Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ސާލިހަށް ދެވަނަ ދައުރެއް

އިގްތިސާދީގޮތުން ލިބޭ މަންފާއާއި ފައިދާއަށް ބެލުމަށްފަހު ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ: މޭޔަރު

ރަށުގެ އިގްތިސާދަށް ގިނަ މަންފާއާއި ފައިދާ ލިބޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 30 ޖުލައި 2023 | އާދީއްތަ 17:55
ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު

ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު

އިގްތިސާދީގޮތުން ލިބޭ މަންފާއާއި ފައިދާއަށް ބެލުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް، ފުވައްމުލައް ސިޓީ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ފުވައްމުލަކުގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ޖަލްސާގައި މޭޔަރު ވިދާޅުވީ، ސިޔާސީ ލީޑަރުންގެ ކުރިމަގު ނުވަތަ ކެރިއަރު ކުރިއެރުވުމަށް އާއްމު ރައްޔިތުން މަސައްކަތް ކުރަން ނުޖެހޭކަމަށާއި، އާއްމު ރައްޔިތުން ބަލަންޖެހޭނީ ރާއްޖެއަށާއި ރަށަށް ލިބޭ ކުރިއެރުމަށް ކަމަށެވެ. އެ ކުރިއެރުންތަކަށް ބެލުމަށްފަހު މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ދޭންޖެހޭ ކަމަށް މޭޔަރު ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށާއި، އެމަނިކުފާނުގެ ފުރަތަމަ ދައުރުން ރައްޔިތުންނަށް އެކަން ސާބިތުކޮށްދީފައި ވާކަމަށެވެ.

ފުވައްމުލަކަށް އިޝާރަތް ކުރައްވައި މޭޔަރު ވިދާޅުވީ މިވެރިކަން އައުމުގެ ކުރިން، އަދި 2018 ވަނަ އަހަރު ފުވައްމުލަކުގެ މަގުތަކުގައި އަޑިގުޑަންތައް ގިނަވެ، ހިނގާބިނގާވެ އުޅުމާއި ވެހިކަލް ދުއްވުމަށް އުދަނގޫ ކަމަށް މޭޔަރު ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރުން އެކަން ހައްލު ކޮށްދީ ބޭރު މަގުގައި ތާރު އެޅުމަށްފަހު މިހާރު އެތެރޭގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްދާކަން މޭޔަރު ފާހަގަކުރެއްވިއެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން 35 މަގެއްގައި 18.5 ކިލޯމީޓަރުގެ ތާރު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 12.7 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ ފެނާއި ނަރުދަމާ ނިޒާމު ގާއިމްކޮށް، ފުވައްމުލަކު ރައްޔިތުންގެ ނަޖިހުން ސަލާމަތްކޮށްދިނީ ވެސް މިސަރުކާރުން ކަމަށެވެ. މިސަރުކާރު އައުމުގެ ކުރިން މުޅި ރަށުތެރޭގައި ހުރީ ނަޖިސް ފެން ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ސިއްހީ ދާއިރާ، ތައުލީމީ ދާއިރާގެ މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދީފައި ވާއިރު، މިކަމުގެ ސަބަބުން ރަށުގެ އިގްތިސާދަށް ގިނަ މަންފާއާއި ފައިދާ ލިބޭކަމަށެވެ. މޭޔަރު ވިދާޅުވީ އެރަށުގެ ދެ ސްކޫލެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިހާރު ޖުމްލަ ދެ މަލްޓިޕަރޕަސް ހޯލް މިސަރުކާރުން ހުޅުވައިދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެރަށަކީ ހާފިޒުން ގިނަ ރަށެއް ކަމަށާއި، ގުރުއާނާބެހޭ މަރުކަޒުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އަދި މަރުކަޒު ރަނގަޅު ފެންވަރަށް ތަރައްގީވެގެން ދިއުމަކީ ލިބޭ ކުރިއެރުމެއް ކަމަށެވެ.

މޭޔަރު ވިދާޅުވީ ސިއްހީ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، އައު ޚިދުމަތްތައް ތައާރަފް ކުރަމުންދާ ކަމަށެވެ. އެގޮތުން ޑަޔަލިސަސް ޚިދުމަތް ފެށިފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް އިޝާރާތް ކުރައްވައި މޭޔަރު ވިދާޅުވީ 400 ހައުސިން ޔުނިޓް އެޅުމަށް ދާދި އަވަހަށް ހަވާލުކުރާނެކަމުގެ ޔަގީންކަން އެބަައޮތް ކަމަށެވެ.

ރަށުގައި ހުރެގެން ވަޒީފާ އަދާކުރެވޭ ގޮތަށް ގިނަ ވަޒީފާތަކެއް އުފެދިފައިވާކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ 4 ކޯލް ސެންޓަރު ފުވައްމުލަކުގައި ހުޅުވިފައިވާ ކަމަށާއި، އެއީ ޓްރޭޑްނެޓްގެ ކޯލް ސެންޓަރު، މޯލްޑިވިއަންގެ ސޯލް ސެންޓަރު، އެޗްޑީސީގެ ކޯލްސެންޓަރު އަދި އެންސީޓީ ކޯލް ސެންޓަރު ކަމަށެވެ. 70 އާއިލާއަށް ވަޒީފާ ލިބިފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މޭޔަރު ވަނީ، ޒުވާނުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުޅިވަރު ކުޅުމާއި، ކުޅިވަރުގެ ދާއިރާއިން ކުރިޔަށް ދިޔުމަށް މަގުފަހިކޮށްދީ ކުޅިވަރުތައް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޒުވާނުން އެދުނު ފުޓްބޯޅަ ދަނޑާއި، ޓާފު ދަނޑު އަޅައިދީފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި މަސްވެރިންނަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މޭޔަރު ވިދާޅުވިއެވެ. އެގޮތުން ފުވައްމުލަކުގެ ފިޝް ކަލެކްޝަން ސެންޓަރުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

28 މާރިޗު
މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް
20251 އަހަރު ކުރިން
ރާއްޖެ

މިއަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން ބޮޑު ބަހުސްއެއް

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް
20242 އަހަރު ކުރިން
ރާއްޖެ

މަގޫދޫގެ އެއާޕޯޓް މަސައްކަތް ހުއްޓާލުމުން ރަށު ރައްޔިތުން މުޒާހަރާ އަށް

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް
20233 އަހަރު ކުރިން
ކުޅިވަރު

ދަގަނޑޭ އަލުން އަނބުރާ ނިއު ރޭޑިއަންޓަށް

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަރަން ޙުކުމް ކޮށްފައިވާ ނަޒީފަށް މިރުޒާގެ ވާރިސުން މައާފް ދީފި

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން
20215 އަހަރު ކުރިން
ރާއްޖެ

ހެކި ނެތި ދަޢުވާއުފުލުމަކީ އަނބު ނެތް ގަހަކަށް ގާއުކުން، ޕީޖީގެ ނިންމެވުން ރަނގަޅު: ނިޝާން

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ
20197 އަހަރު ކުރިން
ރާއްޖެ

ބިމުގެ ދަތިކަން ހައްލުކުރުމަށް 17 ރަށެއްގެ ބިން ހިއްކަނީ

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު