Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއުރީދޫ މޯލްޑިވްސް

އުރީދޫއިން މިނިވަން އުފާ ކާނިވަލުގެ ބައިވެރިންގެ ތެރެެއިން ނަސީބުވެރިއަކަށް ބާލީ ދަތުރެއް ދެނީ

29 ޖުލައި 2023 | ހޮނިހިރު 12:26

އޯގަސްޓް 3 ވަނަ ދުވަހުގެ ނިޔަލަށް މިނިވަން އުފާ ކާނިވާ ކުރިއަށްދާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 29 ޖުލައި 2023 | ހޮނިހިރު 12:26
އުރީދޫއާއި އަރބަންކޯއާ ދެމެދު ޕާޓްނަރޝިޕް އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

އުރީދޫއާއި އަރބަންކޯއާ ދެމެދު ޕާޓްނަރޝިޕް އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ހޮނިހިރު ދުވަހުގެ ރޭ ފަށާ މިނިވަން އުފާ ކާނިވަލުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތަކަށް އުރީދޫ މޯލްޑިވްސްއިން ބާލީ ދަތުރެއް ދޭން ނިންމައިފިއެވެ.

ހޯމް މިނިސްޓްރީއާއި އާބަންކޯއާ ގުޅިގެން ކުރިއަށްގެންދާ މިނިވަން އުފާ ކާނިވަލުގައި އުރީދޫ މޯލްޑިވްސްއަކީ ޕާޓްނަރެކެވެ. އެ ހައިސިއްޔަތުން އެ ކުންފުނިން ވަނީ ކާނިވަލުގެ ބައިވެރިންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ލަކީ ޑްރޯއެއް ހުޅުވާލާފައެވެ. އެ ލަކީޑްރޯގެ ބޮޑު އިނާމުގެ ގޮތުގައި ދެ މީހަކަށް 7 ދުވަހުގެ ބާލީ ދަތުރެއް ދޭން ވަނީ ނިންމާފައެވެ.

އޯގަސްޓް 3 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4:00ން 6:00ށް، އަދި ރޭގަނޑު 8:00ން 12:00ށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކާނިވާ ކުރިއަށްދާނެއެވެ. މި ކާނިވަލަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ ކާނިވަލެކެވެ. އެގޮތުން، މި ކާނިވަލުގައި ތަފާތު ހިތްގައިމު ހަރަކާތްތަކާއި ގިނަ ސްޓޯލްތަކެއް ހުންނާނެއެވެ.

މި ކާނިވަލުއި ކުރިއަށްގެންދާ ލަކީ ޑްރޯގެ އެންމެ ބޮޑު އިނާމު ހޯދަން ބޭނުންވާ ފަރާތްތަކުން ކާނިވާއަށް ޒިޔާރަތްކޮށް، ކާނިވަލުގެ އެކި ތަންތަނުގައި ބަހައްޓާފައިވާ ކިއުއާރު ކޯޑު ސްކޭންކޮށް ރަޖިސްޓްރީ ކޮށްލުމުން އޮޓޮމެޓިކުން ލަކީ ޑްރޯގައި ބައިވެރިވެވޭނެއެވެ. ލަކީ ޑްރޯގެ ނަސީބުވެރި ފަރާތް ހޮވަން ހަމަޖެހިފައިވަނީ ކާނިވަލުގެ އެންމެ ފަހު ދުވަހުއެވެ.

މިނިވަން އުފާ ކާނިވަލުގެ އެންމެ ބޮޑު އިނާމުގެ ނަސީބުވެރި ފަރާތަށް އުރީދޫއިން ދެ މީހުންގެ 7 ދުވަހުގެ ބާލީ ދަތުރުގައި، ފްލައިޓް ޓިކެޓުގެ އިތުރުން ހަތަރު ތަރީގެ އެކޮމޮޑޭޝަނާއި ބާލީގެ މަޝްހޫރު ޓޫރިސްޓް ސްޕޮޓްތައް ބަލައިލުމުގެ ފުރުސަތުވެސް ދޭނެއެވެ. މީގެތެރޭގައި އުބުދުގައި 2 ރޭ، ނޫސާ ޕެނިޑާގައި 2 ރޭ އަދި 2 ރޭ ސެމިނިއާކްގައި ހިމެނޭއިރު، މިތަންތަނުގައި ގައިޑަކާއެކު ޓުއަރކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޓުއަރގައި ހިމެނޭ ތަންތަނުގެ ތެރޭގައި ކޮފީ ފާމް ޕްލާންޓޭޝަނަށް ޒިޔާރަތްކުރުމާއި، އަލޯހާ އުބުދު ސްވިންގް ބަލައިލުމާއި، އުބުދު ސެންޓަރ އެކްސްޕްލޯކުރުމާއި، ހިތްގައިމު އެންޖަލް ބިލަބޮންގްއާއި ބްރޯކެން ބީޗް ބަލައިލުމާއި، ހިތްގައިމު ކެލިންގްކިންގް ސީކްރެޓް ޕޮއިންޓާއި ކްރިސްޓަލް ބޭއަށް ޒިޔާރާތްކުރުމާއި، އަޓޫހ ބީޗަށް ޒިޔާރާތްކުރުމާއި، ޓްރީ ހައުސްއަށް ޒިޔާރަތްކުރުމާއި އަދި ސެރިބޫ އައިލެންޑް ބަލައިލުން ހިމެނެއެވެ.

މިނިވަން އުފާ ކާނިވަލުގައި ހުންނަ އުރީދޫ ނޭޝަން ސްޓޯލްގައި ގޭމުކުޅޭ ފަރާތްތަކަށް ޝައުގުވެރިވާނެފަދަ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. އަދި މި ގޭމުތަކުގައި ބައިވެރިވެގެން އިނާމުތައް ހޯދުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

29 އޯގަސްޓު 2017

އެމްޓީޑީސީ ހިއްސާ ނުބަހާ، ބޯޑު މެމްބަރުންގެ އިސްތިއުފާއަށް ގޮވައިފި

29 އޯގަސްޓު 2017
އެމްޓީޑީސީ ހިއްސާ ނުބަހާ، ބޯޑު މެމްބަރުންގެ އިސްތިއުފާއަށް ގޮވައިފި
14 ޖުލައި 2017

އުރީދޫއިން ތ. ވިލުފުއްޓަށް ބްރޯޑްބޭންޑް އިންޓަނެޓްގެ ޙިދުމަތް ފޯރުކޮށްދީފި

14 ޖުލައި 2017
އުރީދޫއިން ތ. ވިލުފުއްޓަށް ބްރޯޑްބޭންޑް އިންޓަނެޓްގެ ޙިދުމަތް ފޯރުކޮށްދީފި
24 މެއި 2017

އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރެފި

24 މެއި 2017
އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރެފި
22 މެއި 2017

އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި

22 މެއި 2017
އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި
15 މެއި 2017

އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ

15 މެއި 2017
އަމާނާ ތަކަފުލްގެ ފައިދާ އަދި ތަކާފުލް ފަންޑުގެ ބައިވެރިންގެ އިނާޔަތް އަހަރުން އަހަރަށް އިތުރުވެއްޖެ
17 އެޕްރީލު 2017

އުރީދޫއިން އައިޕީއޯގެ އެކްސްކްލޫސިވް ޕްރިވިއު އިއުލާންކޮށްފި

17 އެޕްރީލު 2017
އުރީދޫއިން އައިޕީއޯގެ އެކްސްކްލޫސިވް ޕްރިވިއު އިއުލާންކޮށްފި
10 މާރިޗު 2017

ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި

10 މާރިޗު 2017
ގެސްޓްހައުސް ދާއިރާއަށް ދިމާވާ ދަތިތައް ހައްލު ހޯދައިދިނުމަށް އުރީދޫއިން މަސައްކަތް ފަށައިފި
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
20 ފެބުރުއަރީ 2017

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

20 ފެބުރުއަރީ 2017
މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި
08 ފެބުރުއަރީ 2017

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

08 ފެބުރުއަރީ 2017
އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް