Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ބަޔާން ދޫކޮށްލުމަކީ ހިތްދަތިވާ ކަމެއް: މާނޭ

މާނޭ ބުނި ގޮތުގައި ބަޔާންގެ ނިމުން އޭނާ އުންމީދު ކުރީ މިފަދަ ގޮތަކަށް ނޫން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 އޯގަސްޓު 2023 | އަންގާރަ 03:10
ސަޑިއޯ މާނޭ ބަޔާންގައި

ސަޑިއޯ މާނޭ ބަޔާންގައި

ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށްލަން ޖެހުމަކީ ހިތްދަތިކަމެއް ކަމަށް ސެނެގާލްގެ ސަޑިއޯ މާނޭ ބުނެފި އެވެ.

ލިވަޕޫލް ދޫކޮށް މާނޭ ބަޔާނަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާއެކު މާނޭ ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވާ މިހާރު މާނޭ ވަނީ ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ބަދަލުވާން ނިންމައިފަ އެވެ. އެ ކުލަބަށް ބަދަލުވުމަށް ފުރިހަމަ ކުރަން ޖެހޭ މެޑިކަލްގެ އެންމެހައި ކަންކަން މާނޭ މިހާރު ވަނީ ފުރިހަމަ ކޮށްފަ އެވެ. މާނޭ ބަޔާން ދޫކޮށްލަން ނިންމީ އެ ކުލަބުގައި ލެރޯއީ ސާނޭއާ ޖެހުނު މައްސަލައަކަށް ފަހު އެވެ. އެ މައްސަލައިގައި ބަޔާނުންް ވަނީ މާނޭ ސަސްޕެންޑުކޮށް، ޖޫރިމަނާ ވެސް ކޮށްފަ އެވެ. ބަޔާނުން މާނޭ ދޫކޮށްލަން ބޭނުންވާ ކަމުގެ އަޑުތައް ފެތުރުނީ އެއަށްފަހު އެވެ.

އަލް ނަސްރުގެ މެޑިކަލް ކަންކަން ފުރިހަމަ ކުރުމަށްފަހު ވާހަކަ ދައްކަމުން މާނޭ ބުނީ، ބަޔާން ދޫކޮށްލުމަށް ނިންމި ނިންމުމަކީ އޭނާ އަށް ހިތްދަތި ނިންމުމެއް ކަމަށެވެ. މާނޭ ބުނި ގޮތުގައި ބަޔާންގެ ނިމުން އޭނާ އުންމީދު ކުރީ މިފަދަ ގޮތަކަށް ނޫނެވެ. އިތުރަށް ވާހަކަ ދައްކަމުން މާނޭ ބުނީ ކުރިއަށް އޮތް ސީޒަނުގައި އޭނާ އަށް ބަޔާނަށް އެހީތެރިވެދެވެނޭކަން ވެސް އެނގޭ ކަމަށާއި، ނަމަވެސް މިހާރު އެދެނީ ބަޔާން އާއި ބަޔާންގެ ސަޕޯޓަރުންނަށް އެންމެ ފުރިހަމަ ކާމިޔާބަށް ކަމަށެވެ. މާނޭ ބުނީ ދެން އޭނާގެ ފޯކަސް އޮންނާނީ އަލުން ފަށަން އުޅޭ މަސައްކަތަށް ކަމަށެވެ.

އަލް ނަސްރަަށް ބަދަލުވުމަށް މާނޭ ވަނީ ދުބާއީގައި މެޑިކަލްގެ ކަންކަން ފުރިހަމަ ކޮށްފަ އެވެ. އެއަަށްފަހު އެ ޓީމުގެ ކުޅުންތެރިޔެއްގެ ގޮތުގައި ކުރިއަށް އޮތް ވަގުތުތަކުގެ ތެރޭގައި އޭނާ ސޮއިކުރާނެ އެވެ. އަލް ނަސްރުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ހޯދި ފަހުން، ސައުދީ ލީގުގެ ކުލަބުތަކުން އަންނަނީ ޔޫރަޕުގައި ކުޅޭ ނަން މަޝްހޫރު ކުޅުންތެރިން އެ ލީގަށް ގެންނަމުންނެވެ. އެހެންކަމުން ކުރިއަށް އޮތް ސީޒަނުގައި ސައުދީ ލީގު އިތުރަށް ވަރުގަދަވެ، ފޯރި ގަދަވާނެ ކަމަށް ވެސް ބެލެވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

މާނޭގެ އަނިޔާ ސީރިއަސްވެ ލިވަޕޫލް ކޯޗަށް ހާސްކަމެއް

04 އެޕްރީލު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017
ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ

ޗެމްޕިއަންސް ލީގު: ބަޔާން އާއި ރެއާލް އަދި ބާސާ އާއި ޔުވަންޓަސް ކުއާޓާގައި ބައްދަލުކުރަން ޖެހިއްޖެ

17 މާރިޗު 2017
ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި

ހަމޭސް ހޯދުމަށް ބަޔާން އިން ވެސް މަސައްކަތް ފަށައިފި

12 މާރިޗު 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު