Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ހިލާލް

ފެލިކްސް ހޯދުމަށް އަލް ހިލާލުން ކުރި ބިިޑު އެތުލެޓިކޯ އިން ރިޖެކްޓު ކޮށްފި

އެތުލެޓިކޯ އިން ހަމައެކަނި ބޭނުންވަނީ ދާއިމީ އެއްބަސްވުމެއްގެ ދަށުން އޭނާ ދޫކޮށްލުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 އޯގަސްޓު 2023 | ބުދަ 06:29
އެތުލެޓިކޯ އަށް ކުޅެމުން އަންނަ ޔާއޯ ފެލިކްސް

އެތުލެޓިކޯ އަށް ކުޅެމުން އަންނަ ޔާއޯ ފެލިކްސް

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޔާއޯ ފެލިކްސް ހޯދުމަށް ސައުދީ ޕްރޯ ލީގުގެ އަލް ހިލާލުން ކުރި ބިޑު އެ ކުލަބުން ރިޖެކްޓު ކޮށްފި އެވެ.

ފެލިކްސް ހޯދުމަށް އަލް ހިލާލުން އެތުލެޓިކޯ އަށް ފޮނުވި ރަސްމީ ބިޑަކީ، ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ހޯދުމަށް ކުރި ބިޑެކެވެ. އަލް ހިލާލުން ހުށަހެޅީ އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ހޯދުމަށެވެ. ނަމަވެސް ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ދޫކޮށްލުމަށް އެތުލެޓިކޯ އިން ބޭނުމެއް ނުވެ އެވެ. އެތުލެޓިކޯ އިން ހަމައެކަނި ބޭނުންވަނީ ދާއިމީ އެއްބަސްވުމެއްގެ ދަށުން އޭނާ ދޫކޮށްލުމަށެވެ. އެހެންކަމުން އަލް ހިލާލުން އަންނަނީ އިތުރަށް ފެލިކްސް ހޯދުމުގެ ކަންތަކާ ކުލަބުގައި މަޝްވަރާ ކުރަމުން ކަމަށް މީޑިއާ ތަކުން ބުނެ އެވެ. ފެލިކްސް ގެނައުމަށް އެންމެ ބޮޑަށް ބޭނުން ވަނީ އަލް ހިލާލްގެ ކޯޗަކަށް މަސައްކަތް ކުރަމުން އަންނަ ޕޯޗުގަލްގެ ޖޯޖް ޖީސަސް އެވެ.

ސައުދީ ލީގަށް ބަދަލުނުވެ، ފެލިކްސްގެ ވިސްނުން ހުރީ ޔޫރަޕުގައި ކުޅެން ކަމަށް ބުނެފައިވެ އެވެ. ޚާއްސަކޮށް އޭނާގެ ޝައުޤުވެރިކަން ސްޕެއިންގެ ބާސެލޯނާ އަށް އޮންނަ ކަމަށް މީޑިއާ ތަކުން ބުނެ އެވެ. މިހާތަނަށް އައިއިރު ޔަގީންވާ ކަމަކީ، އެތުލެޓިކޯގައި ހުންނަން ފެލިކްސް ބޭނުންނުވާ ކަމެވެ.

ފެލިކްސް އެންމެ ފަހުން ކުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީ އަށެވެ. ނަމަވެސް ޗެލްސީގެ އައު ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ ލިސްޓުގައި ފެލިކްސް ނުހިމެނޭތީ، އެ ކުލަބުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. އެހެންކަމުން ފެލިކްސް ވަނީ އަނބުރާ އެތުލެޓިކޯ މެޑްރިޑަށް ގޮސްފަ އެވެ. އެތުލެޓިކޯ އަށް މިހާތަނަށް ކުޅެދިން 131 މެޗުގައި ފެލިކްސް ވަނީ 34 ލަނޑު ޖަހައިފަ އެވެ. 2019 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ ޕޯޗުގަލް ޤައުމީ ޓީމުގައި ވެސް ހިމެނިގެން ކުޅެމުންނެވެ.

އެތުލެޓިކޯ މެޑްރިޑްއަލް ހިލާލްޔާއޯ ފެލިކްސް

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
28 ސެޕްޓެމްބަރު 2025

އަލްވަރޭޒްގެ ދެ ލަނޑާ އެކު އެތުލެޓިކޯ އިން ރެއާލް ލަދު ގަންނަވާލައިފި

28 ސެޕްޓެމްބަރު 2025
އަލްވަރޭޒްގެ ދެ ލަނޑާ އެކު އެތުލެޓިކޯ އިން ރެއާލް ލަދު ގަންނަވާލައިފި
18 ސެޕްޓެމްބަރު 2025

ފަހު ވަގުތު އެތުލެޓިކޯ އަތުން ލިވަޕޫލް މޮޅުވެއްޖެ

18 ސެޕްޓެމްބަރު 2025
ފަހު ވަގުތު އެތުލެޓިކޯ އަތުން ލިވަޕޫލް މޮޅުވެއްޖެ
06 އޯގަސްޓު 2025

ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް

06 އޯގަސްޓު 2025
ނޫނޭޒް ހޯދުމުގައި އަލް ޙިލާލް އިން ލިވަޕޫލާ އެކު އެއްބަސްވުމަކަށް
09 ޖުލައި 2025

މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ

09 ޖުލައި 2025
މެސީ ހޯދުމަށް އަލް ޙިލާލް އިން މަސައްކަތް ކުރަނީ
01 ޖުލައި 2025

އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި

01 ޖުލައި 2025
އަލް ޙިލާާލް އަތް ދަށުގެ ސިޓީ ކަޓައިފި
26 ފެބުރުއަރީ 2025

ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އެތުލެޓިކޯ އެއްވަރު

26 ފެބުރުއަރީ 2025
ފުރަތަމަ ލެގުގައި ބާސެލޯނާ އާއި އެތުލެޓިކޯ އެއްވަރު
05 ފެބުރުއަރީ 2025

ގެޓާފޭ ބަލިކޮށް، އެތުލެޓިކޯ ސެމީ ފައިނަލަށް

05 ފެބުރުއަރީ 2025
ގެޓާފޭ ބަލިކޮށް، އެތުލެޓިކޯ ސެމީ ފައިނަލަށް
02 ފެބުރުއަރީ 2025

އެތުލެޓިކޯ އިން މަޔޯކާ ބަލިކޮށްފި

02 ފެބުރުއަރީ 2025
އެތުލެޓިކޯ އިން މަޔޯކާ ބަލިކޮށްފި
28 ޖެނުއަރީ 2025

އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި

28 ޖެނުއަރީ 2025
އޮބާމަޔަންގެ ދެ ލަނޑާ އެކު، ޤަދްޞިއްޔާ އިން އަލް ޙިލާލް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު