Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ކުޅުންތެރިން ގެންނަން ކުލަބުން ބޭނުންވާނަމަ، އެކަމަށް ޕޮޗެޓީނޯ އެއްބަސް!

އަނެއްކޮޅުން ކުޅުންތެރިން ނުގެންނަން ކުލަބުން ނިންމައިފިނަމަ، އެކަމާ ވެސް ރުހޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޖުލައި 2023 | ހޯމަ 02:45
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީމަށް އިތުރު ކުޅުންތެރިން ގެންނަން ކުލަބުން ބޭނުންވާނަމަ، އެކަމަށް އެއްބަސްވާނެ ކަމަށް ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޗެލްސީން ވަނީ ޓީމުގައި ތިބި ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލައިފަ އެވެ. އައު ސީޒަނަށް ޕޮޗެޓީނޯއާއެކު ޗެލްސީން ތައްޔާރުވަމުން އަންނައިރު އޭނާ ބުނީ، ކުޅެމުން އަންނަ މެޗުތަކުގައި ކުޅުންތެރިން ދައްކާ ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށެވެ. ޚާއްސަކޮށް ޓީމުގެ ފޯވާޑް ލައިންގައި ތިބި ކުޅުންތެރިން ފަރިތަކުރުންތަކުގެ އިތުރުން މެޗުތަކުގައި ވެސް މޮޅަށް ކުޅެމުން އަންނަކަމަށް އޭނާ ވަނީ ބުނެފަ އެވެ. ޗެލްސީން އިތުރު އެހެން ކުޅުންތެރިން ސޮއި ކުރާނެތޯ ސުވާލު ކުރުމުން އޭނާ ބުނީ، ފެންވަރު ރަނގަޅު، ޓީމަށް އެންމެ ބޭނުން ހިފޭ ކަހަލަ ކުޅުންތެރިން ހޯދުމަށް ކުލަބުން ބޭނުންވާނަމަ، އެކަމަށް އޭނާ ވެސް ރުހޭނެ ކަމަށެވެ. އަނެއްކޮޅުން ކުޅުންތެރިން ނުގެންނަން ކުލަބުން ނިންމައިފިނަމަ، އެކަމާ ވެސް ރުހޭނެ ކަމަށް އޭނާ ބުންޏެވެ.

ޕޮޗެޓީނޯ ބުނީ މިހާރު ކުރަމުން އަންނަ މަސައްކަތަކީ ރަނގަޅު ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކަމަށާއި، ސްކޮޑުގައި ތިބި ކުޅުންތެރިންނާއެކު އެކަން ހާސިލްވާނެ ކަމަށެވެ. މިދިޔަ ސީޒަނުގައި ޗެލްސީގެ ނަތީޖާ އިންތިހާ އަށް ދަށްވި ނަމަވެސް، ކުރިއަށް އޮތް ސީޒަނުގައި އެކަން އެހެން ނުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ޕޮޗެޓީނޯ ފާހަގަ ކުރި ގޮތުގައި ޗެލްސީ ކަހަލަ ކުލަބެއްގައި ނަތީޖާ ނުނެރެވިއްޖެ ނަމަ، ކޮންމެ މީހަކު ކޯޗަކަށް ހުރި ނަމަވެސް އެ މީހަކަށް ޕްރެޝަރު ބޮޑު ވާނެ އެވެ. އެހެންކަމުން އޭނާ މަސައްކަތް ކުރަނީ ޗެލްސީން ބޭނުންވާ ނަތީޖާ ނެރުމަށް ކަމަށް ވެސް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.

ޗެލްސީގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކި ކުރުމަށްފަހު އެ މަގާމަށް ހަމަޖެއްސީ ގްރަހަމް ޕޮޓާ އެވެ. އޭނާ އާއެކު ކުލަބުގެ ނަތީޖާތައް ދަށްވުމުން މަގާމުން ވަކިކޮށް، ވަގުތީ ގޮތުން ހަވާލު ކުރީ ކުރީގެ ކޯޗު ފްރޭންކް ލަމްޕާޑު އާއެވެ. ޗެލްސީގެ ކޯޗު ކަމާ ރަސްމީކޮށް ޕޮޗެޓީނޯ ހަވާލުވީ ޖުލައި މަހު އެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު