Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޮލިމްޕިކް ސްޓޭޑިއަމުގެ މަސައްކަތް

އޮލިމްޕިކް ސްޓޭޑިއަމުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި

25 ނޮވެމްބަރު 2020 | ބުދަ 17:26

ފްރޭމްވޯކް ހެދުމަށް ހަވާލުކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނާ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 ނޮވެމްބަރު 2020 | ބުދަ 17:26
ހުޅުމާލޭގައި އަޅާ ބައިނަލްއަގުވާމީ އޮލިމްޕިކް ސްޓޭޑިއަމުގެ ކުރެހުމެއް

ހުޅުމާލޭގައި އަޅާ ބައިނަލްއަގުވާމީ އޮލިމްޕިކް ސްޓޭޑިއަމުގެ ކުރެހުމެއް

ހުޅުމާލޭގައި އަޅާ ބައިނަލްއަގުވާމީ އޮލިމްޕިކް ސްޓޭޑިއަމުގެ ފްރޭމްވޯކުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގައި އަޅާ އޮލިމްޕިކް ސްޓޭޑިއަމުގެ ފްރޭމްވޯކް ހެދުމަށް ހަވާލުކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ރެޕްރެޒެންޓޭޓިވް ލިއު ޒައިއޯޑާއެވެ.

ސަރުކާރުން މައުލޫމާތުދޭ ގޮތުގައި އައިއޯއައިޖީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ދިވެހި ސަރުކާރުން އިއުލާންކުރި ހިސާބުން ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުން ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ އޮލިމްޕިކް ސްޓޭޑިއަމެއް ތަރައްގީކުރުމަށް ޕްރޮޕޯސަލެއް ހުށަހެޅިއެވެ. އަދި މި އެއްބަސްވުމަކީ ޕްރޮޖެކްޓް ފީސިބިލިޓީ އަދި ޑިޒައިންގެ އިތުރުން ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނާއެކު ވެވޭ ފްރޭމްވޯކް އެއްބަސްވުމެކެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބުދަ ދުވަހު އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާ މުޙައްމަދު އަސްލަމް ވިދާޅުވީ އޮލިމްޕިކް ސްޓޭޑިއަމުގެ ރަސްމީ އެއްބަސްވުމާ ހަމައަށް ދާންވާއިރަށް މި މަސައްކަތަށް ޗައިނާއިން ލޯނެއް ހަމަޖެހިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އަދި އަންނަ އަހަރުގެ ތެރޭގައި އޮލިމްޕިކް ސްޓޭޑިއަމުގެ އަމަލީ މަސައްކަތް ފެށޭވާރުވާނެ ގަބޫލުކުރައްވާ ކަމަށެވެ. އަދި މި މަސައްކަތުގެ ފްރޭމްވޯކް ތައްޔާރުކުރާ ކުންފުނި ކަމަށްވާ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނަކީ ރާއްޖެއަށް ބީރައްޓެހި ކުންފުންޏެއް ނޫން ކަމަށާއި، އެ ކުންފުނިން ރާއްޖޭގައި މީގެ ކުރިން ކޮށްފައިވާ މަސައްކަތްތަކެކޭ އެއްގޮތަށް މި މަސައްކަތްވެސް ވަރަށް ފުރިހަމައަށް ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ރާއްޖެއަށް އެހީވުމަށް ޗައިނާއިން މިހާރުވެސް ވަރަށް ގިނަ ޕްލޭންތަށް ގެންގުޅޭ ކަމަށާއި، އޭގެ ތެރޭގައި ކުޅިވަރުގެ ދާއިރާވެސް ހިމެނޭ ކަމަށެވެ. އަދި އޮލިމްޕިކް ސްޓޭޑިއަމް ރާއްޖޭގައި އެޅުމާއެކު ރާއްޖޭގެ ރައްޔިތުންނަށާއި ދިވެހި އެތުލީޓުންނަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށާއި، އެކަމުގެ ސަބަބުންވެސް ޗައިނާ އާއި ދިވެހިރާއްޖެގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ހުޅުމާލޭގައި އަޅާ ބައިނަލްއަގުވާމީ އޮލިމްޕިކް ސްޓޭޑިއަމުގެ ފްރޭމްވޯކް ހެދުމަށް ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނާ ހަވާލުކުރިއިރު، "ދަ ކޮރަލް" ގެ ނަމުގައި އެ ކުންފުނިން ހުށަހަޅާފައިވާ ޕްރޮޕޯސަލުގައި، ގާތްގަނޑަކަށް 20،000 (ވިހިހާސް) މީހުންގެ ޖާގައިގެ ސިޓިންގ ކެޕޭސިޓީގެ އިތުރުން، ސިންތެޓިކް ރޭސް ޓްރެކަކާއި، ފުޓްބޯޅަ ދަނޑަކާއި، އެހެނިހެން ކުޅިވަރު ހަރަކާތްތައް ބޭއްވުމަށް ހާއްސަ ޖާގަތަކެއް ހިމަނާފައިވާ ކަމަށް ސަރުކާތުން މައުލޫމާތުދެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

އޮލިމްޕިކް ކޮމިޓީގެ އިންތިހާބު އަންނަމަހު

17 އެޕްރީލު 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބު އަންނަމަހު
03 އެޕްރީލު 2017

ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި

03 އެޕްރީލު 2017
ކުންފުނިތަކާއެކު ތިން ކްލަބަކުން އެއްބަސްވުމުގައި ސޮއިކޮށްފި
14 މާރިޗު 2017

ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި

14 މާރިޗު 2017
ޕީއެސްޖީ އަދި ބާސާ ކުޅުނު މެޗު އަލުން ކުޅެން ދެ ލައްކައަށްވުރެ ގިނަ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކޮށްފި
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
26 ޖެނުއަރީ 2017

އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ

26 ޖެނުއަރީ 2017
އޮލިމްޕިކްސްގައި ބޯލްޓް ހޯދި ނުވަ ރަން މެޑަލްގެ ތެރެއިން އެއް މެޑަލް ގެއްލިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް