Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިވަން އުފާ ކާނިވަލް

މިނިވަން އުފާ ކާނިވަލް ހުޅުވައިފި

29 ޖުލައި 2023 | ހޮނިހިރު 17:32

ކާނިވާ ކުރިއަށްދާނީ އޯގަސްޓް 3އާ ހަމައަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 29 ޖުލައި 2023 | ހޮނިހިރު 17:32
ރައީސް ޑްރޯން ޝޯ ބައްލަވާލައްވަނީ

ރައީސް ޑްރޯން ޝޯ ބައްލަވާލައްވަނީ

މިނިވަން ދުވަހާ ގުޅިގެން ކުރިއަށްގެންދާ މިނިވަން އުފާ 2023 ކާނިވަލް ހުޅުވާލައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ މި ކާނިވާ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ. އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ނައިބު ރައީސް ފައިސަލް ނަސީމާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި އަރބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާތިފާއި އެހެނިހެން ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގަތެވެ. މި ކާނިވާ ހުޅުއްވައިދެއްވުމަށްފަހު ރައީސްގެ ދެ ކަނބަލުން ވަނީ ކާނިވަލުގައި ކުރިއަށްދާ ހަރަކާތްތައް ބައްލަވާލައްވާފައެވެ.

Advertisement - newsAdvertisement

އަންނަ އޯގަސްޓް މަހުގެ ތިންވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ކާނިވަލުގައި، ހުރިހާ އުމުރުފުރާއަކާ ގުޅޭ ތަފާތު ހަރަކާތްތައް ކުރިއަށްގެންދާނެއެވެ.

ކާނިވާ ހުޅުވުމުގެ ގޮތުން ހޮނިހިރު ދުވަހުގެ ރޭ ވަނީ ދިރާގާއި ޓޫރިޒަމް މިނިސްޓްރީ އަދި ބޭންކް އޮފް މޯލްޑިވްސްގެ އެހީތެރިކަމާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑްރޯން ޝޯއެއްވެސް ބާއްވާފައެވެ. އަދި ހަވާ އެރުވުމާއި ރެޑްބުލްގެ އެހީތެރިކަމާއެކު ޕެރަމޮޓޯގެ ހަރަކާތްތައްވެސް ވަނީ ބާއްވާފައެވެ.

މިނިވަން އުފާ ކާނިވަލުގައި ތަފާތު ކުޅިވަރު ސްޓޯލްތަކާއި ކާބޯތަކެތީގެ ސްޓޯލްތައް ހުންނާނެއެވެ. މީގެ ތެރޭގައި ބިރުވެރި ހޮހަޅައާއި ކަރޯކޭ ބޮކްސްއާއި ޕްލޯޓް ޕާކާއި ލެއިޒަރ ޕާކު ހިމެނެއެވެ.

މީގެ އިތުރުން ކާނިވާ ކުރިއަށްދާ މުއްދަތުގައި ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތަކަށް އުރީދޫ މޯލްޑިވްސްއިން ދެ މީހަކަށް، އިންޑޮނޭޝިއާގެ ބާލީއަށް ހަތް ދުވަހުގެ ދަތުރެއް ދޭން ވަނީ ނިންމާފައެވެ. މި ދަތުރުގައި ޓިކެޓާއި ހަތަރު ތަރީގެ އެކޮމޮޑޭޝަންގެ އިތުރުން، ބާލީގެ ޓޫރިސްޓް ސްޕޮޓްތަކަށް ޒިޔާރަތްކުރުން ވެސް ހިމެނެއެވެ. މި ދަތުރު ހޯދަން ލަކީޑްރޯގައި ބައިވެރިވުމަށް ކާނިވަލުގެ ތެރޭގައި ހުރި ކިޔުއާރު ކޯޑު ސްކޭން ކުރުމުން ރަޖިސްޓްރީވެވޭނެއެވެ.

މިނިވަން އުފާ ކާނިވަލަކީ ހޯމް މިނިސްޓްރީއާއި އަރބަންކޯ ގުޅިގެން ކުރިއަށްގެންދާ ކާނިވަލެކެވެ. މި ކާނިވާ ކުރިއަށްދާ މުއްދަތުގައި، މިހާރު މާލޭ ސަރަހައްދުގައި ފެތުރެމުން އަންނަ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ކާނިވަލަށް ޒިޔާރަތްނުކުރުމަށް އަރބަންކޯއިން އިލްތިމާސްކުރެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް