Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޓްރަމްޕް އާއި ޒެލެންސްކީގެ ބައްދަލުވުމުގައި ބައިވެރިވުމަށް ޔޫރަޕުގެ ލީޑަރުން ވިސްނަނީ

ޖަރުމަނުގެ ފޮރިން މިނިސްޓަރު ޔޯހާން ވަޑެފުލް ވިދާޅުވެފައި ވަނީ، ހޯމަ ދުވަހު އޮންނަ ޓްރަމްޕް އާއި ޒެލެންސްކީގެ ބައްދަލުވުމުގައި ބައިވެރިވުމާ މެދު ޔޫރަޕުގެ ލީޑަރުން ގޮތެއް ނިންމަވާނެ ކަމަށެވެ. އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ވިސްނުން ޔޫރަޕުގެ ލީޑަރުން ގެންގުޅުއްވާ ކަމަށާއި، ނަމަވެސް ވަކި ގޮތެއް ނިންމާނީ އެކަމާ މެދު މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒެލެންސްކީ އާއި ޓްރަމްޕް ވޮޝިންގްޓަންގައި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ޔޫރަޕިއަން އިސްވެރިން ބައިވެރިވާނެކަން މި ހަފްތާގެ ނިޔަލަށް ނިންމާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 އޯގަސްޓު 2025 | އާދީއްތަ 06:54
ޖަރުމަނުގެ ފޮރިން މިނިސްޓަރު ޔޯހާން ވަޑެފުލް

ޖަރުމަނުގެ ފޮރިން މިނިސްޓަރު ޔޯހާން ވަޑެފުލް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީއާ ދެމެދު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ބައިވެރިވުމަށް ޔޫރަޕުގެ ލީޑަރުން ވިސްނަމުން ގެންދާ ކަމަށް ހާމަ ކޮށްފި އެވެ.

އެލަސްކާގައި ކުރިއަށް ދިޔަ ޓްރަމްޕް އާއި ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިންގެ ބައްދަލުވުން ހޮނިހިރު ދުވަހު ނިމިފައިވާއިރު، އެ ބައްދަލުވުމުން އެއްވެސް ނަތީޖާއެއް ނިކުމެފައި ނުވެ އެވެ. އެންމެ ބޮޑު އިންތިޒާރެއް ކުރެވުނު ހަނގުރާމަ ހުއްޓާލުމާ މެދު އެއްވެސް ނިންމުމެއް ނިންމިފައި ނުވެ އެވެ.

އޭގެ ފަހުން ހޮނިހިރު ދުވަހު ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ ހޯމަ ދުވަހު އެމެރިކާ އަށް ވަޑައިގަންނަވާނެކަން އިއުލާން ކުރައްވައިފަ އެވެ. އަދި އެ ޒިޔާރަތުގައި، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޓްރަމްޕްއާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޖަރުމަނުގެ ފޮރިން މިނިސްޓަރު ޔޯހާން ވަޑެފުލް ވިދާޅުވެފައި ވަނީ، ހޯމަ ދުވަހު އޮންނަ ޓްރަމްޕް އާއި ޒެލެންސްކީގެ ބައްދަލުވުމުގައި ބައިވެރިވުމާ މެދު ޔޫރަޕުގެ ލީޑަރުން ގޮތެއް ނިންމަވާނެ ކަމަށެވެ. އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ވިސްނުން ޔޫރަޕުގެ ލީޑަރުން ގެންގުޅުއްވާ ކަމަށާއި، ނަމަވެސް ވަކި ގޮތެއް ނިންމާނީ އެކަމާ މެދު މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަޑެފުލް މިހެން ވިދާޅުވެފައި ވަނީ، އެ ބައްދަލުވުމުގައި ޖަރުމަނުގެ ޗާންސެލަރު ފްރިޑްރިޗް މާޒް ބައިވެރިވާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ އެމެރިކާ އަށް ޒެލެންސްކީ ކުރައްވާ ދަތުރުފުޅުގައި އޭނާގެ އަރިހުގައި ބައިވެރިވުމަށް ޔޫރަޕުގެ ލީޑަރުން ތިބީ ތައްޔާރަށް ކަމަށެވެ. ނަމަވެސް އެކަމާ މެދު އަދި ނުނިމި އޮތީ ވަކި ގޮތެކެވެ.

ޓްރަމްޕް އާއި ޒެލެންސްކީއާ ދެމެދު ބޭއްވޭ އެ ބައްދަލުވުމުގައި ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގެ މައްސަލައިގައި ބާރުވެރި ޙައްލެއް ހޯދުމަށް މަޝްވަރާ ކުރެވޭނެ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ވިސްނުން ޔޫރަޕުގެ ލީޑަރުން ގެން ގުޅުއްވާ ކަމަށް ހާމަ ކޮށްފައިވާއިރު، އެ މައްސަލައިގައި ޔޫރަޕުގެ ތާއީދު އޮތީ ޒެލެންސްކީ އަށެވެ. އަދި ޔޫރަޕުގެ ލީޑަރުން ވަނީ ހަނގުރާމަ ނިންމުމަށް ބާރު އެޅުމަށް އެމެރިކާ އަށް ވެސް ގޮވާލައްވައިފަ އެވެ.

އެލަސްކާގައި ކުރިއަށް ދިޔަ ސަމިޓަށް ފަހު ޓްރަމްޕް ވަނީ ޒެލެންސްކީ ހިމެނޭހެން ޔޫރަޕުގެ ލީޑަރުންނާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފަ އެވެ. އެލަސްކާ އިން އެނބުރި ވޮޝިންޓަން އަށް ދަތުރު ކުރި މަގު މަތީގައި ކުރެއްވި އެ ފޯނު ކޯލު ވަނީ ގާތް ގަނޑަކަށް ނުވަދިހަ މިނެޓަށް ދިގު ދެމިގެން ގޮސްފަ އެވެ. އެމެރިކާ އަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ޒެލެންސްކީ އިއުލާން ކުރެއްވީ އެ ފޯނު ކޯލަށް ފަހު އެވެ.

މިއީ އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން، ޒެލެންސްކީ ވައިޓް ހައުސް އަށް ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ޒެލެންސްކީ ވައިޓް ހައުސް އަށް ވަޑައިގެންފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ އަރިހުގައި ނައިބު ރައީސް ޖޭޑީ ވޭންސްގެ އިތުރުން، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވެސް ބަައިވެރިވެ ވަޑައިގެންނެވި އެ ބައްދަލުވުން ވަނީ ވަރަށް ހޫނުވެފަ އެވެ. އެގޮތުން ޓްރަމްޕް އާއި ޒެލެންސްކީ އާ ދެމެދު ހޫނު ޒުވާބުތަކެއް ކުރެވުނު އިރު، ނައިބު ރައީސް ވޭންސް އަދި ޒެލެންސްކީ ވެސް ވަނީ ހޫނު ބަހުސްތަކެއް ކުރައްވައިފަ އެވެ.

އޭގެ ފަހުން ވެސް ޒެލެންސްކީ އާއި ޓްރަމްޕް ބައްދަލު ކުރައްވާފައިވާއިރު، ފަހުން ދެ ބޭފުޅުންގެ ގުޅުން ވެސް ވަނީ ރަނގަޅުވެފަ އެވެ. އެގޮތުން ގިނަ މަޝްވަރާތަކެއް ކުރެއްވުމަށް ފަހު، ޔުކްރެއިން އަށް އަސްކަރީ އެހީތެރިކަން ދިނުމަށް ވެސް ޓްރަމްޕް ނިންމެވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު