Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

ރަށުން ބޭރުގައި ރެއާލް މެޑްރިޑް ބަލިކޮށް، ބާސެލޯނާ އިން ފަރަގު ބޮޑުކޮށްފި

އެލް ކްލެސިކޯގެ ނަމުން މަޝްހޫރުވެފައިވާ މި ދެޓީމުގެ ކުރިމަތިލުން ބާސާ ކާމިޔާބުކުރީ 3-0 ން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 23 ޑިސެމްބަރު 2017 | ހޮނިހިރު 14:32
ރެއާލް މެޑްރިޑް ކޮޅަށް ބާސާގެ ދެވަނަ ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ، ޓީމުގެ ކުޅުންތެރިންނާއެކު އުފާ ފާޅު ކުރަނީ

ރެއާލް މެޑްރިޑް ކޮޅަށް ބާސާގެ ދެވަނަ ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ، ޓީމުގެ ކުޅުންތެރިންނާއެކު އުފާ ފާޅު ކުރަނީ

ރަށުން ބޭރުގައި ރެއާލް މެޑްރިޑް ބަލިކޮށް، ބާސެލޯނާ އިން ލީގު ތާވަލްގެ ކުރީގައިވާ ފަރަގު ބޮޑުކޮށްފި އެވެ.

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހު ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލު ކުރި މެޗު ބާސެލޯނާ ކާމިޔާބު ކުރީ ތިން ލަނޑު ސުން ލަނޑުންނެވެ.

ރެއާލްގެ ދަނޑު ސެންޓިއާގޯ ބާނަބޭއުގައި ކުޅުނު މިމެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމިފައިވަނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

އަނިޔާ އަށްފަހު ރެއާލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ މިމެޗުގެ ފުރަތަމަ 11 ގައި ހިމެނުނުއިރު، ވޭލްސްގެ ފޯވާޑް ގެރެތު ބޭލް ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މެޗުގެ ފަހު ބައިގައި ކުޅެން ނިކުމެފައެވެ.

މެޗުގެ ދެވަނަ ހާފް ފެށިގެން ނުވަވަނަ މިނިޓުގައި ސާޖީ ރޮބާޓޯ ހުރަސް ކޮށްދިން ބޯޅައަކުން ބާސެލޯނާ އަށް ކުރި ހޯދައިދިނީ އުރުގުއާއީގެ ފޯވާޑް ލުއިސް ސުއަރޭޒް އެވެ.

އޭގެ ދިހަ މިނިޓު ފަހުން ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅައިގައި އަތްލުމާއި ގުޅިގެން ރެއާލްގެ ޑިފެންޑަރ ޑެނިއެލް ކަރްވަޚާލް އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއެކު، މެޗުގެ ބާކީ ބައި ރެއާލް ކުޅެފައި ވަނީ 10 ކުޅުންތެރިންނާއެކުގައެވެ. މިފައުލާއި ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ބާސެލޯނާ އަށް ލީޑު ފުޅާކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ އެވެ.

މިމެޗުގައި ބާސެލޯނާގެ ފަހު ލަނޑު، މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޖަހައިދިނީ އެލެކްސް ވިޑާލް އެވެ. މިއީ މެސީ ދިން ބޯޅަ އަކުން ވިޑާލް ޖެހި ލަނޑެކެވެ.

މިމޮޅާއެކު ސްޕެނިޝް ލީގު ތާވަލްގެ ކުރީގައިވާ ބާސެލޯނާ އިން ވަނީ ތާވަލްގެ ދެވަނާގައިވާ އެތުލެޓިކޯ މެޑްރިޑާއި ދެމެދު އޮތް ފަރަގު ނުވަ ޕޮއިންޓަށް އިތުރު ކޮށްފައެވެ. މިސީޒަނުގައި ކުޅުނު އެއްވެސް މެޗަކުން ބާސެލޯނާ ބަލިވެފައިނުވާއިރު، ބާސާ ވަނީ ކުޅުނު 17 މެޗުގެ ތެރެއިން 14 މެޗުން މޮޅުވެ، ތިން މެޗު އެއްވަރު ކޮށްފައެވެ. ލީގުގައި ބާސެލޯނާ އަށް 45 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައިވާ އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 36 ޕޮއިންޓެވެ.

ލީގުގައި ހުކުރު ދުވަހުގެރޭ އެތުލެޓިކޯ މެޑްރިޑް ރަށުން ބޭރުގައި އެސްޕަނިޔޯލް އާ ބައްދަލު ކުރި މެޗުން އެތުލެޓިކޯ ބަލިވީ އެއް ލަނޑު ސުން ލަނޑުންނެވެ.

މިމެޗުން ބަލިވި ރެއާލް މެޑްރިޑް އޮތީ 31 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނާގައެވެ. ބާސެލޯނާ އަށް ވުރެ އެއް މެޗު މަދުން ކުޅެފައިވާ ރެއާލް މެޑްރިޑާއި ވާދަވެރި ބާސެލޯނާ އާދެމެދު 14 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ރެއާލް އާ އެއް އަދަދަކަށް މެޗު ކުޅެގެން 34 ޕޮއިންޓާއެކު ތާވަލްގެ ތިންވަނާގައި ވަނީ ވެލެންސިއާ އެވެ.

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅޭ މެޗުތަކަށް ބަލާއިރު، އަމިއްލަ ދަނޑުގައި ވެލެންސިއާ ނުކުންނާނީ ވިޔަ ރެއާލް އާދެކޮޅަށެވެ. އަދި އަމިއްލަ ދަނޑުގައި ޑިޕޯޓިވޯ ލަ ކޮރޫނާ ނުކުންނާނީ ސެލްޓަ ވީގޯ އާދެކޮޅަށެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް