Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

ބެންފީކާ ދޫކޮށް ގޮންޒާލޯ ރާމޯސް ޕީއެސްޖީ އަށް ބަދަލުވަނީ

ރާމޯސް ހޯދުމަށް ޕީއެސްޖީން ގާތްގަނޑަކަށް ޖުމުލަ 80 މިލިއަން ޔޫރޯ ޚަރަދު ކުރާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 އޯގަސްޓު 2023 | ބުރާސްފަތި 04:38
ބެންފީކާ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ގޮންޒާލޯ ރާމޯސް

ބެންފީކާ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ގޮންޒާލޯ ރާމޯސް

ބެންފީކާ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވާޑް ގޮންޒާލޯ ރާމޯސް، އެ ކުލަބު ދޫކޮށް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވާން ނިންމައިފި އެވެ.

އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ މިހާރު ވަނީ ޕީއެސްޖީ އަށް ބަދަލުވާން އެއްބަސްވެފަ އެވެ. ޕީއެސްޖީ އަށް އޭނާ ބަދަލުވާނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން އެ ކުލަބާއެކު އޭނާ ސޮއި ކުރާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ރާމޯސް ހޯދުމަށް ޕީއެސްޖީން ގާތްގަނޑަކަށް ޖުމުލަ 80 މިލިއަން ޔޫރޯ ޚަރަދު ކުރާނެ އެވެ. ޕީއެސްޖީން މިހާރު އަންނަނީ ބެންފީކާ އާއެކު އެންމެ ފަހުގެ މަޝްވަރާތައް ކުރަމުން ކަމަށާއި، މިހަފްތާގެ ތެރޭގައި ހުރިހާ ކަމެއް މުޅިންހެން ފައިނަލް ވާނެ ކަމަށް ފްރާންސްގެ މީޑިއާތަކުން ބުނެ އެވެ.

ރާމޯސް އޭނާގެ ސީނިއާ ކެރިއަރު ފެށީ ވެސް ބެންފީކާ އިންނެވެ. އެ ކުލަބަށް މިހާތަނަށް ކުޅެދިން 143 މެޗުގައި އޭނާ ވަނީ 57 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ އެއް ތަށި ކާމިޔާބުކޮށްފަ އެވެ. ރާމޯސް އަށް ޕޯޗުގަލް ޤައުމީ ޓީމުން އެންމެ ފުރަތަމަ ޖާގަ ލިބުނީ 2022 ވަނަ އަހަރު އެވެ. އެއީ ރަފާ ސިލްވާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމުމާއެކު އެވެ. އޭގެ ފަހުން މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށް ޕޯޗުގަލް އިން އެކުލަވާލި ސްކޮޑުގައި ރާމޯސް ވަނީ ހިމަނައިފަ އެވެ. މިފަހުން އޭނާ ވިދާލީ ވެސް އެ މުބާރާތުންނެވެ.

މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ޕޯޗުގަލް އިން ސްވިޒަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އޭރުގެ ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ރާމޯސް އަށް ފުރަތަމަ 11 އިން ޖާގަ ދީފަ އެވެ. އެ މެޗުގައި ރާމޯސް ވަނީ ތިން ލަނޑު ޖަހައި، ހެޓްރިކް ހަމަކޮށްފަ އެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު