Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީމަށް ހިތްވަރުދިނުން

ގައުމުން ބޭރުގައި ކުޅުނަސް އަތްތިލަބަޑީގެ އަޑު މަޑުވެގެން ނުދާނެ: ނައިބު ރައީސް

2 ނޮވެމްބަރު 2021 | އަންގާރަ 12:38

ސާފް ޗެމްޕިއަންޝިޕުގައި ފެނިގެންދިޔައީ އާދަޔާ ޚިލާފު ސަޕޯޓެއް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 2 ނޮވެމްބަރު 2021 | އަންގާރަ 12:38
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް ހިތްވަރުދެއްވުމުގެ ގޮތުން ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް ހިތްވަރުދެއްވުމުގެ ގޮތުން ބައްދަލުކުރެއްވުން

ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)" އަށް ރާއްޖެ ކުރިމަތިލާއިރު، ގައުމުގައި ކުޅުނަސް އަދި ގައުމުން ބޭރުގައި ކުޅުނަސް އަތްތިލަބަޑީގެ އަޑު މަޑުވެގެން ނުދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ލަންކާގައި ބާއްވާ ފޯ ނޭޝަންސް ކަޕުގައި ހަތަރު ގައުމު ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖެ އާއި ލަންކާގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސްއެވެ. މުބާރާތް ކުރިއަސް ގެންދިޔުމަށް ނިންމާފައިވަނީ މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ މުބާރާތުގައި ވާދަކުރުމަށް ލަންކާއަށް ގައުމީ ޓީމު ފުރުމުގެ ކުރިން ގައުމީ ޓީމަށް ހިތްވަރުދިނުމަށް އަންގާރަ ދުވަހު ނައިބު ރައީސް ވަނީ ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އެ ރަސްމިއްޔާތުގައި ގައުމީ ޓީމާ މުޚާތަބުކުރައްވާ ނައިބު ރައީސް ފައިޞަލް ވިދާޅުވީ ގައުމުގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކާއި އެކުވެރިކަން އާލާކުރުމުގައި ފުޓްބޯޅަ އިސްދައުރެއް އަދާކުރާކަން މިދިޔަ މަހު މާލޭގައި ބޭއްވި "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ފެނިގެން ގޮސްފައިވާ ކަމަށެވެ.

އަދި ސާފް ޗެމްޕިއަންޝިޕުގައި ފެނިގެންދިޔައީ އާދަޔާ ޚިލާފު ސަޕޯޓެއް ކަމަށާއި، ކޮންމެ ރަށަކާއި މާލެއިން އަދި ދަނޑުންވެސް ފެނިގެންދިޔައީ އެއް ޖޯޝެއް ކަމަށްވެސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ އެ މުބާރާތުގައި ގައުމީ ޓީމުން ވަރަށް ހިތްވަރުކުރި ކަމަށާއި، އެކަމަކު ކޮންމެ މުބާރާތަކީ ހުރިހާ ޓީމަކަށް ކާމިޔާބު މުބާރާތަކަށް ނުވެދާނެ ކަމަށެވެ. އެހެންކަމުން މަސައްކަތް ކުރަންވީ ކުރިއަށް އޮތްތަނުގައި ހިތްވަރުކޮށް ކާމިޔާބު ހޯދަން ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ލަންކާ މުބާރާތާ ކުރިމަތިލާއިރު، ގައުމުގައި ކުޅުނަސް އަދި ގައުމުން ބޭރުގައި ކުޅުނަސް އަތްތިލަބަޑީގެ އަޑު މަޑުވެގެން ނުދާނެ ކަމަށެވެ. އަދި ދުއާއަކީ އަބަދުވެސް ގައުމީ ޓީމަށް ކާމިޔާބު ލިބުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ލަންކާގައި ބާއްވާ ފޯ ނޭޝަންސް ކަޕަކީ ރާއްޖޭގެ ގައުމީ ޓީމާ ދާދި ފަހުން ހަވާލުވި އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ކުޅޭނެ ފުރަތަމަ މުބާރާތެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ އަށްވަނަ ދުވަހުގެރޭ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އަދި އޭގެ ފަހުން 11 ވަނަ ދުވަހު ހަވީރު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ކުޅޭނީ 14 ވަނަ ދުވަހެވެ. މި މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެވެ.

ލަންކާގައި ބާއްވާ މުބާރާތުގައި މި ފަހަރު ރާއްޖެ ވާދަކުރާއިރު، ރާއްޖޭން ވަނީ މީގެ ކުރިން 2012 ވަނަ އަހަރު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އެ ފަހަރު އެ މުބާރާތް ކުރިއަށްގެންދިޔައީ 23 އަހަރުން ދަށުގެ މުބާރާތެއްގެ ގޮތުގައެވެ.

ގައުމީ ފުޓްބޯޅަ ޓީމުނައިބު ރައީސް, ފައިޞަލް ނަސީމް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
12 ނޮވެމްބަރު 2023

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

12 ނޮވެމްބަރު 2023
ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި
30 އޮކްޓޯބަރު 2023

ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

30 އޮކްޓޯބަރު 2023
ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް
27 އޮކްޓޯބަރު 2023

މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

27 އޮކްޓޯބަރު 2023
މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް
24 އޮކްޓޯބަރު 2023

ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

24 އޮކްޓޯބަރު 2023
ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް
23 އޮކްޓޯބަރު 2023

ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

23 އޮކްޓޯބަރު 2023
ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން
11 އޮކްޓޯބަރު 2023

ކޮންމެ ކަހަލަ ކާމިޔާބީއެއް ލިބުނު ނަމަވެސް އެކަމާއި ބޮޑާނުވެ، އެހެންކުދިންނާއިމެދު އިސްކަންދޭ ކުދި ބަޔަކަށްވާންވާނެ: ނައިބު ރައީސް ފައިސަލް

11 އޮކްޓޯބަރު 2023
ކޮންމެ ކަހަލަ ކާމިޔާބީއެއް ލިބުނު ނަމަވެސް އެކަމާއި ބޮޑާނުވެ، އެހެންކުދިންނާއިމެދު އިސްކަންދޭ ކުދި ބަޔަކަށްވާންވާނެ: ނައިބު ރައީސް ފައިސަލް
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
08 އޮކްޓޯބަރު 2023

ފަތުރުވެރިކަމުގެ ސިނާއަތުގައި ހިއުމަން ރިސޯސްގެ ދާއިރާތަކަށް ދިވެހިން ތަމްރީންކުރުން މުހިއްމު - ނައިބު ރައީސް

08 އޮކްޓޯބަރު 2023
ފަތުރުވެރިކަމުގެ ސިނާއަތުގައި ހިއުމަން ރިސޯސްގެ ދާއިރާތަކަށް ދިވެހިން ތަމްރީންކުރުން މުހިއްމު - ނައިބު ރައީސް
31 އޯގަސްޓު 2023

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް