Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އުރީދޫއިން ހުވާވޭ

އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރެފި

20  މެގަޕިކްސެލް ހިމެނޭ މި ފޯނަކީ ފޮޓޯ ނެގުމަށް ޚާއްސަ ފޯނެއް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 24 މެއި 2017 | ބުދަ 00:05
އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރުނީ އިންސްޓޯލްމެންޓަށްވެސް ނެގޭ ގޮތަށް

އުރީދޫއިން ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" ފޯނު ބާޒާރަށް ނެރުނީ އިންސްޓޯލްމެންޓަށްވެސް ނެގޭ ގޮތަށް

ފޮޓޯ ނެގުމަށް ޚާއްސަ ފީޗާސް ހިމެނޭ ގޮތަށް އުފައްދާފައިވާ، ހުވާވޭ "ޕީ10" އަދި "ޕީ10 ޕްލަސް" އުރީދޫން ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

އަންގާރަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ލައިވް މިއުޒިކާއެކު ބޭއްވި ރަސްމިއްޔާތެއްގައި ހުވާވޭ އިން އުފައްދާފައިވާ "ޕީ10" އަދި "ޕީ10 ޕްލަސް" ބާޒާރަށް ނެރުއްވައި ދެއްވީ އުރީދޫގެ ސީއީއޯ ނަޖީބު ހާނެވެ.

Advertisement - businessAdvertisement

ވިހި މެގަޕިކްސެލްގެ ކެމެރާއެއް ހިމެނޭ މި ފޯނަކީ ފޮޓޯ ނެގުމަށް ޚާއްސަ ފޯނެކެވެ. މޮނޮކްރޯމް ސެންސަރާއި، 12 މެގަޕިކްސެލްގެ އާރްޖީބީ ސެންސަރުގެ އެހީގައި ޕީ10 އިން އެންމެ ފުރިހަމަ ކަމާއެކު ފޮޓޯތައް ނެގުމަށް ބޭނުން ކުރެވޭ ހާއްސަ ފީޗަރުތަކުގެ ތެރޭގައި 3ޑީ ފޭޝަލް ޑިޓެކްޝަން، ޑައިނަމިކް އިލޫޝަންތައް ވެސް ހިމެނެ އެވެ. އަދި މި ފޯނަކީ ނެޗުރަލް ޕޯޓްރެއިޓް ނަގަން ހާއްސަ ފޯނެކެވެ.

"ސެލްފީ" ނެގުމަށްވެސް ޚާއްސަ ފީޗާސްތަކެއް ހިމެނޭ ހުއާވޭ ޕީ10 ގެ އަދި ޕީ10 ޕްލަސް ގައި ތަފާތު އެހެނިހެން ގިނަ ފީޗާސްތަކެއް ވަނީ ހިމަނާފައެވެ.

ހުވާވޭ ޕީ10ގެ ފޯނެއް އުރީދޫން ވިއްކަނީ 8،299ރ. އަށެވެ. އަދި ހުވާވޭ ޕީ10 ޕްލަސްގެ ފޯނެއް 9،899ރ. އަށް ލިބެން ހުންނާނެކަމަށް އުރީދޫން ބުންޏެވެ. މީގެއިތުރުން އިންސްޓޯލްމަންޓް ޕްލޭންގެ ދަށުންވެސް ހުވާވޭ ޕީ10 އަދި ހުވާވޭ ޕީ10 ޕްލަސްގެ ފޯން ލިބިގެންދާގޮތަށް އުރީދޫން އިން ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެގޮތުން މަހަކު އެންމެ 650 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ހުވާވޭ ޕީ10 ސީރީޒްގެ ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއް ވެސް އުރީދޫ އިން ވަނީ ތައާރަފް ކޮށްފައެވެ. މި ޕްލޭން ހާއްސަކުރެވިފައިވަނީ، ޕޯސްޓްޕެއިޑް 249، 299، 399، 499، 749، 899، 999، 1499 ނުވަތަ 1999 ހިޔާރު ކުރެވޭނެ އެވެ. އެގޮތުން ހުވާވޭ ޕީ10ގެ ޑައުންޕޭމަންޓުގެ ގޮތުގައި ލިބެނީ 1،199ރ. އެވެ. މި ފޯނަށް މަހުފީގެ ގޮތުގައި ދައްކަން ޖެހެނީ 650ރ. އެވެ. އަދި ހުވާވޭ ޕީ10 ޕްލަސް ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހެނީ 1،399ރ. އެވެ. މަހުފީއަކީ 800ރ. އެވެ. އަދި އިންސްޓޯލްމަންޓް ޕްލޭން ޚިޔާރުކުރައްވާ މީހުންނަށް އެއް އަހަރުގެ މުއްދަތަށް، މަހަކު ދެ ޖިބީ ޑޭޓާ ހިލޭ ލިބިގެންދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި

އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި

08 ޖޫން 2017
އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި

އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 8 އާއި އެސް 8+ ވިއްކަންފަށައިފި

22 މެއި 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

21 އެޕްރީލު 2017
އުރީދޫއިން އައިޕީއޯގެ އެކްސްކްލޫސިވް ޕްރިވިއު އިއުލާންކޮށްފި

އުރީދޫއިން އައިޕީއޯގެ އެކްސްކްލޫސިވް ޕްރިވިއު އިއުލާންކޮށްފި

17 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު