Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިންގެ ޑްރޯން ހަމަލާއެއްގައި ރަޝިއާގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް

އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 ޖުލައި 2023 | އާދީއްތަ 04:29
ޔޫކްރެއިން އިން ދިން ޑްރޯން ހަމަލާގައި އިމާރާތަކަށް ގެއްލުން ވެފައި

ޔޫކްރެއިން އިން ދިން ޑްރޯން ހަމަލާގައި އިމާރާތަކަށް ގެއްލުން ވެފައި

ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއެއްގައި މޮސްކޯގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ރޮއިޓަރސްގައި ރިޕޯޓްކޮށްފައިވާ ގޮތުން، އާދީއްތަ ދުވަހު ހެނދުނު ރަޝިއާއަށް، ޔޫކްރެއިންގެ ޑްރޯންތަކުން ހަމަލާދިން ކަމަށް ރިޕޯޓްކޮށްފައިވީ ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ޓަސް ނިއުސް އެޖެންސީން ބުނެފައިވާ ކަމަށެވެ.

މޮސްކޯގެ ބިޒްނަސް ޑިސްޓްރިކްޓްގައި މަންޒަރު ދުށް މީހަކު ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނީ ޑްރޯން ހަމަލާއާއި ގުޅިގެން އެ ސަރަހައްދުގައި އަލިފާނާއި ދުން އަރަމުންދާ މަންޒަރު ފެނިފައިވާ ކަމަށެވެ. އެންފޯސްމަންޓް އެޖެންސީތަކާ ހަވާލާދީ ޓަސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާގައި ދެ ޑްރޯން ހިމެނޭ ކަމަށެވެ.

ޔޫކްރެއިނުން މި ހަމަލާދީފައިވަނީ ހޮނިހިރު ދުވަހު ރަޝިއާއިން ޒަޕޯރިޒިޔާއަށް ހަމަލާތަކެއް ދީފައިވަނިކޮށެވެ. ޒަޕޯރިޒްޒިއާގައި ހުންނަ ޔޫކްރެއިންގެ ކަމާބެހޭ ފަރާތްތަކުން ހޮނިހިރު ދުވަހު ބުނީ ރަޝިޔާއިން ދެކުނުއިރުމަތީ ސިޓީއަށް ދިން މިސައިލް ހަމަލާއެއްގައި ދެ މީހަކު މަރުވެފައިވާ ކަމަށެވެ.

އެ ސިޓީގެ ކައުންސިލް ސެކްރެޓަރީ އަނަޓޮލީ ކުރްޓިއެވް ޓެލެގްރާމްގައި ލިޔުއްވާފައިވާ ގޮތުގައި އަންހެނަކާއި ފިރިހެނަކު މަރުވެފައިވާ ކަމަށާއި ގޮވުމުގެ ސަބަބުން ކައިރީގައި ހުރި އެޕާޓްމަންޓް ބްލޮކްތަކުގެ ބިއްލޫރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ކުރުތިއެވް ވިދާޅުވީ މިސައިލް ހަމަލާގެ ސަބަބުން އުސް 13 އިމާރާތަކާއި ތައުލީމީ މަރުކަޒެއްގެ ބިއްލޫރިގަނޑު ތެޅިފައިވާ ކަމަށެވެ.

ޔޫކްރެއިންގެ އިރުމައްޗާއި އިރުދެކުނުން އޮންނަ ޒަޕޯރިޒްޒިއާ ސަރަހައްދުގައި ރަޝިއާއިން، ޔޫކްރެއިންއަށް އަރައިގަތް ފަހުން 17 މަސް ދުވަހުގެ ތެރޭގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުން އަންނައިރު، ކިއެވްގެ ސިފައިން މިހާރު ރަޝިއާ ސިފައިން ހިފާފައިވާ ސަރަހައްދުތައް މިނިވަން ކުރުމަށް ދަނީ ހަނގުރާމަ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

ދިމިޝްޤުގައި ދިން ބޮމުގެ ހަމަލާއެއްގައި 40 މީހުން މަރާލައިފި

11 މާރިޗު 2017
ދިމިޝްޤުގައި ދިން ބޮމުގެ ހަމަލާއެއްގައި 40 މީހުން މަރާލައިފި
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
23 ފެބުރުއަރީ 2017

ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި

23 ފެބުރުއަރީ 2017
ލާހޫރުގައި ދިން ބޮމުގެ ހަމަލާއެއްގައި 7 މީހުން މަރާލައިފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު