Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތަސްލީމާއި އަލިމަނިކަށް ކުރާ ދައުވާ

ތަސްލީމާއި އަލިމަނިކަށް ކުރާ ދައުވާގެ އަޑުއެހުން ކުރިއަށް ނުގެންދެވުނު

ތަސްލީމާއި އަލިމަނިކުވެސް ވަނީ ދިފާއީ ހެކިންގެ ހެކިބަސް އިތުރަށް ނަގަން ބޭނުންނުވާކަމަށް ބުނެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 ޖުލައި 2023 | ހޯމަ 08:49
ޓެރަރިޒަމާއި ގުޅޭ ދައުވާތަކެއް އުފުލާފައިވާ އަބްދުﷲ އަލީ މަނިކާއި، މުޙައްމަދު ތަސްލީމް

ޓެރަރިޒަމާއި ގުޅޭ ދައުވާތަކެއް އުފުލާފައިވާ އަބްދުﷲ އަލީ މަނިކާއި، މުޙައްމަދު ތަސްލީމް

ޓެރަރިޒަމާއި ގުޅޭ ދައުވާތަކެއް އުފުލާފައިވާ ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި ހއ.ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

މި އަޑުއެހުން ތާވަލުކޮށްފައި އޮތީ ހޯމަ ދުވަހުގެ ހެނދުނު 11:15 އަށެވެ. ނަމަވެސް އަޑުއެހުން ވަނީ ކެންސަލްވެފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ތަސްލީމާއި އަލިމަނިކުވެސް ވަނީ ދިފާއީ ހެކިންގެ ހެކިބަސް އިތުރަށް ނަގަން ބޭނުންނުވާކަމަށް ބުނެފައެވެ.

މި މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލުންވެސް ވަނީ ދައުލަތުން ހުށައަޅާފައިވާ ހެކިންގެ ތެރެއިން މިހާރު ހެކިބަސް ނުނެގި ތިބި ފަރާތްތަކުގެ ހެކިބަސް ނަގަން ދައުލަތުން އިތުރަށް ބޭނުންނުވާކަމަށް ބުނެފައެވެ. އެއީ މި މައްސަލައިގައި ހުށައެޅިފައިވާ ސިއްރު ހެކިން ތަކެކެވެ.

ދައުލަތުން ވަނީ މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ކާފީ ހެކިބަސް ލިބިފައިވާކަން ބަޔާންކޮށްފައެވެ.

ވުމާއެކު، ގާޒީ އަލީ އާދަމް ވަނީ މި މައްސަލައިގެ ހެކިބަސް ނެގުން ނިމުނީކަން އިއުލާނު ކުރައްވާފައެވެ. ދެން އޮންނާނީ މި މައްސަލައިގެ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމެވެ.

މި މައްސަލައިގައި 6 ނޮވެމްބަރު 2022 ގައި ބޭއްވި އަޑުއެހުމެއްގައި ދައުލަތުގެ ސިއްރު ހެއްކަކު ވަނީ އޭނާގެ ނަން ހާމަކޮށް، މައްސަލައާ ގުޅޭ ވާހަކަތަކެއް ދައްކާފައެވެ.

އަޑުބަދަލުކޮށްގެން ކާކުކަން ނޭނގޭ ގޮތަށް އެ ހެކިވެރިޔާގެ ހެކިބަސް ނަގަން ފެށުމާ އެކު، ހެކިވެރިޔާ ވަނީ ތަކުރާރުކޮށް އޭނާގެ ނަން ބުނެ، ދައުވާ ލިބޭ ފަރާތްތަކާއި ދެކޮޅަށް ހެކިބަސް ދިނުމަށް އޭނާ އަށް މަޖުބޫރު ކުރަމުންދާކަމަށް ބުނެފައެވެ. އެގޮތުން ހެކިބަސް ދިނުމަށް މަޖުބޫރުކޮށް އޭނާ އަށް އަނިޔާކޮށްފައިވާކަމުގެ ތުހުމަތު އޭނާ ވަނީ ކޮށްފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު