Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަޕާންގެ ފޮރިން މިނިސްޓަރު

ޝާހިދު، ޖަޕާނުގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި

30 ޖުލައި 2023 | އާދީއްތަ 07:59

ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 ޖުލައި 2023 | އާދީއްތަ 07:59
ފޮރިން މިނިސްޓަރު ޝާހިދާއި މިނިސްޓްރީގެ ވަފުދުން، ޖަޕާންގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވަނީ

ފޮރިން މިނިސްޓަރު ޝާހިދާއި މިނިސްޓްރީގެ ވަފުދުން، ޖަޕާންގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވަނީ

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާއާ ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރު ޝާހިދާއި ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވަނީ މިނިސްޓަރު ހަޔާޝީއާއި ވަފުދަށް ފޮރިން މިނިސްޓްރީއަށް މަރުހަބާ ވިދާޅުވެ، ދެމެހެއްޓެނިވި ގޮތެއްގައި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރު ޝާހިދާއި މިނިސްޓަރު ހަޔާޝީ ވަނީ ރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ގާތް ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށް ދެބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މިނިސްޓަރު ޝާހިދު ވަނީ ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި ޖަޕާނުން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށްޓަކައި މިނިސްޓަރު ހަޔާޝީއަށާއި ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޖަޕާނުން ދޭ އެހީތެރިކަމުގެ އަސަރު އެންމެ ބޮޑަށް ފެންނަނީ ޖަޕާނުން ފޯރުކޮށްދީފައިވާ އެންމެ ރަމްޒީ އެހީ ކަމަށްވާ މާލެވަށައިގެން ޖަހާފައިވާ ޓެޓްރާޕޮޑްތައް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމުގައި ޖަޕާނުން އަދާކޮށްފައިވާ މުހިންމު ދައުރު ވެސް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ. ޚާއްޞަގޮތެއްގައި، 1970 އާއި 1980ގެ އަހަރުތަކުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލްތައް ޢިމާރާތްކޮށް، ތަޢުލީމް ފުޅާކުރުމަށް ޖަޕާނުން ވެދެއްވި ޙިއްޞާ ފާހަގަކުރެއްވިއެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ފޯރުކޮށްދޭ ފަންނީ އެހީތެރިކަމުގެ ތެރެއިން، ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމަށްޓަކައި ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް ފޯރުކޮށްދީފައިވާ އެހީތެރިކަމާއި، އަދި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް ޕްރޮގްރާމް މެދުވެރިކޮށް ޤާބިލުކަން އިތުރުކުރުމަށް ޖަޕާނުން ފޯރުކޮށްދޭ އެހީތެރިކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ޝާހިދު ދެއްކެވި ވާހަކަފުޅުގައި، ޖަޕާނު ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށާއި ދުޅަހެޔޮކަމަށް ވަރަށް ބޮޑު އަދި ހެޔޮ އަސަރުތަކެއް ކޮށްފައިވާކަން ފާހަގަކުރައްވައި، ޖަޕާނު ސަރުކާރުން މި ނާޒުކު ދާއިރާތަކުގައި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި، ޕާޓްނަރޝިޕަށް ޝުކުރު އަދާކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް-19 އާ ގުޅިގެން ކްރައިސިސް ރެސްޕޮންސް އިމަޖެންސީ ސަޕޯޓްގެ ގޮތުގައި ގާތްގަނޑަކަށް 47 މިލިއަން ޑޮލަރުގެ ލޯނަށް މަގުފަހިކޮށްދީ، ޖަޕާނުގެ ސަރުކާރާއި ރައްޔިތުން، ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާފައިވާތީ، ޖަޕާނުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައި، ބަލިމަޑުކަމުން އަރައިގަތުމަށް 112،000 އެސްޓްރާޒެނެކާ ވެކްސިން ވެސް ހަދިޔާ ކުރައްވާފައިވާކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ޝާހިދު ވަނީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ރޮނގުން ޖަޕާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މިއަހަރުގެ މާޗް މަހު ބޮޑުވަޒީރު ކިޝިޑާ އިއުލާނުކުރެއްވި "ފްރީ އެންޑް އޯޕަން އިންޑޯ ޕެސިފިކް ޕްލޭން (އެފްއޯއައިޕީ)" އަށް ދިވެހި ސަރުކާރުން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އެއްބާރުލުން ދިނުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް އެއްބާރުލުން ދިނުމާއި، އިޤްތިޞާދީ އަދި ތަރައްޤީގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެވަޒީރުން ދެއްވިއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި

09 ފެބުރުއަރީ 2017
ސައުދީގެ ވަފްދުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރެއްވައިފި
07 ފެބުރުއަރީ 2017

ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް

07 ފެބުރުއަރީ 2017
ޖޮއިންޓް ކޮމިޝަންގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
03 ފެބުރުއަރީ 2017

ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ

03 ފެބުރުއަރީ 2017
ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް