Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިބްރާހިމް ދީދީގެ މައްސަލަ

އިބްރާހީމް މުހައްމަދު ދީދީގެ ޝަރީއަތްވެސް ފެށުމަށް މާދަމާއަށް މައްސަލަ ތާވަލް ކޮށްފި

16 ޖުލައި 2017 | އާދީއްތަ 15:57

ތާވަލް ކޮށްފައިވަނީ މާދަމާ މެނދުރު 2:30އަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 16 ޖުލައި 2017 | އާދީއްތަ 15:57
އިބްރާހީމް މުހައްމަދު ދީދީ: މިއީ ސިޔާސީ ދައުވާއެއް

އިބްރާހީމް މުހައްމަދު ދީދީ: މިއީ ސިޔާސީ ދައުވާއެއް

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ ޝަރީޢަތް ފެށުންވެސް ހޯމަ ދުވަހަށް ތާވަލް ކޮށްފިއެވެ.

ހޯމަ ދުވަހުގެ މެންދުރު 2:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އިބްރާހީމް ދީދީއަށް ޗިޓް ފޮނުވާފައިވަނީ އެބޭފުޅާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ލިޔެކިޔުންތައް ދޫކުރުމަށެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް ކުރަން އުޅުނު ދައުވާ އަނބުރާ ގެންދިއުމަށްފަހު، އަލުން އެ ދައުވާ އުފުލުމަށް ދައުލަތުން ވަނީ ނިންމާފައެވެ. އަބްދުﷲ ގާޒީ ހައްޔަރު ކުރިއިރު އިބްރާހީމް ދީދީ ހުންނެވީ، އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކޮމާންޑަރުކަމުގެ މަޤާމުގައެވެ.

ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކޮށްފައިވާ ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައިވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ކަމަށްބުނެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ޕީޖީ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

އެ މައްސަލަ އަނބުރާ ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެހެން ކަމުން އެ ދައުވާ އިބްރާހިމް ދީދީގެ މައްޗަށް އަލުން ކުރީ، 15 މަސް ދުވަހަށް ފަހުއެވެ.

ޕީޖީ އޮފީހުން 25 ޖޫން 2015 ގައި ވަނީ އިބްރާހިމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ނުކުރާނެ ކަމަށް ބުނެ އެކަން އޭނާއަށް އަންގާފައެވެ. އެހެން ނަމަވެސް، އަނެއްކާވެސް އެ މައްސަލަ ބެލުމަށް ނިންމީ ޕީޖީއަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް އެ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން އިބްރާހިމް ދީދީގެ މައްޗަށް އަލުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު ހައިކޯޓުން ކޮށްފައިވާ ހުކުމެއްގައި ބުނެފައިވަނީ ޕީޖީ އޮފީހުގެ ފަރާތުން މައްސަލައެއްގައި މުރާޖައާ ކުރުމަށް ނުވަތަ ދިރާސާކުރުމަށް ނޫން ގޮތަކަށް މައްސަލަ އަނބުރާ ގެންގޮސްފި ނަމަ އެ މައްސަލައެއްގައި ދެން އަލުން ދައުވާ ނުކުރެވޭނެ ކަމަށެވެ. އަދި މީހެއްގެ މައްޗަށް ދައުވާ ކުރެވޭ މައްސަލައެއްގައި ދައުވާ ނުކުރާނެކަން އެމީހަކަށް ޕީޖީ އޮފީހުން އަންގާފައި ވާނަމަވެސް އެފަދަ މައްސަލައެއްގައިވެސް ދައުވާ ނުކުރެވޭނެކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ. ހައިކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ 2012 ވަނަ އަހަރު ހައިކޯޓުން ކޮށްފައިވާ ހުކުމެއްގައެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރިކަމަށް ބުނާ މައްސަލައިގައި މީގެ ކުރިން ފަސް ބޭފުޅެއްގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ ދައުލަތުން އުފުލާފައިވެއެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ޓެރެރިޒަމްގެ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި 13 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ. އަދި އޭރުގެ ރައީސް ނަޝީދު ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި 10 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން އިބްރާހިމް ދީދީ ވިދާޅުވީ، މިއީ ރައީސް ޔާމީން ސީދާ ސިޔާސީ ކަމެއްގައި ބަލަން ނިންމި މައްސަލައެއް ކަމަށާއި އަދި މިކަމަކީ މަޖިލީހުގެ ތެރެއިން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް މަސައްކަތް ކުރަމުންދާ ދުވަސްވަރެއްގައި އެކަން ހުއްޓުވުމަށް ކުރެއްވި ކަމަށެވެ.

ދީދީ ވިދާޅުވީ މި ދައުވާއަކީ ހައިކޯޓުގެ ހުކުމާ ހިލާފަށް ޕީޖީ އޮފީހުން ކޮށްފައިވާ ދައުވާއެއް ކަމަށެވެ.

އަދި ދަން ޖެއްސިއަސް ރައްޔިތުންގެ މަޖިލީހަށް ހޮވައިދިން ރައްޔިތުންނަށް ހަރާންކޯރު ނުވާނެކަމަށް އިބްރާހިމް މުހައްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

ރައީސް ޔާމީނަށް އިސްލާހު ކުރަންޖެހޭ ކަމެއް ނޭންގި ރައްޔިތުންނާއި ސުވާލު ކުރުމުން ހައިރާންވޭ: މެންބަރު ހުސައިން މުހައްމަދު

30 އެޕްރީލު 2017
ރައީސް ޔާމީނަށް އިސްލާހު ކުރަންޖެހޭ ކަމެއް ނޭންގި ރައްޔިތުންނާއި ސުވާލު ކުރުމުން ހައިރާންވޭ: މެންބަރު ހުސައިން މުހައްމަދު
13 އެޕްރީލު 2017

ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ލަންކާ އަށް ވަޑައިގެންފި

13 އެޕްރީލު 2017
ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ލަންކާ އަށް ވަޑައިގެންފި
06 އެޕްރީލު 2017

ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި

06 އެޕްރީލު 2017
ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި
20 ފެބުރުއަރީ 2017

ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ

20 ފެބުރުއަރީ 2017
ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ
20 ފެބުރުއަރީ 2017

އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި

20 ފެބުރުއަރީ 2017
އިބްރާހީމް ޝަހީޤް ސީއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި
16 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި
02 ފެބުރުއަރީ 2017

ތަރިކަ: އައްނަބީލް އިބްރާހީމް ހަބީބް

02 ފެބުރުއަރީ 2017
ތަރިކަ: އައްނަބީލް އިބްރާހީމް ހަބީބް
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް