Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

އެހެން ކެންޑިޑޭޓުން ކޮށްދޭނެ ކަމަށް ބުނަމުންދަނީ މިހާރުވެސް ފަށާފައިވާ ކަންކަން: ރައީސް

31 ޖުލައި 2023 | ހޯމަ 14:29

މި ދުވަސްވަރު ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ކަމަށް ބުނެ އެތައް ބަޔަކު އަންނާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 31 ޖުލައި 2023 | ހޯމަ 14:29
ރައީސް މާއުނގޫދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައީސް މާއުނގޫދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ

މި ދުވަސްވަރު ކެމްޕޭނަށް ވަޑައިގެން އެކި ފަރާތްތަކުން ކޮށްދޭނެ ކަމަށް ބުނެ ދައްކަނީ މިހާރު ވެސް ސަރުކާރުން ފަށާފައިވާ ކަންކަން، ކަމަށްވިދާޅުވެ ރައީސްގެ ފާޑުކިޔުން އިދިކޮޅުގެ ސިޔާސަތުތަކަށް އަމާޒުކުރައްވައިފިއެވެ.

ހޯމަ ދުވަހު ށ. އަތޮޅުގެ މާއުނގޫދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ މި ދުވަސްވަރު ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ކަމަށް ބުނެ އެތައް ބަޔަކު އަންނާނެ ކަމަށެވެ. ނަމަވެސް ރައްޔިތުން އެކަންކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނަން ހާމަ ނުކުރައްވައި ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ވަޑައިގެން ރަށެއްގައި 1200 މީޓަރުގެ އެއަރޕޯޓެއް އަޅައިދޭނެ ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް ހަމަ އެރަށުގައި މިއަދުގެ ސަރުކާރުން 1500 މީޓަރުގެ އެއަރޕޯޓެއްގެ މަސައްކަތް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދާދިފަހުން އެމްޑީޕީން ވަކިވެ ބައެއް މެމްބަރުން އުފެއްދި "ދަ ޑިމޮކްރެޓްސް" ގެ ސިޔާސަތަކަށް އިޝާރާތް ކުރައްވާ ވެސް ރައީސް ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން, މޯގޭޖުނުކޮށް ކުދި ވިޔަފާރިތަކަށް ލޯނު ދޭނެ ކަމުގެ ވާހަކަތައް ބައެއް ފަރާތްތަކުން ދައްކަމުން އަންނައިރު މި ސަރުކާރުން މިހާރު ވެސް އެސްއެމްއީ ބޭންކް މެދުވެރިކޮށް އެފަދަ ލޯނު ދެމުން އަންނަ ކަމަށް ވިދާޅުވިއެވެ. މިކަމަށް ބޭނުންވަނީ މޮޅު ޕްރޮޕޯސަލެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

މާއުނގޫދޫގެ ސިޔާސީ ހަރަކާތްތަކަށް ރިއާޔަތް ކުރައްވާ ރައީސް ވަނީ އިދިކޮޅު ޕީޕީއެމްގެ ކެމްޕޭނަށް ވެސް ތައުރީފު ކުރައްވާފައެވެ. އިންތިޚާބެއް ކާމިޔާބު ކުރުމުގައި ވަރުގަދަ ވާދަވެރިކަމެއް ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ށ. ފުނަދޫގައި ވެސް ރައީސް ވަނީ މިހާރު ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތްގޮތުން މިފަހަރުގެ އިންތިޚާބުގައި ވާދަކުރާނީ އެމްޑީޕީއާއި ޕީޕީއެމް ކަމަށް ވިދާޅުވެފައެވެ. އަދި އެހެނިހެން ޕާޓީތަކަށް އެޕާޓީތަކުން ބުނާ ތާއީދެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ކުރިއަށްއޮތް ފަސް އަހަރު ތެރޭގައި މާއުނގޫދޫއަށް ކޮށްދެއްވާނެ ކަންކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން, އެ ރަށުގެ ބޮޑެތި މަގުތައް ހެދުމާއި ސްކޫލުގެ އިތުރު ކްލާސްރޫމްތައް އެޅުމާއި ސިއްހީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ހެދުމާއި ޒަމާނީ މިސްކިތެއް އެޅުން ހިމެނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް