Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ހއ. ކުރައްވަމުންގެންދަވާ ދަތުރުފުޅު

ދެން ވެސް ޚިޔާލުތަފާތުވުމަކަށް ނުބަލައި ތަރައްގީގެ މަޝްރޫއުތައް ހަމަހަމަކަމާއެކު ކުރިއަށްގެންދާނަން: ރައީސް

ހއ. އާއި އެހެންވެސް އަތޮޅުތަކުގެ ރަށްތަކުގެ ތަރައްގީއަށް ކޮށްދީފައިވާކަންކަން ހަނދުމަ ކުރުމަށް އެދިވަޑައިގެންނެވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 2 އޯގަސްޓު 2023 | ބުދަ 14:39
ރައީސް އުތީމުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައީސް އުތީމުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ކުރިއަށް އޮތްތަނުގައި ވެސް ސިޔާސީ ގޮތުން ޚިޔާލުތަފާތުވުން ތަކަށް ބެއްލެވުމެއްނެތި ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ތަރައްގީ ހަމަހަމަކަމާއެކު ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ހއ. ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ އުތީމަށް ވަޑައިގެން ރައީސް ވިދާޅުވީ އުތީމަކީ ވަރަށް ޤައުމީވަންތަ ރަށެއް ކަމަށެވެ. އަދި އެއީ ރާއްޖެ ދުށް އެންމެ އަގުހުރި ދަރި އުފަންވި ރަށް ކަމަށާއި ބޮޑުތަކުރުފާނު ރާއްޖޭގެ މިނިވަންކަމާއި އަމާންކަމާއި ސުލްހައަށް ކުރެއްވި ބުރަ މަސައްކަތް ތާރީހުން ފޮހެވިގެން ނުދާނެ ކަމަށެވެ.

Advertisement - newsAdvertisement

އުތީމަކީ ސުލްހަވެރިކަން އިސްކޮށް އެކީގައި ދިރިއުޅެން ބޭނުންވާ ރައްޔިތުން އުޅޭ ރަށެއް ކަމަށާއި އެ ރަށުގެ ރައްޔިތުންނަކީ ތަރައްގީއަށް ލޯބިކުރާ ބައެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އުތީމުގެ މުޅި ކައުންސިލަކީ ޕީޕީއެމް ކައުންސިލަކަށްވި ނަމަވެސް މި ސަރުކާރުން ރަށުގެ ތަރައްގީއަށާއި ރައްޔިތުންގެ ކުރިއެރުމަށް ކުރާ ކޮންމެ ކަމެއްގައި ސަރުކާރަށް ތާއީދު ކުރާނެ ކަމަށް ވިދާޅުވި ކަމަށެވެ. ރިޔާސީ އިންތިޚާބަށް އިޝާރާތް ކުރައްވައި މިހާރު މިއޮތީ އެ ވަގުތު އައިސްފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ހއ. އާއި އެ އަތޮޅުގެ ރަށްތަކުގެ ތަރައްގީއަށް ކޮށްދީފައިވާކަންކަން ހަނދުމަ ކުރުމަށް އެދިވަޑައިގެންފައެވެ. އަދި ސިޔާސީ ގޮތުން ޚިޔާލުތަފާތުވިޔަސް އެކަން އެކަހެރިކޮށް ރަށާއި ރާއްޖޭގެ ތަރައްގީއަށް އެކުގައި މަަސައްކަތް ކުރެއްވުމަށް ރައީސް ގޮވާލެއްވިއެވެ.

މި ސަރުކާރުން ރަށްތަކަށް ކޮށްދީފައިވާ ކަންކަން ފެންނަން ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެހެން ބަޔަކަށް ވޯޓު ދޭންވީ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އުތީމުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން އެބަހުރި ކަމަށާއި އެހެންވެ ދެން އަންނަ ދައުރެއްގައި ރައްޔިތުން އެދުނުގޮތަށް ބަނދަރު ބޮޑުކޮށް ގިރާ ސަރަހައްދު ހިމާޔަތް ކުރައްވާނެ ކަމަށެވެ. އަދި ބޯހިޔާވަހިކަމަށް ބޭނުންވެފައިތިބި ޒުވާނުންނަށް ރޯހައުސްގެ ޕްރޮޖެކްޓެއް ހިންގަވާނެ ކަމަށާއި ޒުވާނުންނަށްޓަކައި އިޖުތިމާއީ މަރުކަޒެއް ހަދައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤައުމީ ދުވަސް އައިއިރު ގައުމީ ބަތަލުންގެ ޒިޔާރަތްތައް ސަރުކާރުން ދަނީ ތަރައްގީގެ ނަމުގައި ހަލާކު ކުރަމުން: ގުޅިފައިވާ ޕާޓީތައް

ޤައުމީ ދުވަސް އައިއިރު ގައުމީ ބަތަލުންގެ ޒިޔާރަތްތައް ސަރުކާރުން ދަނީ ތަރައްގީގެ ނަމުގައި ހަލާކު ކުރަމުން: ގުޅިފައިވާ ޕާޓީތައް

19 ނޮވެމްބަރު 2017
ހައުސިން މަޝްރޫއުތައް ފެއިލްވުމުން އެކަމުގެ ބަދުނާމު ރައީސް ޔާމީން އެޅުއްވީ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި

ހައުސިން މަޝްރޫއުތައް ފެއިލްވުމުން އެކަމުގެ ބަދުނާމު ރައީސް ޔާމީން އެޅުއްވީ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި

19 ނޮވެމްބަރު 2017
އަޅުގަނޑަކީ ކުޅިބަލަން ހުންނާނެ މީހެއް ނޫން، ތަރައްގީގެ ކުރިބޯއްޓާ ހަމައަށް ވާސިލް ވާނަން: ރައީސް ޔާމީން

އަޅުގަނޑަކީ ކުޅިބަލަން ހުންނާނެ މީހެއް ނޫން، ތަރައްގީގެ ކުރިބޯއްޓާ ހަމައަށް ވާސިލް ވާނަން: ރައީސް ޔާމީން

01 ނޮވެމްބަރު 2017
ދަރިން ނުބަލައި ދައުލަތުގެ ވަޒީފާގައި އުޅޭނަމަ ފިޔަވަޅު އަޅަނީ

ދަރިން ނުބަލައި ދައުލަތުގެ ވަޒީފާގައި އުޅޭނަމަ ފިޔަވަޅު އަޅަނީ

22 އޯގަސްޓު 2017
ބައެއް ފަރާތްތަކުގެ ވާހަކައިން ތަރައްގީގެ ދެވަނަ ބަހަކީ ކޮރަޕްޝަންހެން ހީވޭ: ޝިދާތާ

ބައެއް ފަރާތްތަކުގެ ވާހަކައިން ތަރައްގީގެ ދެވަނަ ބަހަކީ ކޮރަޕްޝަންހެން ހީވޭ: ޝިދާތާ

17 އޯގަސްޓު 2017

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު