Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ވެސްޓް ހޭމް ބަލިކޮށް، އާސެނަލް އެއް ވަނަ އަށް

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ ލީގުގައި އެންމެ ފަހުން އާސެނަލް ކުޅުނު ދެ މެޗަކީ ވެސް އެ ޓީމަށް ވަރަށް ޚާއްސަ ދެ މެޗު ކަމަށެވެ. އެގޮތުން ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗާއި، ވެސްޓް ހޭމްއާ ދެކޮޅަށް ކުޅުނު މެޗަކީ ޚާއްސަ ދެ މެޗު ކަމަށް އޭނާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 އޮކްޓޯބަރު 2025 | އާދީއްތަ 04:22
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން ލީގު ތާވަލްގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން އެއް ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވަނީ އަނެއް ލަނޑު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި އާސެނަލް އަށް ލީޑު ނަގައިދިނީ ޑެކްލަން ރައިސް އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި އާސެނަލް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ ބުކަޔޯ ސަކާ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ ލީގުގައި އެންމެ ފަހުން އާސެނަލް ކުޅުނު ދެ މެޗަކީ ވެސް އެ ޓީމަށް ވަރަށް ޚާއްސަ ދެ މެޗު ކަމަށެވެ. އެގޮތުން ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗާއި، ވެސްޓް ހޭމްއާ ދެކޮޅަށް ކުޅުނު މެޗަކީ ޚާއްސަ ދެ މެޗު ކަމަށް އޭނާ ބުންޏެވެ.

އާޓެޓާ ބުނީ އާސެނަލް އިން ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށާއި، ކުޅުންތެރިން ރަނގަޅަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ޚާއްސަކޮށް ބައި ކޮޅަށް ލަނޑެއް ނުވަދެ، މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުމަށް ފަހު، ވެސްޓް ހޭމް އަތުން މޮޅުވުމަކީ ހިތްހަމަ ޖެހުމެއް ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. އެހެންކަމުން ބައިނަލްއަޤުވާމީ ބްރޭކަށް ދާއިރު، ޓީމަށް ރަނގަޅު ހިތްވަރެއް އޮތް ކަމަށް އާޓެޓާ ފާހަގަ ކުރި އެވެ.

އިތުރަށް އާޓެޓާ ބުނެފައި ވަނީ ބްރޭކަށް ފަހު ދެން އެނބުރި އައިސް އާސެނަލް ކުޅެން އޮތީ ވެސް ވަރުގަދަ މެޗުތަކެއް ކަމަށާއި، އެހެން ނަމަވެސް ޓީމުގައި ހިތްވަރު ހުންނާނެ ކަމަށް ޤަބޫލު ކުރާ ކަމަށެވެ. އޭނާ ބުނީ އާސެނަލްގެ ބައެއް ކުޅުންތެރިން ކޮންމެ ވެސް ވަރެއްގެ އަނިޔާއެއްގައި ތިބިއިރު، އެ ހުރިހާ ކަމަކާ އެކު ކުރިއަށް ދިޔުމަކީ އެ ޓީމަށް އޮތް ޗެލެންޖެއް ކަމަށެވެ. އެހެން ނަމަވެސް، އެކަންކަމާ އާސެނަލް އިން ފުރިހަމަ އަށް ކުރިމަތިލާނެ ކަމަށް އާޓެޓާ ބުންޏެވެ.

ލީގުގައި މިހާތަނަށް ކުޅެފައިވާ ހަތް މެޗުގެ ތެރެއިން އާސެނަލް މޮޅުވެފައި ވަނީ ފަސް މެޗުންނެވެ. އެއް މެޗުން އެއްވަރުވެފައިވާއިރު، އަނެއް މެޗުން ވަނީ ބަލިވެފަ އެވެ. އެއް ވަނައިގައި އާސެނަލް އޮތީ ހަތް މެޗުން 16 ޕޮއިންޓާ އެކު އެވެ. ބްރޭކަށް ފަހު ދެން އާސެނަލް އަށް އޮންނާނީ ފުލަމްއާ ދެކޮޅަށް ކުޅޭ މެޗެވެ.

އާސެނަލްއިނގިރޭސި ޕްރިމިއަރ ލީގުވެސްޓް ހޭމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

27 ފެބުރުއަރީ
ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!
20251 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ރަޝިއާ ސަފީރުގެ ބަހުގެ ހޫނު ހަމަލާ އެއް!

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
20242 އަހަރު ކުރިން
ރާއްޖެ

ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

އެމްޑަބްލިއުއެސްސީގެ 'މަލަސް ރެސިޑެންސް' ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން
20224 އަހަރު ކުރިން
ދުނިޔެ

ބޮލްސޮނާރޯ ޔޫކްރެއިން އަށް - ތިހެންތިވީ ގައުމުގެ ހުންގާނު ހެއްވާ މަޖާ ރޯލު ކުޅޭ އެކްޓަރަކާއި ހަވާލުކުރުމުން

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
20215 އަހަރު ކުރިން
ރާއްޖެ

ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް
20197 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިރާއްޖޭގެ ޕްރައިމަރީ ގްރޭޑްތަކުގައި މީޑިއަމް އޮފް އިންސްޓްރަކްޝަންގެ ގޮތުގައި ބޭނުންކުރަން އެންމެ ރަނގަޅީ ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް
20188 އަހަރު ކުރިން
ދިވެހި ބަސް

ތާނަ ލިޔުމުގައި ސުކުން ކުރެވޭ ހަމަތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު