Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކާބޯތަކެތީގެ އަގުތައް އުފުލުން

ކާބޯތަކެތީގެ އަގުތައް މިހާ ބޮޑުވެގެން މިއުޅެނީ ކީއްވެތަ؟

ކާބޯތަކެތީގެ ސަޕްލައި ދަށްވުމާއި ލިބެން ހުރި އެއްޗެއްގެ އަގު އިންތިހާއަށް އުފުލުމާއެކު، ކާބޯތަކެތީގެ ކަށަވަރުކަން ގެއްލެމުންދަނީ ކަންބޮޑުވާ ދަރަޖައަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 އޯގަސްޓު 2023 | ބުދަ 15:27
ހުޅަނގުގެ ގައުމުތަކުން ތައާރަފުކުރި ސިޔާސަތުގައި ހެދިފައިވާ "ގޯސްތަކަކީ" ކާބޯތަކެތީގެ އަގުތައް އުފުލުމުގެ މައްސަލައިގެ މައި މުލުގައި އޮތް މައްސަލަ ކަމަށް ޕޫޓިން ވަނީ ވިދާޅުވެފައި

ހުޅަނގުގެ ގައުމުތަކުން ތައާރަފުކުރި ސިޔާސަތުގައި ހެދިފައިވާ "ގޯސްތަކަކީ" ކާބޯތަކެތީގެ އަގުތައް އުފުލުމުގެ މައްސަލައިގެ މައި މުލުގައި އޮތް މައްސަލަ ކަމަށް ޕޫޓިން ވަނީ ވިދާޅުވެފައި

21 ވަނަ ގަރުނުގެ ކުރިއެރުންތަކާއެކު ދިރިއުޅުމުގެ ކަންކަން ހަމަޖެހި، އެތައް ތަނަކުން ލުއިވެގެން ދާނެކަމަށް އެތައް އަހަރެއް ވަންދެން ދެކެމުން ދިޔަ ހުވަފެންތައް މިއަދު މި ވަނީ ބިލާހަކަށް ވެފައޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. އެތައް ބައެއްގެ ދިރިއުޅުމުގެ ހާލަތު ގޯހުން ގޯހަށް ދާއިރު، ދިރިއުޅުމަށް ބޭނުންވާ އެންމެ އަސާސީ އަދި ޒަރޫރީ ޚިދުމަތްތައްވެސް އިންތިހާއަށް ދަށެވެ. ދުނިޔޭގެ ކޮންމެ ހިސާބަކަށް ބެލިކަމުގައި ވީނަމަވެސް، ހަމަޖެހުމެއްގައި އޮތް އެންމެ ގައުމެއްވެސް ނެތޭ ދެންނެވިދާނެއެވެ. އަސާސީ އަދި ޒަރޫރީ ކަންކަމަށް ބަލާއިރު، ކާބޯތަކެތީގެ މައްސަލައަކީ މުޅި ދުނިޔެއަށް މިއަދު ކުރިމަތިލާން ޖެހިފައި އޮތް ބޮޑު މައްސަލައެކެވެ. ކާބޯތަކެތީގެ ސަޕްލައި ދަށްވުމާއި ލިބެން ހުރި އެއްޗެއްގެ އަގު އިންތިހާއަށް އުފުލުމާއެކު، ކާބޯތަކެތީގެ ކަށަވަރުކަން ގެއްލެމުން ދަނީ ކަންބޮޑުވާ ދަރަޖައަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން ހިންދެމިނުލެވި އުޅެނިކޮށް ފެށި ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން، ކާބޯތަކެތީގެ ކަށަވަރުކަން އޭގެ އެންމެ އިންތިހާއަށް ނުތަނަވަސްވިއެވެ. ޚާއްސަ އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި، 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ފަހުކޮޅު ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިންއަށް އަރައި، ފެށި ހަނގުރާމައަކީ، މިއަދު ދުނިޔެއަށް ކުރިމަތިލާން ޖެހިފައިވާ ކާބޯތަކެތީގެ އަގުތައް އުފުލުމުގެ މައްސަލައިގެ އަސްލުކަމަށް އެތައް ބަޔަކު ބުނަމުންދާއިރު، ރަޝިއާއިން އެ ނަޒަރިއްޔާ ދޮގުކުރެއެވެ.

ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިން ވިދާޅުވާގޮތުގައި، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލިގެން ދިއުމުގެ ޒިންމާއަކީ ރަޝިއާގެ ޚާއްސަ އަސްކަރީ އޮޕަރޭޝަނުން އުފުލަންޖެހޭ ޒިންމާއެއް ނޫނެވެ. ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލެމުންދަނީ، ހުޅަނގުގެ ސިޔާސަތުތަގެ ސަބަބުން ކަމަށް ޕޫޓިން ވަނީ ޖުލައި 28 ވަނަ ދުވަހު ވިދާޅުވެފައެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމުގެ ނަމުގައި ހުޅަނގުގެ ގައުމުތަކުން ތައާރަފުކުރި ސިޔާސަތުގައި ހެދިފައިވާ "ގޯސްތަކަކީ" ކާބޯތަކެތީގެ އަގުތައް އުފުލުމުގެ މައްސަލައިގެ މައި މުލުގައި އޮތް މައްސަލަ ކަމަށް ޕޫޓިން ވަނީ ވިދާޅުވެފައެވެ.

ރަޝިއާގެ ސެއިންޓް ޕީޓަރޒްބަރގްގައި ކުރިއަށްދިޔަ ރަޝިއާ-އެފްރިކާ ސަމިޓްގައި ވާހަކަފުޅުދައްކަވަމުން ޕޫޓިން ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކާބޯތަކެތި ގަތުމަށްޓަކައި، އެމެރިކާއާއި ވިލާތުގެ އިއްތިހާދު (އީޔޫ)އިން ފައިސާ ޗާޕުކުރި ކަމަށެވެ. ފަތުއަޑުކިޔާފައި ކާބޯތަކެތީގެ އަގުތައް އަތް ނުފޯރާ ފަށަށް އުފުލިގެން ދިޔައީ އޭގެ ފަހުން ކަމަށް ޕޫޓިން ވަނީ ވިދާޅުވެފައެވެ.

ޕޫޓިން އެ އިޝާރާތްކުރައްވާ ސިޔާސަތަކީ، ސަޕްލައި އިތުރުކޮށްގެން މަސްރަހު ހަމައަކަށް އެޅުވުމަށް ހުޅަނގުގެ އިގްތިސާދުތަކުން ގެންގުޅޭ ފަލްސަފާގެ ސިޔާސަތު ކަމަށް ބެލެވެއެވެ. އެ ސިޔާސަތަކީ ބަލިމަޑުކަމުގެ ސަބަބުން ލޮޅުން އެރި އިޖުތިމާއީ އަދި އިގްތިސާދީ މަސްރަހު ހެޔޮ ފާލަކަށް އެޅުވުމަށް އަމަލުކުރަން ފެށި ސިޔާސަތުތަކެކެވެ.

ދުނިޔެއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ، ކާބޯތަކެތީގެ އަގުތައް އުފުލުމުގެ މައްސަލައަކީ އެންމެ ކަމަކާހެދި ކުރިމަތިވި ކަމެއް ކަމުގައި ނިންމޭކަށް ނެތެވެ. އޯގަސްޓް 1 ވަނަ ދުވަހު އދ.ން އާންމުކޮށްފައިވާ ރިޕޯޓްގައި ވާހަކަތަކަށް ބަލާއިރުވެސް އެކަމަށް ލިބޭ އެތައް ހެތްކެއް އެބަހުއްޓެވެ. މިދިޔަ އަހަރުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރެކޯޑް މިންވަރަކަށް، ކާބޯތަކެތީގެ އަގުތައް އުފުލިގެން ދިޔަ އަހަރުތަކެކެވެ. 2019އާ 2021 ވަނަ އަހަރާ ދެމެދު ދުނިޔޭގެ ބާޒާރުތަކުގައި ކާބޯތަކެތީގެ އަގުތައް އުފުލިގެން ދިއުމުގެ ފަހަތުގައި، މޫސުމީ ނޭދެވޭ ބަދަލުތަކާއި ކޮވިޑް-19ގެ ބަލިމަޑުކަން ހިމެނެއެވެ. 2022 ވަނަ އަހަރަށް އަލިވިލުމާއެކުހެން ފެށި ޔޫކްރެއިން ހަނގުރާމައާއެކު ކާބޯތަކެތީގެ އަގުތައް އުފުލިގެން ދިޔައިރު، އެމެރިކާ ޑޮލަރުގެ އަގުބޮޑުވެގެން ދިޔަ ދިޔުމަކީވެސް މިއަދު ކާބޯތަކެތީގެ އަގުތައް އުފުލެން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ދޭސީ ބާޒާރުތަކަށް ވަކިވަކިން ބަލާއިރު، ކާބޯތަކެތީގެ އަގުތައް ދަށްވިކަމަށް ތަފާސް ހިސާބުތަކުން ދެއްކިނަމަވެސް، ގިނަ ގައުމުތަކުގެ ބާޒާރުތަކުގައި ކާބޯތަކެތީގެ އަގުތައް އުޅެނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ކުރިއާ އަޅާބަލާއިރު މަތީގައިކަން، އދ.ން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

ގައުމީ ވޮލީ ޓީމާއި އެސޯސިއޭޝަނަށް ދިމާވެގެން މިއުޅެނީ ކޮން މައްސަލައެއް؟

05 އެޕްރީލު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު