Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ނަސްރު

އެހެން ކުލަބަކަށް ބަދަލުވާން އުޅޭ ވާހަކަތަކަށް ޓަލިސްކާ ރައްދު ދީފި

އަލް ނަސްރުގައި އޭނާ ހުރީ ނުހަނު ހިތްހަމަ ޖެހިގެން، ދާދި ފަހުން އިތުރު ތިން އަހަރަށް އެއްބަސްވުން އައު ކުރީ ވެސް އެ ސަބަބާ ހުރެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އޯގަސްޓު 2023 | އަންގާރަ 02:56
އަލް ނަސްރަށް ކުޅެމުން އަންނަ ބްރެޒިލްގެ ޓަލިސްކާ އަދި ރޮނާލްޑޯ އެކުގައި

އަލް ނަސްރަށް ކުޅެމުން އަންނަ ބްރެޒިލްގެ ޓަލިސްކާ އަދި ރޮނާލްޑޯ އެކުގައި

ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ބްރެޒިލްގެ އެންޑަސަން ޓަލިސްކާ އެހެން ކުލަބަކަށް ބަދަލުވާން އުޅޭ ވާހަކަ އޭނާ ދޮގު ކޮށްފި އެވެ.

ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ އަންނަނީ އެހެން ކުލަބަކަށް ބަދަލުވާން މަސައްކަތް ކުރަމުންނެވެ. އެގޮތުން އެހެން ކުލަބަކާއެކު އޭނާ މަޝްވަރާ ކުރަމުން ދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެ ވާހަކަތަކަށް ރައްދު ދެމުން ޓަލިސްކާ ބުނީ، އޭނާއާ ގުޅުވައިގެން ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ހަމައެއާއެކު، އަލް ނަސްރު ދޫކޮށް އެހެން އެއްވެސް ކުލަބަކަށް ބަދަލުވާން ނޫޅޭ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އިތުރަށް ޓަލިސްކާ ބުނީ، އަލް ނަސްރުގައި އޭނާ ހުރީ ނުހަނު ހިތްހަމަ ޖެހިގެން ކަމަށާއި، ދާދި ފަހުން އިތުރު ތިން އަހަރަށް އެއްބަސްވުން އައު ކުރީ ވެސް އެ ސަބަބާ ހުރެ ކަމަށް އޭނާ ބުންޏެވެ.

ޓަލިސްކާ އަލް ނަސްރަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އޭރު އޭނާ އަލް ނަސްރަށް ބަދަލުވީ 9.5 މިލިއަން ޑޮލަރަށެވެ. އޭގެ ފަހުން އެ ކުލަބުގައި އޭނާ ދައްކަމުން އަންނަ ކުޅުމާމެދު ކުލަބުން ވެސް ހިތްހަމަ ޖެހެ އެވެ. މިއަހަރުގެ އޭޕްރީލް މަހު އަލް ނަސްރުން ވަނީ ޓަލިސްކާގެ އެއްބަސްވުން އައު ކޮށްފަ އެވެ. މިހާރު އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޓަލިސްކާ ވަނީ މިހާތަނަށް އަލް ނަސްރަށް 64 މެޗު ކުޅެދީ 44 ލަނޑު ޖަހައިފަ އެވެ.

އައްނަސްރުއެންޑަސަން ޓަލިސްކާ

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
27 ސެޕްޓެމްބަރު 2025

އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް

27 ސެޕްޓެމްބަރު 2025
އަލް އިއްތިހާދު ބަލިކޮށް، އަލް ނަޞްރު އެއް ވަނަ އަށް
20 އޯގަސްޓު 2025

ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި

20 އޯގަސްޓު 2025
ސައުދީ ސުޕަ ކަޕްގެ ފައިނަލްގެ ޖާގަ އަލް ނަޞްރު އިން ހޯދައިފި
28 ޖޫން 2025

އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

28 ޖޫން 2025
އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު