Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ މިއާމީ

މެސީގެ ދެ ލަނޑާއެކު މިއާމީން އޯލަންޑޯ ސިޓީގެ މައްޗަށް ކުރި ހޯދައިފި

އެމެރިކާ ލީގްސް ކަޕްގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގައި މިއާމީން އޯލަންޑް ސިޓީގެ މައްޗަށް ކުރި ހޯދީ 3-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 އޯގަސްޓު 2023 | ބުރާސްފަތި 03:52
މެޗުގައި ލަނޑު ޖެހުމަށްފަހު، މެސީ މިއާމީގެ ކުޅުންތެރިންނާއެކު އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު، މެސީ މިއާމީގެ ކުޅުންތެރިންނާއެކު އުފާ ފާޅުކުރަނީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ދެ ލަނޑާއެކު އިންޓަ މިއާމީން އޯލަންޑޯ ސިޓީ ބަލިކޮށްފި އެވެ.

އެމެރިކާ ލީގްސް ކަޕްގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގައި މިއާމީން އޯލަންޑޯ ސިޓީގެ މައްޗަށް ކުރި ހޯދީ 3-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ މިއާމީންނެވެ. މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ މެސީ އެވެ. ނަމަވެސް އޭގެ ފަހުން މެޗުގެ 17 ވަނަ މިނެޓުގައި އޯލަންޑޯ ސިޓީން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސެސާ އަރައުހޯ އެވެ. ދެ ވަނަ ފަހަރަށް އިންޓަ މިއާމީން މެޗުގައި ލީޑު ނެގީ ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ލީޑު ނަގައިދިނީ ޖޯސެފް މާޓިނޭޒް އެވެ. މިއާމީގެ ތިން ވަނަ ލަނޑު ޖަހައި ލީޑު އިތުރަށް ފުޅާ ކޮށްދިނީ 71 ވަނަ މިނެޓުގައި މެސީ އެވެ.

މި މެޗުގައި ވަނީ ދާދި ފަހުން މިއާމީ އަށް ސޮއިކުރި ޖޯޑީ އަލްބާ ވެސް ކުޅެން އަރުވައިފަ އެވެ. މެޗުގައި އޭނާ ކުޅެން އެރުވީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ދެ ވަނަ ހާފުގައި އަލްބާ ކުޅެން ނިކުތީ ފެލިޕޭ މާޓިންސްގެ ބަދަލުގަ އެވެ. މިއީ ބާސެލޯނާ އަށް ފަހު، މެސީ، އަލްބާ އަދި ސާޖިއޯ ބުސްކެޓްސް އެއް ޓީމަކަށް ކުޅުނު ފުރަތަމަ މެޗެވެ.

މިއީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް މިއާމީ އަށް ބަދަލުވި ފަހުން މެސީ އެ ޓީމަށް ކުޅެދިން ތިން ވަނަ މެޗެވެ. ފުރަތަމަ މެޗުގައި އޭނާ ކުޅެން ނުކުމެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެ މެޗުގައި މެސީ ވަނީ ފަހު ވަގުތު ހިލޭ ޖެހުމެއްގައި ލަނޑު ޖަހައިފަ އެވެ. ދެ ވަނަ އަށް ކުޅުނު މެޗުގައި ވެސް އޭނާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި

15 އެޕްރީލު 2017
އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި
15 އެޕްރީލު 2017

އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް

15 އެޕްރީލު 2017
އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް
10 އެޕްރީލު 2017

ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި

10 އެޕްރީލު 2017
ކަވާނީ ދެލަނޑާއެކު މޮޅުވެ، ޕީއެސްޖީ މޮނާކޯއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފި
03 އެޕްރީލު 2017

އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

03 އެޕްރީލު 2017
އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު