Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

ވީއައިއޭގެ އައު ޓާރމިނަލްއާއި ގުޅިގެން ކުރެވޭ ބަހުސްގައި، ޝުކުރު ހައްގުވަނީ ކޮން ރައީސަކަށް؟

ރައީސް ސާލިހްގެ ވެރިކަމުގައި ޓާމިނަލްގެ މަސައްކަތް ނިންމަން ބޭނުންވާ ފައިސާ ވަނީ ހޯއްދަވާފައެވެ. އަދި 2025 ވަނަ އަހަރު ޖޫން މަހަށް ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިމޭނެކަން އޭރު ވަނީ އިއުލާންކުރައްވާފައެވެ. އަދި ޓާމިނަލްގެ މަސައްކަތުގެ 75 އިންސައްތަ ނިންމަވާ އެކަމަށް ބޭނުންވި ފައިސާގެ ބޮޑުބައި ހޯއްދެވީތީ ރައީސް ސާލިހަށް ހައްޤު ޝުކުރު އަދާކުރަންޖެހެއެވެ.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 11 ޖުލައި 2025 | ހުކުރު 17:49
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓް ރަސްމީކޮށް ހުޅުވުން ޖުލައި 26، 2025 ވަނަ ދުވަހަށް ތާވަލްކޮށްފައިވާއިރު، މިޓަރމިނަލްގެ މަސައްކަތްތައް ކުރިއަށްގެންދިޔަ ގޮތާއި ގުޅޭގޮތުން ސޯޝަލް މީޑިޔާގައި ބަހުސްތަކެއް ކުރެވެން ފަށައިފިއެވެ. އެއްބަޔަކު ބުނަނީ މިކަމުގެ އެންމެ ހައްގު ޝުކުރެއް އަދާކުރަން ޖެހެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކަމަށެއެވެ. އަނެއް ބަޔަކު ބުނަމުންދަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްއަށެއެވެ. އަދި ދެންތިބި މީހުން ބުނަމުންދަނީ ހަޤީޤީ ބާނީއަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެއެވެ.

ކޮންމެއަކަސް، އަދި ކޮންމެ ވެރިއަކު ކޮށްދިންކަމެއް ކަމުގައި ވިޔަސް ރަނގަޅު ކަމެއް ކޮށްދީފިނަމަ އެކަމެއް ވާނީ ރަނގަޅު ކަމަކަށެއެވެ. ނަމަވެސް ހަޤީގަތް އޮޅުވާނުލައްވާށެއެވެ. މެޑަލް ޖައްސަވަން ނޫޅުއްވާށެއެވެ. މިކަމުގެ ފޮނި މީރުކަން ރައީސް މުއިއްޒުގެ ސަރުކާރުން ނަގަން މަސައްކަތް ކުރި ކަމުގައިވިޔަސް އެއީ ހަޤީގަތެއް ނޫނެއެވެ. ހާގީގީ މޭސްތިރިންނަކީ ކުރީގެ ރައީސް ޔާމީންއާއި، ކުރީގެ ރައީސް ސާލިހްއެވެ.

ރައީސް ސާލިހް ވެރިކަމަށް ވަޑައިގެންނެވިއިރު ހަމައެކަނި އަޅާފައިވަނީ ޓާމިނަލްގެ ބިންގާއެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ޓާމިނަލްގެ މަސައްކަތަށް ވަނީ ބޮޑު ބަދަލެއް ގެންނަވާފައެވެ. މިއަދު އެފެންނަ ޓާމިނަލްއަކީ އެގެންނެވި ބަދަލުގެ ރީތިކަމެވެ. އަދި 2023 ވަނަ އަހަރު ނިމުނުއިރު 80 އިންސައްތައް މަސައްކަތްވަނީ ނިމިފައެވެ.

ރައީސް ސާލިހްގެ ވެރިކަމުގައި ޓާމިނަލްގެ މަސައްކަތް ނިންމަން ބޭނުންވާ ފައިސާ ވަނީ ހޯއްދަވާފައެވެ. އަދި 2025 ވަނަ އަހަރު ޖޫން މަހަށް ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިމޭނެކަން އޭރު ވަނީ އިއުލާންކުރައްވާފައެވެ. އަދި ޓާމިނަލްގެ މަސައްކަތުގެ 75 އިންސައްތަ ނިންމަވާ އެކަމަށް ބޭނުންވި ފައިސާގެ ބޮޑުބައި ހޯއްދެވީތީ ރައީސް ސާލިހަށް ހައްޤު ޝުކުރު އަދާކުރަންޖެހެއެވެ.

އަދި އެމަސައްކަތް ފައްޓަވަން، ބޭނުންވި ފައިސާގެ ގިނަ އަދަދެއް ހޯއްދެވީ ރައީސް ޔާމިންއެވެ. އެމަނިކުފާނަށްވެސް މިޝުކުރު ފަށްފަށްކޮށްލަމެވެ. ކޮންމެއަކަސް މިހާރުގެ ރައީސް މުއިއްޒުގެ ސަރުކާރުން މިޓާރމިނަލް ހަގީގަތަކަށް ހެދުމަށްޓަކައި ކުރި ހަމައެކަނި ކަމަކީ މަޝްރޫއު ހުއްޓާނުލާ ކުރިއަށް ގެންދިޔަ ކަމެއެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފައްޓާފައިވާ ގިނަ މަޝްރޫއުތައް ހުއްޓާލި އިރު މިމަސައްކަތް ހުއްޓާނުލާ ކުރިއަށްގެންގޮސް، ޓާމިނަލްގެ ބާކީ މަސައްކަތުގެ ބޮޑު ބައި ފުރިހަމަ ކުރައްވާ، ހުޅުއްވާދެއްވާކަމަށްޓަކައި ރައީސް މުއިއްޒުއަށްވެސް މިއަދު ޝުކުރު ހައްގުވެއެވެ. ހުއްޓުވުން ޖެހޭ ސަބަބެއްވެސް ނެތްތާއެވެ. މަޝްރޫގެ މަސައްކަތަށް ބޭނުންވާ ހުރިހާ ފާއިސާއެއްވަނީ ކުރީގެ ސަރުކާރުން ހަމަޖައްސާފައެވެ. މިސަރުކާރަށް ކުރަން ޖެހުނު ކަމަކީ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް އެއަޕޯޓް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުމެއެވެ. ނަމަވެސް މިކަންވެސް ރަނޅަށް ކުރެވެއެކޭ ބުނެވޭކަށް ނެތެއެވެ. އެއަޕރޯޓް ހުޅުވުމާއި ގާތްވެފައިވަނިކޮށް އަޑު އިވެނީ އެއަޕޯޓްގެ ވީއައިޕީ ޓާރނިމަލް ތަރައްޤީ ކުރަން ބޭރުގެ ކުންފުންޏަކަށް ދޭން އުޅޭ ވާހަކައެވެ. އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުވެސް ބޭރުގެ ބަޔަކަށްދޭން އުޅޭ ވާހަކައެވެ. މުޅިއަކުން މިވެރިންގެ ޕްލޭންއެއް ސާފެއްނުވެއެވެ. ދިވެހިންގެ އެއަރޕޯޓް ޖީއެމްއާރްއަށް ވިއްކާލިކަމަށް ބުނެ، ކުރިން އަޑު އުފުލި މީހުން މިއަދު ކަންކުރަން މިއުޅެނީ ކޮންގޮތަކަށްބާވައޭ ހިތައް އަރައެވެ.

26 ޖުލައިގައި ޓާމިނަލްގެ އެއްބައި ހުޅުވަން ނިންމާފައިވާކަމީ ކޮންމެ ރައްޔިތަކުވެސް އުފާކުރަންޖެހޭކަމެކެވެ. މިއީ ރާއްޖޭގެ މައި ދޮރާށިއެވެ. ޓުއަރިޒަމްއަށް ފައްކާވެފައިވާ ދިވެހިރާއްޖޭގެ މަލަމަތިއެވެ. މިމަލަމަތި ރީތިވީމާ ކޮންމެ ދިވެހިރައްޔިތަކުވެސް އުފާކުރާނެއެވެ. އެކަމަކުވެސް ހަގީގަތާއި އެކީ ކުރިއަށްދާން އެބަޖެހެއެވެ. ރައްޔިތުންނަށްޓަކައި، ނުވަތަ ރާއްޖޭގެ ތަރައްޤީއަށްޓަކައި އެއް ވެރިއަކު ފައްޓަވާފައިވާ، މަސައްކަތެއް އަނެއް ވެރިއަކުވެސް ނިންމަވާލަ ދެއްވަން ޖެހިވަޑައިގަންނަވާނެއެވެ. އެކަމަކު ރަނގަޅު ގޮތަކީ އެކަމުގެ ކްރެޑިޑް ނުނެންގެވުމެއެވެ. ޝުކުރު ހައްގުވާ ފަރާތްތަކަށް ސަރުކާރުންވެސް ޝުކުރު އަދާކުރެއްވުމެވެ.

ކޮންމެއަކަސް ވީއައިއޭގެ އައު ޓާމިނަލްގެ މަސައްކަތް ނިމި ހުޅުވަން ގާތްވެފައިވަނިކޮށް، ހަގީގީ ޝުކުރު އޮތީ ކޮންބޭފުޅަކަށްތޯ އުފެދެމުންދާ ސުވާލުގައި ބައެއް މީހުން ބުނަނީ ޓާމިނަލްގެ ހަގީގީ ބާނީއަކީ ރައީސް ސާލިހު ކަމަށެއެވެ. މިކަމުގައި އަޅުގަނޑަށްވެސް ބުރަވެވެނީ ހަމަ މިގޮތަށެއެވެ.

މިކަމުގައި ތިބޭފުޅުންގެ ތަރުތީބަކީ ކޮބައިތޯއެވެ.؟

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުރައީސް މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ގައި ފްލައިދުބާއީ ގެ ބޯޓެއް އެކްސިޑެންޓް ވެ ބޯޓަށް ގެއްލުން ވެއްޖެ

05 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު