Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ށ. އަތޮޅަށް

ފުނަދޫ ރައްޔިތުންނަށް ރައީސް ދެއްވީ ތަފާތުކުރުމެއްނެތި އަދިވެސް ތަރައްގީ ގެނެސްދެއްވާނެކަމުގެ އުއްމީދު!

މި ސަރުކާރުން ސިޔާސީ ފިކުރަކަށް ނުބަލައި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ފޯރުކޮށްދޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 31 ޖުލައި 2023 | ހޯމަ 09:59
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ވެރިކަމުގެ ދެވަނަ ދައުރެއްގައި ވެސް ފުރަތަމަ ދައުރެކޭ އެއްގޮތަށް ށ. ފުނަދޫގައި ތަފާތު ކުރުމެއް ނެތި ތަރައްގީގެ މަޝްރޫއުތައް ހިންގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހޯމަ ދުވަހު ފުނަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ފުނަދޫއަށް ވަޑައިގެން ވައުދުތަކެއް ވެވަޑައިގެންނެވި ކަމަށާއި އެ ވައުދުތަކުގެ ތެރެއިން ގިނަ ވައުދުތައް ފުދި, އެހެން ވައުދުތައް ފުއްދަން ފަށާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ފުނަދޫއަކީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑު ތާއީދު ކުރި ރަށެެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ސަރުކާރުން ސިޔާސީ ފިކުރަކަށް ނުބަލައި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ފޯރުކޮށްދެމުން އަންނަކަން އެ ރަށުން ވެސް ފެނިގެންދާނެ ކަމަށެވެ. އަދި ކުރީ ސަރުކާރުތަކުން ފުނަދޫގެ ތަރައްގީއަށް މަސައްކަތް ކުރި ނަމަވެސް އެކަންތައް ކުރީ ތަރުތީބެއް ނެތި ކަމަށާއި އޭގެ ސަބަބުން އިތުރު މަޝްރޫއުތައް ހިންގަން ޚަރަދު ބޮޑުވެފައިވާކަން ވެސް ފާހަގަކުރެއްވިއެވެ. މި ސަރުކާރުން މަޝްރޫއުތައް ހިންގަނީ ވަރަށް ރޭވުންތެރިކަމާއެކުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުނަދޫއަށް ބޭނުންވާ ބިން ހިއްކުމަށް މި އަހަރު ނިމުމުގެ ކުރިން ޕްލޭންކޮށް ބަޔަކާ ހަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ފުނަދޫގެ ތަރައްގީއަށް އަދިވެސް ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި އެހެންވެ ކުރިއަށް އޮތް ދައުރުގައި ގިނަ ކަންކަން ރާވާފައިވާކަމުގެ އުފާވެރި ޚަބަރު ރައީސް ފުނަދޫ ރައްޔިތުންނަށް ދެއްވިއެވެ.

ދެން އަންނަ ދައުރުގައި ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަންކަމުގެ ތެރޭގައި ފެނުގެ ނިޒާމުގެ މަސައްކަތް ނިމުމުން މިހާރު ނުނިމި ހުރި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްގެންދިއުމާއި ބޯހިޔާވަހިކަމުގެ މައްސަަލަ ހައްލު ކުރުމަށް ރޯ ހައުސް އަޅައިދިނުމާއި ފުނަދޫ ފަޅުގައި އޮތް ފަރުކޮޅުގައި ރައްޔިތުންނަށް އާމްދަނީ ލިބޭ ގޮތަށް ތަރަައްގީގެ މަޝްރޫއުތައް ހިންގުމާއި މަސްވެރިންނަށް ހެޔޮ އަގުގައި އައިސް ލިބޭ ގޮތަށް ރަށުގެ ބަނދަތުގައި އައިސް ޕްލާންޓެއް ބެހެއްޓުމާއި 50 އެނދުގެ އައު ހޮސްޕިޓަލެއް އަޅުއްވައިދެއްވުމާއި ސްކޫލަށް ކްލާސްރޫމްތައް އިތުރު ކޮށްދިނުން ހިމެނެއެވެ. މި މަޝްރޫއުތަކާއެކު ކުރިއަށް އޮތް ހަތަރު އަހަރުތެރޭގައި އެ ސަރަހައްދަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓުލާން ޖެހޭނީ ވަރަށް ވިސްނައިގެން ކަމަށެވެ. މިހާރު އެކި ޕާޓީތަކުން ވާދަކުރާނެ ކަމަށް ބުނި ނަމަވެސް ސިޔާސީ މަސްރަހު މިހާރު އޮތް ގޮތުން ވާދަކުރާނީ އެމްޑީޕީ އާއި ޕީޕީއެމް ކަމަށާއި އެހެންކަމުން ތަރައްގީއާއެކު ކުރިއަށްދާނީތޯ ނުވަތަ ކުރީގައި އޮތް ބިރުވެރިކަމާއި އަނިޔާވެރިކަަމަށް އެނބުރިދާނީތޯ ރައްޔިތުން ނިންމަން ޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު