Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިލިނގިލީގެ ތަަރައްގީ

ވިލިނގިލި-ކޫއްޑޫގެ ބްރިޖުގެ ބަދަލުގައި ރައީސް އެދިވަޑައިގަތީ ރައްޔިތުން އެދޭނަމަ މުޅި ވިލިނގިލި ތަރައްގީކުރެވޭނެ ޕްރޮޕޯސަލްއަކަށް ދިއުމަށް

11 އޯގަސްޓު 2023 | ހުކުރު 00:32

ވިލިނގިއްޔަށް ވި ވައުދުތައް ދަނީ ފުދެމުން ނިިމެމުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 އޯގަސްޓު 2023 | ހުކުރު 00:32
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިލިނގިލި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިލިނގިލި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ

ވިލިނގިލި-ކޫއްޑޫ ބުރިޖަށްވުރެ ރަނގަޅަށް މުޅި ވިލިނގިލި ތަރައްގީ ގެނެވޭނެ ޕްރޮޕޯސަލްތަކެއް އެބަހުރި ކަމަށާއި، އެކަމާއި ވިސްނުމަށްފަހު ރައްޔިތުން ގޮތެއް ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެދިވަޑައިގަންނަވައިފިއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާގައި، ގއ. ވިލިނގިލީގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯއާއެކީގައި ނުކުތީ ލީޑަރުން ޖަލުގައި ތިއްބާ ކަމަށެވެ. އެބޭފުޅުން އަނބުރާ މުޖްތަމައުއަށް ނެރެފައިވާ ކަމަށާއި، ދެން ބޭނުންވި އަނެއްކަމަކީ ރައްޔިތުން ބޭނުންވެފައިވާ އަސާސީ ހިދުމަތްތަކާއި، ކޮންމެހެން ބޭނުން ޖެހިފައިވާ ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ ހުރިހާ ރަށަކަށް ފަތުރާލެއްވުން ކަމަށެވެ. ކުޑަރަށެއްގައި ދިރިއުޅޭ މީހެއް ބޮޑު ރަށެއްގައި ދިރިއުޅޭ މީހެއް ތަފާތުނުކޮށް، ކޮންމެހެން ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދެއްވުން ކަމަށެވެ. ރައީސް ވިދާޅުވީ އިރާދަކުރެއްވިޔާ އެކަން ދަނީ ފުރިހަމަވެ ނިމެމުން ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ވިލިނގިއްޔަށް ވި ވައުދުތައް އެ ދަނީ ފުދެމުން ނިިމެމުން ކަމަށެވެ. ވިލިނގިލީގެ ރައްޔިތުންނަކީ ވިލިނގިލީގެ ތަރައްގީއަށްޓަކައި ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ތިބި ބައެއްކަން ގަބޫލުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 2018 ވަނަ އަހަރުގެ ކުރިން ވިލިނގިލިން، އެމްޑީޕީއަށް ލިބެނީ ދާދި މަދު ވޯޓެއް ނަމަވެސް ތަރައްގީއަށްޓަކައި އެދުވަހު ވިލިނގިލި ރައްޔިތުން ނުކުމެވަޑައިގެން 55 އިންސައްތަ ވޯޓު ދެއްވި ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ވި ވައުދެއް އަދި ނުފުއްދި އެބައޮތް ކަމަށާއި، އެއީ ވިލިނގިލި ރައްޔިތުން ވަރަށް ބޮޑަށް އެދޭކަމެއް ކަމަށެވެ. އެއީ ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅުވާލުން ކަމަށާއި، އެކަމަށް އަމަލީ ސިފައެއް އަދި ނާންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ އެއަށްވުރެ ރަނގަޅަށް މުޅި ވިލިނގިލި ތަރައްގީ ގެނެވޭނެ ޕްރޮޕޯސަލްތަކެއް އެބަހުރި ކަމަށް ވިދާޅުވެ އެކަމާއި ރައްޔިތުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގަންނަވާފައެވެ.

ރައީސް ވިދާޅުވީ ވިލިނގިލީގެ ތަރައްގީއަށް މިދިޔަ 5 އަހަރު ތެރޭގައި ބަޖެޓުން 202 މިލިއަން ރުފިޔާ ހަރަދުކުރެވިއްޖެ ކަމަށެވެ. އަދިވެސް ކުރަން ހުރި މަސައްކަތްތައް ބައިވަރު އެބަހުރި ކަމަށާއި، އެ މަސައްކަތްތަކާ އެކު ކުރިއަށްވަޑައިގަންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު އައިސް މިތިބީ ފެހި ގާނޫނު އަސާސީގެ ތެރެއިން ބޭއްވޭ ހަތަރުވަނަ ރިޔާސީ އިންތިހާބާ ހިސާބުގައިކަމަށެވެ. ޑިމޮކްރަސީގެ އެކިއެކި މަރުހަލާތައް ކަނޑައްތުކޮށްފައިވާ ކަމަށާއި، ދެހާހުގެ ކުރިން ފެށިގެން މިއަދާ ހިސާބަށް އައިރު ތަފާތު އެކި މަރުހަލާތައް ކަނޑައްތުކޮށްފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މިއީ ހަމަޖެހުމުގެ ނޭވާއެއްލާންވީ ވަގުތު ކަމަށާއި، މަގުމަތީގައާއި ޖަލުތަކުގެ ތޭރިތަކުގެ ފަހަތުގައި އެތައް ދުވަހެއް އާއިލާއާއި ދުރުގައި ހޭދަކުރަން ޖެހުނު ނަމަވެސް މިއަދު މިއީ އެކަން މާޒީއަށް ދޫކޮށްލާފައި ގައުމު ތަރައްގީކުރުމަށް އެކީގައި ނުކުންނަންވީ ވަގުތު ކަމަށް ރައީސް ވިދާޅުވިއެވެ.

ގއ. ވިލިނގިލިވިލިނގިލި-ކޫއްޑޫ ބްރިޖުރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުއުފާވެރި އަމާން ރާއްޖެމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)2023 ރިޔާސީ އިންތިޚާބު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
05 ޑިސެމްބަރު 2025

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

05 ޑިސެމްބަރު 2025
ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
08 ނޮވެމްބަރު 2025

ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

08 ނޮވެމްބަރު 2025
ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
06 ނޮވެމްބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި

06 ނޮވެމްބަރު 2025
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް