Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނާޕޮލީ ސްޓޭޑިއަމުގެ ނަން ބަދަލުކުރުން

ނާޕޮލީ ސްޓޭޑިއަމުގެ ނަން މަރަޑޯނާގެ ނަމަށް

ސްޓޭޑިއޯ ސަން ޕައޮލޯގެ ނަން އެސްޓޭޑިއޯ ޑިއޭގޯ އަރްމަންޑޯ މަރަޑޯނާއަށް ވަނީ ވަދަލުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 ޑިސެމްބަރު 2020 | ހޮނިހިރު 10:18
ނާޕޮލީގެ ދަނޑު ބޭރުގައި މަރޑޯނާގެ ސަޕޯޓަރުން ޖަމާވެފައި ވަނިކޮށް

ނާޕޮލީގެ ދަނޑު ބޭރުގައި މަރޑޯނާގެ ސަޕޯޓަރުން ޖަމާވެފައި ވަނިކޮށް

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ އެންމެ ވިދުން ގަދަވި ކުލަބު ކަމަށްވާ ނާޕޮލީގެ ސްޓޭޑިއަމުގެ ނަން މަރަޑޯނާގެ ނަމަށް ބަދަލުކޮށްފިއެވެ.

އުމުރުން 60 އަހަރުގައި މަރަޑޯނާ މަރުވީ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ޖެހުނު ހާޓްއެޓޭކެއްގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ކުރިން މިދިޔަ މަހުގެ ކުރީކޮޅު އޭނާގެ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެފައި ހުރުމުގެ ސަަބަބުން ވަނީ ކުއްލި އޮޕަރޭޝަނެއްވެސް ކޮށްފައެވެ. މަރަޑޯނާ މަރުވީ އެ އޮޕަރޭޝަނަށްފަހު ހޮސްޕިޓަލުން ދޫކޮށްލިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

މަަރަޑޯނާގެ މަރުވިތާ ކުޑައިރުކޮޅެއްގެ ތެރޭ ނާޕޮލީގެ ރައީސް އައުރޭލިއޯ ޑި ލޯރެންޓިސް ވަނީ މަރަޑޯނާއަށް ހާއްސަކޮށް ސްޓޭޑިއަމުގެ ނަން ބަދަލުކުރަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ފަހުން ނޭޕްލްސްގެ މޭޔަރު ލުއީޖީ ޑީ މެޖިސްޓްރިސްވެސް ވަނީ އެކަމަށް އެ ތާއީދުކުރައްވާފައެވެ. އެއާއެކު ނޭޕްލްސް ސިޓީ ކައުންސިލުން ހުކުރު ދުވަހު ބޭއްވި ބައްދަލުވުމުގައި ހުރިހާ މެމްބަރެއްގެ އިއްތިފާގުން ވަނީ ނާޕޮލީގެ ސްޓޭޑިއަމް ކަމަށްވާ ސްޓޭޑިއޯ ސަން ޕައޮލޯގެ ނަން އެސްޓޭޑިއޯ ޑިއޭގޯ އަރްމަންޑޯ މަރަޑޯނާއަށް ބަދަލުކުރަން ނިންމާފައެވެ.

ނޭޕްލްސްގެ މޭޔަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުޓުބޯޅައިގައި މަތީ ހަރުފަތަކަށް ނާޕޮލީ ގެނެސްދިނީ މަރަޑޯނާގެ ހުނަރުވެރިކަމުން ކަމަށާއި، އެހެންކަމުން އޭނާގެ ޝަރަފުގައި ސްޓޭޑިއަމުގެ ނަން ބަދަލުކުރަން ނިންމީ ކަމަށެވެ. އަދި މުޅި ނާޕޮލީ އަބަދުވެސް މަރަޑޯނާ ދެކެ ލޯބިވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކުލަބު ކެރިއަރުގައި މަރަޑޯނާގެ އެންމެ ކާމިޔާބު ކުލަބަކީ ނާޕޮލީއެވެ. އެގޮތުން 1984 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރިކޯޑު އަގަކަށް ނާޕޮލީއަށް ބަދަލުވިއިރު، އޭނާ ވަނީ ނާޕޮލީއަށް ހަތް ސީޒަނުގައި ކުޅެދީފައެވެ. އަދި މަރަޑޯނާ ވަނީ އެ ޓީމާއެކު އިޓާލިއަން ލީގު ދެ ފަހަރު، އިޓާލިއަން ކަޕް އެއް ފަހަރު، ޔުއެފާ ކަޕް އެއް ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ. އަދި މަރަޑޯނާ ވަނީ ނާޕޮލީއަށް ކުޅެދިން 188 މެޗުގައި 81 ލަނޑު ޖަހާފައެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހުވެސް ރިޓަޔާކުރަން ނުވިސްނަން: ވެންގާ
18 ފެބުރުއަރީ 2017

މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ

18 ފެބުރުއަރީ 2017
މި ސީޒަނަށްފަހު ވެސް ރިޓަޔާކުރަން ނުވިސްނަން:ވެންގާ
07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
07 ޖެނުއަރީ 2017

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު