Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެން ވެންގާ

އެމިރޭޓްސް ސްޓޭޑިއަމުގެ ބޭރުގައި ވެންގާގެ ސްޓެޗޫއެއް ހަދައިފި

29 ޖުލައި 2023 | ހޮނިހިރު 11:20

ވެންގާ ވަނީ 1996 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ މެއި މަހާ ހަމައަށް އާސެނަލްއަށް ކޯޗުކޮށްދީފައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 29 ޖުލައި 2023 | ހޮނިހިރު 11:20
ވެންގާގެ ސްޓެޗޫ

ވެންގާގެ ސްޓެޗޫ

އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާގެ ބްރޯންޒް ސްޓެޗޫއެއް، އެ ކްލަބުގެ އެމިރޭޓްސް ސްޓޭޑިއަމްގެ ބޭރުގައި ހަދައިފިއެވެ.

ޕްރިމިއަރ ލީގުގެ ތަށި އުފުލާފައިވާ ގޮތަށް ހެދި މި ސްޓެޗު ދައްކާލާފައިވަނީ ހުކުރު ދުވަހުއެވެ. އޭނާ ވަނީ 1996 ވަނަ އަހަރުގެ އޮކްޓުބަރު މަހުން ފެށިގެން 2018 ވަނަ އަހަރުގެ މެއި މަހާ ހަމައަށް އާސެނަލްއަށް ކޯޗުކޮށްދީފައެވެ. އެ މުއްދަތުގެ ތެރޭގައި ވެންގާ ވަނީ އެ ޓީމާއެކު ތިން ޕްރިމިއަރ ލީގާއި ހަތް އެފްއޭ ކަޕު ކާމިޔާބުކޮށްފައެވެ.

ފްރާންސަށް އުފަން ވެންގާ ވަނީ އާސެނަލްއަށް 1235 މެޗުގައި އިރުޝާދު ދީފައެވެ. އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީ 2004 ވަނަ އަހަރު ޓީމަށް ހޯދަދިން މަޝްހޫރު "ދި އިންވިންސިބަލްސް" ގެ ލަގަބެވެ. އެއީ ލީގުގެ އެއްވެސް މެޗަކުން ބަލިނުވެ، ލީގު ކާމިޔާބުކުރުމުގެ ޝަރަފެވެ. މިއަދާ ހަމަޔަށްވެސް، މެޗަކުން ބަލިނުވެ އިތުރު ޓީމަކަށް ލީގު ހޯދިފައެއް ނުވެއެވެ.

ވެންގާގެ އިރުޝާދުގެ ދަށުން އާސެނަލްވަނީ ވިދިވިދިގެން 20 ސީޒަންގެ ޗެމްޕިއަންސް ލީގުވެސް ކުޅެފައެވެ. އޭގެތެރެއިން 2006 ވަނަ އަހަރު އެ ޓީމު ވަނީ ފައިނަލް ކުޅެފައެވެ. ނަމަވެސް، ފައިނަލުގައި ބާސެލޯނާ ކައިރިން ވަނީ 2-1ގެ ނަތީޖާއަކުން ބަލިވެފައެވެ.

އުމުރުން 73 އަހަރުގެ ވެންގާގެ 3.5 މީޓަރުގެ ސްޓެޗޫއަކީ ސްކަލްޕްޗާ ޖިމްގައި ހަދާފައިވާ ސްޓެޗޫއެކެވެ. ހުކުރު ދުވަހުގެ ހެނދުނު މި ސްޓެޗޫ ހަރުކޮށްފައިވަނީ ނޯތު ބޭންކް ސްޓޭންޑްގެ ބޭރުގައެވެ. އެމިރޭޓްސް ކަޕްގައި އަންނަ ބުދަ ދުވަހު މޮނާކޯއާ ދެކޮޅަށް ކުޅޭ މެޗުގެ ޝަރަފުވެރި މެހެމާނަކީ ވެންގާއެވެ.

އާސެނަލްގެ މިހާރުގެ ކޯޗު މިކޭލް އާޓެޓާ ބުނީ، އާސެނަލްގައި ކުޅުމުގެ ފުރުސަތާއި ޓީމުގެ ކެޕްޓަންކަން އޭނާއަށް ދިނީ ވެންގާ ކަމަށެވެ. އަދި އެއީ ދުވަހަކުވެސް އޭނާ ހަނދާން ނެތޭނެ ކަމެއް ނޫންކަމަށެވެ.

އެމިރޭޓްސް ސްޓޭޑިއަމްގެ ވަށައިގެންވާ ޕޯޑިއަމްގައި ވެންގާގެ ސްޓެޗޫގެ އިތުރުން، ޓޯނީ އެޑަމްސް، ޑެނިސް ބާގްކޭމްޕް، ހާބަޓް ޗެޕްމަން، ކެން ފްރިއާ އަދި ތިއެރީ އޮންރީގެ ސްޓެޗޫ ހިމެނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2021

ގައުމުން ބޭރުގައި ކުޅުނަސް އަތްތިލަބަޑީގެ އަޑު މަޑުވެގެން ނުދާނެ: ނައިބު ރައީސް

02 ނޮވެމްބަރު 2021
ގައުމުން ބޭރުގައި ކުޅުނަސް އަތްތިލަބަޑީގެ އަޑު މަޑުވެގެން ނުދާނެ: ނައިބު ރައީސް
27 ޖުލައި 2021

ބާސާ އާއި ނޭމާގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށްފި

27 ޖުލައި 2021
ބާސާ އާއި ނޭމާގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށްފި
05 ޑިސެމްބަރު 2020

ނާޕޮލީ ސްޓޭޑިއަމުގެ ނަން މަރަޑޯނާގެ ނަމަށް

05 ޑިސެމްބަރު 2020
ނާޕޮލީ ސްޓޭޑިއަމުގެ ނަން މަރަޑޯނާގެ ނަމަށް
25 ނޮވެމްބަރު 2020

އޮލިމްޕިކް ސްޓޭޑިއަމުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި

25 ނޮވެމްބަރު 2020
އޮލިމްޕިކް ސްޓޭޑިއަމުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި
23 ޑިސެމްބަރު 2017

ރަށުން ބޭރުގައި ރެއާލް މެޑްރިޑް ބަލިކޮށް، ބާސެލޯނާ އިން ފަރަގު ބޮޑުކޮށްފި

23 ޑިސެމްބަރު 2017
ރަށުން ބޭރުގައި ރެއާލް މެޑްރިޑް ބަލިކޮށް، ބާސެލޯނާ އިން ފަރަގު ބޮޑުކޮށްފި
22 މެއި 2017

ވެންގާގެ މުސްތަޤްބަލާ މެދު ގޮތެއް ނިންމުން މިމަހުގެ 27 ގައި

22 މެއި 2017
ވެންގާގެ މުސްތަޤްބަލާ މެދު ގޮތެއް ނިންމުން މިމަހުގެ 27 ގައި
14 މެއި 2017

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

14 މެއި 2017
"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް
03 އެޕްރީލު 2017

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް
19 މާރިޗު 2017

ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

19 މާރިޗު 2017
ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް
08 މާރިޗު 2017

އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

08 މާރިޗު 2017
އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް