023 | ހުކުރު 07:35
އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް ވާހަކަދައްކަވަނީ

އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް ވާހަކަދައްކަވަނީ

ގަދަ ހޫނާއި ބޯ ވިއްސާރާގައި ވެސް މަޖުބޫރުކަމެއްނެތި މަރުހަބާ ދެންނެވުމަށް ނުކުތުމަކީ ރައްޔިތުން މި ސަރުކާރު ބަލައިގެންފައިވާ ކަމުގެ ހެއްކެއް ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގއ.ވިލިގިނލީގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ މިސަރުކާރުގެ ވިސްނުމަކީ ތަރައްގީ ކަމަށާއި، ރައީސްގެ ވިސްނުންފުޅަކީ ވެސް ތަރައްގީ ކަމަށެވެ. މުޅިރާއްޖެއަށް ތަރައްގީ ގެނައުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން މައުރޫފް ދެއްވިއެވެ. އަދި ވިދާޅުވީ ރާއްޖެއަށް ހަމަހިމޭންކަމާއި، ސުލްހަވެރިކަމާއި، އަމާންކަން ބޭނުންވާ ކަމަށާއި، ޓޫރިޒަމް ވެސް ކުރިއެރުވުމަށް އަމާން ރާއްޖެއެއް ބޭނުންވާ ކަމަށެވެ. ޓޫރިޒަމްއާ ނުލައި ރާއްޖޭގެ މުސްތަގުބަލެއް ނޯންނާނެ ކަމަށާއި، އަމާންކަމާއި ނުލައި ޓޫރިޒަމް ނޯންނާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. އެހެންކަމުން އަމާންރާއްޖެއަށް ދިއުމަށް ރައީސް ކުރައްވާ ދަތުރުގައި އެމަނިކުފާނަށް ރައްޔިތުން އެއްބާރުލުން ދިނުމަށް މައުރޫފް ވަނީ އެދިވަޑައިގެންފައެވެ.

Advertisement - newsAdvertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި މައުމޫން އަބްދުލްގައްޔޫމް އާއެކު އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުތަކަށް އިޝާރާތްކުރައްވައި މައުރޫފް ވިދާޅުވީ އެދުވަހު ފެނުނު މަންޒަރުތަކާއި، މިއަދު ފެންނަ މަންޒަރުތައް ވަރަށް ތަފާތު ކަމަށެވެ. އޭރުގެ ރައީސުން ރަށުގެ ރައްޔިތުންނާއި، ކައުންސިލަރުންނާއި ބައްދަލުކުރައްވަން ބޭނުންފުޅު ނުވާ ކަމަށާއި، ބަނދަރަށް އަރާވަޑައިގެންނެވުމަށްފަހު، ވިދާޅުވާން ބޭނުންވާ ބަސްފުޅު ވިދާޅުވުމަށްފަހު ފުރާވަޑައިގަންނަވާ ކަމަށް މައުރޫފް ވިދާޅުވިއެވެ. ނަމަވެސް މިއަދުގެ ރައީސް ސާލިހުގެ ފަރާތްޕުޅުން ފެންނަނީ މުޅިން ތަފާތު މަންޒަރެއް ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނާއި ގާތުން ބައްދަލުކުރައްވައި ރައްޔިތުންނާއި ކަންކަމުގައި މަޝްވަރާ ކުރައްވާ ކަމަށެވެ.

މައުރޫފް ވިދާޅުވީ ރައްޔިތުން ރައީސް ސާލިހު ބަލައިގަނެފައިވާ ކަމަށެވެ. އެގޮތުން މިއަދު އެމަނިކުފާނު އަތޮޅުތެރެއަށް ވަޑައިގަންނަވާއިރު، އެއްވެސް މަޖުބޫރުކަމެއް ނެތި ގިނަ އަދަދެއްގެ ރައްޔިތުން ގަދަ ހޫނާއި ބޯ ވިއްސާރާގައި ވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނުކުންނަ ކަމަށް މައުރޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މައުރޫފް ވަނީ ޕީޕީއެމް/ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. އަދި ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންއަކީ ފޯމިއުލާއެއް ނެތް ކޯލިޝަނެއް ކަމަށެވެ. މިއަދު ޕީޕީއެމްގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ ސީޔާސީ ދާއިރާ ގެއްލިފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ. އެހެންކަމުން ޕީޕީއެމްގެ ލީޑަރޝިޕް އެމްޑީޕީއާ ގުޅިވަޑައިގަތުމަށް މައުރޫފް ގޮވާލެއްވިއެވެ.

އަލީ މައުރޫފް ރައީސް ސާލިހު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި

ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި

05 އޮކްޓޯބަރު 2023
އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި

އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި

02 އޮކްޓޯބަރު 2023
''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''

''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''

02 އޮކްޓޯބަރު 2023
"އެމްޑީއޭ އިން މަޑުޖެހިލީ ހާސްވެގެނެއް ނޫން، ރާޒުވާ ކުޅިބައި އަތުރާލަން ރައީސަށް ވަގުތުކޮޅެއް ދިނީ"

"އެމްޑީއޭ އިން މަޑުޖެހިލީ ހާސްވެގެނެއް ނޫން، ރާޒުވާ ކުޅިބައި އަތުރާލަން ރައީސަށް ވަގުތުކޮޅެއް ދިނީ"

17 ސެޕްޓެމްބަރު 2023
ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި

ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި

14 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު