Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑު

މެގުއާ ހޯދުމުގައި ވެސްޓް ހޭމަށް ޔުނައިޓެޑާއެކު އެއްބަސްވުމަކަށް އާދެވިއްޖެ

ދެ ވަނަ ފަހަރަށް މެގުއާ ހޯދުމަށް އެދި ވެސްޓް ހޭމުން ފޮނުވާފައި ވަނީ 30 މިލިއަން ޕައުންޑުގެ ބިޑެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 އޯގަސްޓު 2023 | ބުރާސްފަތި 05:09
ޔުނައިޓެޑަށް ކުޅެމުން އަންނަ އެ ޓީމުގެ ކުރީގެ ކެޕްޓަން ހެރީ މެގުއާ

ޔުނައިޓެޑަށް ކުޅެމުން އަންނަ އެ ޓީމުގެ ކުރީގެ ކެޕްޓަން ހެރީ މެގުއާ

މެންޗެސްޓަރ ޔުނައިޓެޑުގެ ޑިފެންޑަރު އަދި ކުރީގެ ކެޕްޓަން ހެރީ މެގުއާ ހޯދުމުގައި ވެސްޓް ހޭމް ޔުނައިޓެޑަށް އެ ކުލަބާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް މީޑިއާ ތަކުން ބުނެފި އެވެ.

މެގުއާ ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް ވެސްޓް ހޭމުން އެންމެ ފުރަތަމަ ފޮނުވި ބިޑު ޔުނައިޓެޑުން ވަނީ ރިޖެކްޓު ކޮށްފަ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ދެ ވަނަ ފަހަރަށް މެގުއާ ހޯދުމަށް އެދި ވެސްޓް ހޭމުން ފޮނުވާފައި ވަނީ 30 މިލިއަން ޕައުންޑުގެ ބިޑެކެވެ. އެންމެ ފުރަތަމަ ވެސްޓް ހޭމުން ހުށަހެޅި އަގަށްވުރެ މި އަގު ރަނގަޅުވުމުން، މެގުއާ ދޫކޮށްލުމަށް ޔުނައިޓެޑުން މިހާރު އެއްބަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން ވެސްޓް ހޭމުން ދެން ކުރިއަށް ދާނީ މެގުއާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ލެއިސްޓަރ ސިޓީ ދޫކޮށް އުމުރުން 30 އަހަރުގެ ކުޅުންތެރިޔާ ޔުނައިޓެޑަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އެފަހަރު ޔުނައިޓެޑުން އޭނާގެ ސޮއި ހޯދީ ދުނިޔޭގެ އެންމެ އަގު ބޮޑު ޑިފެންޑަރުގެ ގޮތުގަ އެވެ. ޔުނައިޓެޑާއެކު އޭރު މެގުއާ ސޮއި ކުރީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވާ އޭނާ ދޫކޮށްލަން ޔުނައިޓެޑުން އެއްބަސްވީއިރު، މެގުއާގެ ފަރާތުން މިހާތަނަށް ޔުނައިޓެޑުގައި ފެނުނީ ވެސް ދަށް ކުޅުމެކެވެ. އައު ސީޒަނަށް ތައްޔާރުވަމުން އަންނަ ޔުނައިޓެޑުން ވަނީ މެގުއާގެ ބަދަލުގައި ކެޕްޓަންކަމަށް ބްރޫނޯ ފެނާންޑޭސް ހަމަޖައްސައިފަ އެވެ.

ޔުނައިޓެޑަށް މިހާތަނަށް ކުޅެދިން 175 މެޗުގައި މެގުއާ ވަނީ ހަތް ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ކަރަބޯ ކަޕެއް ކާމިޔާބުކޮށްފަ އެވެ. ޔުނައިޓެޑުގެ ކޯޗުކަމާ އެރިކް ޓެން ހާގް ހަވާލުވި ފަހުން މެގުއާ އަށް ފުރަތަމަ 11 އިން ފުރުސަތު ދެނީ މަދު މެޗުތަކެއްގަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްވެސްޓް ހޭމްހެރީ މެގުއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު